އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 ފުޅި ހުވަނދުލިބޭ ސުވާލު: ގިނަ އަންހެނުންނާ ކައިވެނިކޮށް އަނބިންގެ އަދަދު ގިނަކުރުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެއްތަ؟

4 ފުޅި ހުވަނދުލިބޭ ސުވާލު: ގިނަ އަންހެނުންނާ ކައިވެނިކޮށް އަނބިންގެ އަދަދު ގިނަކުރުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެއްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

4 ފުޅި ހުވަނދުލިބޭ ސުވާލު: ގިނަ އަންހެނުންނާ ކައިވެނިކޮށް އަނބިންގެ އަދަދު ގިނަކުރުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެއްތަ؟ 

"މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ މައްސަލައެކެވެ. އެހެނީ ކައިވެނިކުރުމުގައި އަމަލުކުރަންޖެހޭ ގޮތަށް ވިސްނާލާށެވެ! ފުރަތަމަ ކަމަކީ ކައިވެނިކުރުމަށްފަހު އަނބިމީހާ އިންނާނެތަނަކާއި ކާބޯތަކެއްޗާއި ބަލިވެއްޖެނަމަ ބޭސްފަރުވާއާއި އުނުއަންނައުނާއި މިހެންގޮސް އަނބިމީހާގެ ބޭނުންތައް ފުއްދައިދޭން ޖެހެއެވެ. ދެވަނަ ކަމަކީ އަނބިންނަށް ވަގުތުދޭނެ ޖެހެއެވެ. 3 ވަނަ ކަމަކީ އަނބިންގެ މެދުގައި ހަމަހަމަކުރަންޖެހެއެވެ.

އެންމެ ފުރަތަމަކަމަކަށް ވިސްނައިލަންވީ "ކައިވެނިކުރުމަށްފަހު އަނބިމީހާ އިންނާނެތަނަކާއި ކާބޯތަކެއްޗާއި ބަލިވެއްޖެނަމަ ބޭސްފަރުވާއާއި އުނުއަންނައުނާއި މިހެންގޮސް އަނބިމީހާގެ ބޭނުންތައް ފުއްދައިދޭން ޖެހެއެވެ. އަނބިމީހާއަށް ވަގުތުދޭނެ ޖެހެއެވެ." މިކަންކަން ކޮށްނުދެވޭނެ މީހަކަށް އޮތީ އެންމެ އަންބަކަށްނަމަވެސް ކައިވެނިނުކޮށް ހުރުމެވެ.  

އެހެން އެކަން އޮތް އިރު މިބަޔާންކުރި ކަންކަން ކޮށްނުދެވޭނެ ޙާލުގައިވެސް "މިއީ ސުންނަތޭ" ކިޔައި ކޮންމެ ފިރިހެނަކު ގިނަ އަނބިން ހޯދަން މަސައްކަތްކުރާނަމަ އެމީހަކުވާނީ ސުންނަތަށް އަމަލުކުރަން އުޅޭ މީހަކަށް ނޫނެވެ. ސުންނަތާއި ޚިލާފްވާން މަސައްކަތްކުރާ މީހަކަށެވެ."

- މުފްތީ މެންކުގެ ދަރުސަކުން 

_______________________________________________

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ. 

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. 

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ. 

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް