އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 ފުޅި ހުވަނދުލިބޭ ސުވާލު: ދަތުރުފުޅެއްގެ މަތީގަވެސް ރަސޫލް ޞޢޥ ދޫކޮށް ނުލައްވަވައި ކުރެއްވެވި ސުންނަތް 2 ނަމާދަކީ ކޮބާ؟

4 ފުޅި ހުވަނދުލިބޭ ސުވާލު: ދަތުރުފުޅެއްގެ މަތީގަވެސް ރަސޫލް ޞޢޥ ދޫކޮށް ނުލައްވަވައި ކުރެއްވެވި ސުންނަތް 2 ނަމާދަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

4 ފުޅި ހުވަނދުލިބޭ ސުވާލު: ދަތުރުފުޅެއްގެ މަތީގަވެސް ރަސޫލް (ޞޢޥ) ދޫކޮށް ނުލައްވަވައި ކުރެއްވެވި ސުންނަތް 2 ނަމާދަކީ ކޮބާ؟ 

Aisha reported: The Prophet, peace and blessings be upon him, was not as strongly committed to any voluntary prayers as he was to the two cycles before dawn.

Source: Ṣaḥīḥ Muslim 724

ރަސޫލް ﷺ އެންމެ ބޮޑަށް ސަމާލުކަން ދެއްވަވައިގެން ކުރެއްވެވި ސުންނަތް 2 ނަމާދަކީ ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތާއި ވިތުރި އެވެ. އެއީ ދަތުރުފުޅެއްގެ މަތީގައިވާހިނދު، ދޫކޮށްލެއްވެވެން އޮވެވެސް ދުވަހަކުވެސް ނުކުރައްވަވައި ދޫކޮށްލައްވަވާފައި ނުވާތީއެވެ. 

“His adherence to praying the Sunnah of Fajr was stronger than with all other naafil prayers, so he did not omit it or Witr whether he was travelling or not. When he was travelling he would still pray the Sunnah of Fajr and Witr and adhere to that more than all other naafil prayers. It is not narrated that he prayed any other regular Sunnah prayer when he was travelling.” 

Zaad al-Ma’aad, 1/315 

_______________________________________________

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ. 

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. 

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ. 

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު