އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސް ފިރިއަކު ލިބުމުން ނޯކަރުންނަށް ރަޙުމްނުކޮށް އަނިޔާވެރިވުމުން ފިލާވަޅެއްދޭން އެއްފަހަރާ 3 ނޯކަރުންނާ ކައިވެނިކުރި މީހެއްގެ ވާހަކަ-

ތަނަވަސް ފިރިއަކު ލިބުމުން ނޯކަރުންނަށް ރަޙުމްނުކޮށް އަނިޔާވެރިވުމުން ފިލާވަޅެއްދޭން އެއްފަހަރާ 3 ނޯކަރުންނާ ކައިވެނިކުރި މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 37 ސިކުންތު

އެއީ ތަނަވަސް މީހެއްގެ ގެއެވެ. އެގޭގައި ނޯކަރުންގެ ގޮތުގައި 4 މީހުން މަސައްކަތްކުރެއެވެ. އެއީ 3 އަންހެނުންނާއި ފިރިހެނެކެވެ. އަހަރެމެން އެންމެން ގުޅިގެން ބޮސްއަށް އައީ ވަރަށް ރަނގަޅަށް ޚިދުމަތްކުރަމުންނެވެ. އެންމެންވެސް ބޮސްދެކެ ވަރަށް ލޯބިވެއެވެ. އެއީ އަހަރެމެންނަކީ މުވައްޒިފުން ކަމަށް ނުދެކި އެއަސްވުރެ މާގާތްކޮށް ދެކޭތީއެވެ. 

ބައެއް ފަހަރު ކާން އިށީނދެފައި އަހަރެމެންގެ ތެރެއިން މީހަކު ނުކައިހުރިތޯ ބެލުމަށްފަހު ނުކައިހުރިނަމަ ގެންގޮސް މޭޒުދޮށުގައި ބައިންދައިގެން އެކުގައި ކާންވެސް ބުނާނެއެވެ. އެހެންވެ ގޭތެރޭގައި އޮންނަނީ އަބަދުވެސް އުފާވެރިކަމެވެ. 

ބޮސް ކައިވެނިކުރަން ބޭނުންވެގެން އަންހެންކުއްޖަކު ގެއަށް ގެންނަން ފަށައިފިއެވެ. ކައިވެނީގެ ކުރިން އޭނާވެސް ވަރަށް ހިތްހެޔޮކޮށް ވާހަކަދައްކައި އުޅުނެވެ. ނަމަވެސް ކައިވެނިކުރެވުމާއިއެކު އޭނާވީ "އިފްރީތެއް" ފަދަ އަންހެނަކަށެވެ. އަބަދުހެން އޮންނަނީ ކޮންމެވެސް މީހެއްގެ ކުށްދެއްކުމާއި އަމުރުކުރުމެވެ. ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވިއެވެ. އެހެންވެ އެއީ ކުރަން ރަނގަޅު ކަމެއް ނޫންނަމަވެސް އޭނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި 4 މީހުންވެސް އައީ ދުޢާކުރަމުންނެވެ. 

ކޮނަމެއަކަސް ދުވަސްކޮޅަކުން ބަލިވެ އިނދެއްޖެއެވެ. އަހަރެމެން ހީކުރީ އެހިސާބުން އޭނާ އިޞްލާޙްވާނެ ކަމަށެވެ. ނަމަވެސް ނުބައިކަން ބޮޑެވެ. ވިހެއުމަށްފަހު އެއަށްވުރެވެސް ނުބައިކަން ބޮޑުވިއެވެ! ބޮސްއަސް އެކަންކަން ރަނގަޅަށް އެނގެއެވެ. ބޮސްބުނަނީ އަނގައިން ނުބުނެ މަޑުން ތިބުމަށެވެ. ކުށްވެރިންނަށް އަދަބުލިބޭ، ރަނގަޅު، ކެތްތެރިންނަށް އިނާމުލިބޭ ދުވަހެއް އަންނާނެ ކަމަށެވެ. 

ކޮންމެއަކަސް ދަރިފުޅު ރޯތާ އެތައްއިރެއްވާއިރުވެސް ކޮއްޓަކުން ނުނަގައެވެ. އަހަރެމެންނަށް ކެތް ނުކުރެވިގެން ގޮސް ނަގާތަނުން ބޮސްއަށް ފެނިގެން އަހަރެމެން މީހަކާއި އަނގައިން ބުނެފިނަމަ އެވަރަށް އެއްޗެތިގޮވައެވެ. "މިގޭގެވެރިއަކީ އަހަރެން. ކަލޭމެންގެ ވެރިއަކީވެސް އަހަރެން! އަހަރެން ބުނީމަ ނޫނީ ކޮޓަރިއަށް ވަދެގެން ނުވާނެ!" ފަދަ ބަސްތައްވެސް ބުނެއެވެ. 

އެއް ދުވަހެކެވެ. ދަރިފުޅު ރޮނީއެވެ. ބޮސް ސައިބޯންއިނެވެ. އަނބިމިހާ ފޯނާއިކުޅެން އިނެވެ. ދަރިފުޅު ގާތަކަށް ނުދެއެވެ. ކެތް ނުކުރެވިގެން ގޮސް ކޮޓަރިއަށްވަދެ ދަރިފުޅު ނެގިތަނާ ބޮސް ސައިބޮއިނިމިގެން ކޮޓަރިއަށް ވަދެއްޖެއެވެ. ފަހަތުން އަނބިމިހާވަދެ އާދައިގެ މަތިން އެއްޗެތިގޮވަން ފަށައިފިއެވެ. 

ބޮސްބުނީ މަސައްކަތް ބަހައްޓާފައި 3 އަންހެނުން ފެންވަރައި ރީތިވުމަށެވެ. ރީތިވީތަނާ 3 އަހެނުން ކާރަށް އަރުވައިގެން ހޮޓަލަކަށް ގެންގޮސްފިއެވެ. އެތަނަށް ބައަކު ގެނުވާފައި ބުނީ އަހަރެމެން 3 އަންހެނުންނާއި އެއްފަހަރާ ކައިވެނިކުރަން ބޭނުން ކަމަށެވެ. ބޮސް އެހެން ބުނާއިރަށް އެމީހުން ލިޔެކިޔުންތައް ފުރިހަމަކޮށް އަހަރެމެންގެ ޢާއިލާތަކަށް ފޯނުކޮށް ވަލީހޯދައި ކަންކަންކޮށްފިއެވެ. އަހަރެމެންލައްވައި ރަންކިޔުއްވުމަށްފަހު ކައިވެނިކޮށްދީފިއެވެ.  

އެކަންކަން ނިމުމުން އަހަރެމެން ގޮވައިގެން އައިސްގެއަށްވަނުމާއިއެކު އަނބިމީހާ ރުޅިގަދަވެ ދިއައީ ކޮންތަނަކަށްތޯ ކުރީ ކޮންކަމެއްތޯ ސުވާލުކުރަން ފަށައިފިއެވެ. ސުވާލުކުރަން ފެށުމުން ކުރިކަންތައް ބޮސް ކިޔައިދީފިއެވެ. ކިޔައިދޭއިރަށް ވަރިވާން އެދިއްޖެއެވެ. އެދޭއިރަށް ވަރިކޮށްދީފިއެވެ. ވަރިކޮށްދޭއިރަށް ދަރިފުޅުވެސް ބާއްވާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ.  

އޭނާ ދިއުމުން ބޮސް ބުންޏެވެ. "މިކަންކުރީ އޭނާއަށް ފިލާވަލެއް ދޭށެވެ! އަހަރެންނާއި ކައިވެނިކޮށްގެން އުޅެން ބޭނުންނަމަ 3 އަންހެނުންވެސް އަނބިންގެ ގޮތުގައި ތިބޭށެވެ. ބޭނުން ނެތް އަންތބަކުހުރިނަމަ މިހާރުވެސް ވަރިކޮށްދޭނަމެވެ. އެއްވެސް މަޖުބޫރުކަމެއް ނެތެވެ. އަހަރެން ބޭނުންވަނީ ދަރިފުޅު ރަނގަޅަށް ބަލާށެވެ! ކައިވެނިމިކުރީ ސިފައަށް ބަލައިގެނެއް ނޫނެވެ. ސިފައަށް ނުބެލީމާ ހުރިހާ އަންހެނުންވެސް ހަމަ ވަރަށް ރީތިވާނެއެވެ! އަންހެނުންގެ ސިފަ ރީތިކުރުމަކީ އަންހެނުންގެ ކަމެކެވެ. އަޚްލާޤް ރަނގަޅުކުރިވަރަކަށްދާނީ ސިފަ އިތުރަށް ރީތިވަމުންނެވެ."  

3 އަންހެނުންވެސް ބޭނުންވީ އަނބިންގެ ގޮތުގައި ތިބޭށެވެ. ބޮސް އެވަރަކުންވެސް ނިންމައިލީއެއް ނޫނެވެ. ނޯކަރަކަށް އުޅުނު ފިރިހެން މީހާއަށްވެސް އަންބަކު ހޯދައިދިނެވެ. އަންބިމީހާގޮވައިގެން ގޭގައި އުޅުމުގެ ފުރުޞަތުވެސް ދިނެވެ. އެހިސާބުން އަނެއްކާވެސް ގޭގައި އޮތީ އުފާވެރިކަމެވެ.  

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ އަޅުގަނޑަކީވެސް އެ އަނބިމީހާފަދަ ނުބައި އަންތބެއްގެ ނުބައިކަން ތަޖުރިބާކޮށްގެންހުރި އަންހެނަކަށްވާތީއެވެ. އޭނާގެ އަނިޔާވެރިކަމަށް ކެތްނުކުރެވިގެން ގޭގައި އުޅޭތާ އެތައް ދުވަހެއްވީ ގެއިން ނުކުތީއެވެ. އޭނާއަށްވެސް އެގޭގައި އުޅެވުނީ ކުޑަދުވަސްކޮޅަކުއެވެ. ވަރިކޮށްފައި ފޮނުވާލައިފިއެވެ. 

ބުނެލަން ބޭނުންވަނީ ނިޢްމަތެއް ދެއްވެވިނަމަވެސް ނީކަރުންނަށް ނިކަމެތިކަން ނުދޭށެވެ. އޯގާތެރިވާށެވެ. ނޫންނަމަ އެމީހަކަށްވެސް ހިތްދަތިކަން ލިބޭނެ ދުވަހެއް އަންނާނެއެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް