އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮލިމްޕިކް ކޮމޓީ އާއި އާކް ގުޅިގެން ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހުކޮށްފި

އޮލިމްޕިކް ކޮމޓީ އާއި އާކް ގުޅިގެން ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު

މޯލްޑިވްސް އޮލިމްޕިކް ކޮމޓީ އަދި އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގުޅިގެން ތައްޔާރުކޮށްފައިވާ ޗައިލްޑް ސޭފްގާޑިން ޕޮލިސީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް އިފްތިތާހުކޮށްދެއްވައިފިއެވެ.

މި ޕޮލިސީ އިފްތިތާހުކޮށްދެއްވައިފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޙާއްސާ ހަފްލާއެއްގައެވެ. މި ޕޮލިސީގެ މައިގަނޑު އަމާޒަކީ، ކޮންމެ ހައިސިއްޔަތެއްގައި ކުޅިވަރުގެ ޙަރަކާތްތަކުގައި ބައިވެރިވާ ކުޑަކުދިންނަށް، އެއީ އެތްލީޓެއް ކަމުގައިވިޔަސް ނުވަތަ އެހެނިހެން ގޮތްގޮތަށް ކުޅިވަރުގައި ބައިވެރިޔަސް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމެވެ.

ޗައިލްޑް ސޭފްގާޑިން ޕޮލިސީއަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ކުޅިވަރުގައި ކުރެވުނު އެންމެ މުހިއްމު އަދި އެންމެ ފާހަގަކޮއްލެވޭ އެއް މަސައްކަތެވެ. މި ޕޮލިސީގެ ދަށުން ކޯޗުންނާއި، ޓްރައިނަރުންނާއި، ބެލެނިވެރިން އަދި އެހެނިހެން ޓެކްނިކަލް ސްޓާފަކަށް ޗައިލްޑް ސޭފްގާޑިންގްއާއި ގުޅޭ މައްސަލައެއް މެދުވެރިވެއްޖެނަމ އަމަލުކުރަންވީ ގޮތާއި ރިޕޯޓުކުރަންޖެހޭ އުސޫލުތައް ހިމަނާފައިވެއެވެ. މި ޕޮލިސީގައި އަލިއަޅުވާލައިފައިވާ މައިގަނޑު 5 އުސޫލަކީ ކުދިންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުން، ކުއްޖާގެ މަސްލަހަތަށް އަބަދުވެސް އިސްކަން ދިނުން ،ކުއްޖަކަށް އަނިޔާއެއް ލިބިއްޖެނަމަ ބޭނުންވާ ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ވީ އެންމެއަވަހަށް ފޯރުކޮށްދިނުން، ކުދިންނާ ގުޅޭ ކަންކަން ނިންމުމުގައި އެކުދިންގެ ޚިޔާލާއި ބައިވެރިވުން ހޯދުން އަދި ހަވާސާވެފައިވާ ކުދިންނަށްވެސް ކުޅިވަރުގައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރުމެވެ.

މި ޕޮލިސީ ތަންފީޒުކުރުމާއެކު އެމް.އޯ.ސީ.ގައި ފިރިހެން އަދި އަންނެހެން  ޗައިލްޑް ސޭފްގާޑިން އޮފިސަރެއް އައްޔަންކުރެވިގެންދާނެއެވެ. މީގެ އިތުރުން، ކޮންމެ ގައުމީ ކުޅިވަރު އެސޯސިއޭޝަނަކުން އެ އެސޯސިއޭޝަނެއްގެ އަމިއްލް ޗައިލްޑް ސޭފްގާޑިން ޕޮލިސީއެއް އެކުލަވާލައި، އެއާއެކު ކުޑަކުދިންގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރުމަށްޓަކައި އަމިއްލަ ޗައިލްޑް ސޭފްގާޑިން އޮފިސަރެއއ އައްޔަންކުރަންވެސް ޖެހެއެވެ.

ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެ ވާހަކަފުޅުގައި ކުޅިވަރުގައި ކުޑަކުދިންނަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ މި މުހިއްމު މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން، ކުޑަކުދިންނާއި އެކު މަސައްކަތްކުރާ ސްޓާފުންނާއި ވޮލަންޓިޔަރުން ކުޑަކުދިން ސޭފްގާޑިންގް ކުރާންގޮތް ދެނެގަނެ ރިޕޯޓުކުރަންޖެހޭ ހާލަތުގައި ރިޕޯޓުކުރާނެ ގޮތްތައް ރަސްމީ ގޮތެއްގައި ދެނެގަތުމުގެ މުހިންމުކަން އެމް.އޯ.ސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު ފާހަގަކުރިއެވެ. އަދި މިކަމުގެ ސަބަބުން، ސްޓާފުންނާއި ވޮލަންޓިޔަރުން ބާރުވެރިގެންދާނެކަމަށް ފާހަގަކުރިއެވެ. މީގެ އިތުރުން، ޗައިލްޑް ސޭފްގާޑިންގް ޕޮލިސީގެ ސަބަބުން، ދިވެހި ކުޅިވަރުގައި ކުޑަކުދިންގެ ތަޖުރިބާ އިތުރަށް ރަނގަޅުވެ، މުސްތަގްބަލުގައި، މޮޅު އެތްލީޓުން އުފެދިގެންދާނެކަމަށް އުންމީދުކުރާ ވާހަކަވެސް ވިދާޅުވިއެވެ.

އާކްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު މުރުތަލާ މޫސާ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރުގެ މާހައުލު ވާންޖެހޭނީ ހަމައެކަނި އަނިޔާއިން ރައްކާތެރިވެފައިވާ މާޙައުލެއް ނޫންނަކަމަށާއި ކުޅިވަރުގެ ތެރެއިން ކުދިންނަށް އެހެނިހެން އެކިކަހަލަ ހުނަރުތައް ދަސްވެ، އެކުދިން ބޮޑުވާއިރުގައި މުޖުތަމައަށް ފައިދާކުރަނިވި މީހެއް އުފެދިގެންދާނެ ކަހަލަ މާޙައުލެއް ކުޅިވަރުގައި ގާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ.

މި ޕޮލިސީ ތަންފީޒުކުރުމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވާ އަދި އެމް.އޯ.ސީއާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި އެކެޑަމީތަކުގެ މުވައްޒަފުން ތަމްރީންކުރުމަށް 'ސޭފްގާޑީންގް ޓޫލްސް' ތައްޔާރުކުރުމަށް އެމް.އޯ.ސީ އަދި އާކް ގުޅިގެން ކުރިޔަށް މަސައްކަތްކުރުމަށް ގެންދާނެއެވެ. މި ޕޮލިސީގެ ތެރެއިން، އެމް.އޯ.ސީ އަދި އާކްގެ އުންމީދަކީ ކުޅިވަރުގައި ކުޑަކުދިން ސޭފްގާޑް ކުރުމުގެ ސަގާފަތެއް އަށަގަންނަވާ އަދި ކުޅިވަރުގައި ބައިވެރިވާ ހުރިހާ ކުދިންނަށް އަނިޔާއާއި، އިޙްމާލު އަދި ހަނގާކުރުންފަދަ ކަންކަމުގައި 'ޒީރޯ ޓޮލެރެންސް' އުސޫލު ގެންގުޅުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު