އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ޔުނިވަރސިޓީގެ ހަވަނަ ދަސްވެނިވުމުގެ ޙަފްލާ ބާއްވައިފި

އިސްލާމީ ޔުނިވަރސިޓީގެ ހަވަނަ ދަސްވެނިވުމުގެ ޙަފްލާ ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 32 ސިކުންތު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 06 ވަނަ ދަސްވެނިވުމުގެ ޙަފްލާ މިއަދު (19 މޭ 2022)، 2 ސެޝަނަކަށް ބަހާލެވިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބާއްވައިފިއެވެ.

މި ޙަފްލާގައި 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކޯސްތައް ފުރިހަމަކުރެއްވި ދަރިވަރުންނަށް ދަރަޖަދެއްވާ ސަނަދު ވަނީ ޙަވާލުކޮށްފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 06 ވަނަ ދަސްވެނިވުމުގެ ޙަފްލާ ގެ ފުރަތަމަ ސެޝަން ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުއުތަސިމް ޢަދުނާނެވެ. އަދި ދެވަނަ ސެޝަން ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ފައިސަލް ނަސީމެވެ. ޝަރަފުވެރި މެހެމާނުންގެ އިތުރުން މި ޙަފްލާގައި ޔުނިވަރސިޓީގެ މަޖިލިސް މެންބަރުން އަދި ޔުނިވަރސިޓީގެ އިސްވެރިން، ދަސްވެނިން އަދި އެ ދަސްވެނިންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2021 ވަނަ އަހަރު 666 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެގޮތުން މި ޙަފްލާގައި ސެޓްފިކެޓް ލެވެލްގެ 216 ދަރިވަރުން ، މާސްޓާރސް ލެވެލްގެ 184 ދަރިވަރުން، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ލެވެލްގެ 42 ދަރިވަރުން، ޑިގްރީ ލެވެލްގެ 151 ދަރިވަރުން، ޑިޕްލޮމާ ލެވެލްގެ 56 ދަރިވަރުން، އެސޯސިއޭޓް ޑީގްރީ ގެ 16 ދަރިވަރުން އަދި ޕީ.އެޗް.ޑީ ލެވެލްގެ 1 ދަރިވަރު މި އަހަރު ދަސްވެނިވެފައިވެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 06 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ދޭ އެންމެ ޝަރަފުވެރި ޢިނާމުތަކުގެ ތެރޭގައި ހިމެނޭ "ބެސްޓް ސްޓޫޑެންޓް އެވޯރޑު" 5 ދަރިވަރުން ޙާސިލުކޮށްފައިވެއެވެ.

މި ޝަރަފުވެރި ޢިނާމުތައް، އޭގެ ޙައްޤުވެރި ދަރިވަރުންނަށް، ޙަވާލުކޮށްދެއްވީ 19 މޭ 2022 ވީ ބުރާސްފަތިދުވަހު އައި.ޔޫ.އެމް ހޯލްގައި ބޭއްވުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 06 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ 2 ވަނަ ސެޝަންގެ ޝަރަފުވެރި މެހުމާން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ފައިސަލް ނަސީމެވެ.

2021 ވަނަ އަހަރު ބެސްޓް ސްޓޫޑެންޓް އެވޯޑް ޙާސިލުކުރި ދަރިވަރުންނަކީ؛

1.     ޙައްވާ ލަތީފް IUM005250)) – ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން (ބެޗް 16)، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން

2.     ޙުސައިން ނަޝާޠު އިބްރާހީމް (IUM005172) - މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ (ބެޗް 5 ދިވެހި) އައި.ޔޫ.އެމް ލާރނިންގ ސެންޓަރ (ފުވައްމުލައް ސިޓީ)، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން

3.     ފާޠިމަތު ސަޢީދާ (IUM003043) - ބެޗްލަރ އޮފް ޓީޗިންގ އެރަބިކް ލޭންގުއެޖް، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން

4.     އާމިނަތު ރީނާ (IUM005103) - މާސްޓަރ އޮފް އާރޓްސް އިން ޤުރްއާނިކް ސައިންސަސް،ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާ

5.     ޢާއިޝަތު ނީނާ (IUM005874) - މާސްޓަރ އޮފް ޤިރާއަތު، ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާ 

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް، ޔުނިވަރސިޓީގެ ފަރާތުންދޭ ހަނދާނީ ފިލާ، ޔުނިވަރސިޓީގެ ފަރާތުން ދޭ ސެޓްފިކެޓް، ޔުނިވަރސިޓީގެ ފަރާތުން ދޭ ޢިލްމީ ޚަޒާނާ، އަދި ޔުނިވަރސިޓީގައި ކިޔަވައިދޭ ޢިލްމީ ޕްރޮގްރާމްތަކުގެ ތެރެއިން، އެދަރިވަރަކު އިޚްތިޔާރުކުރާ ޕްރޮގްރާމެއްގައި ބައިވެރިވެ ސަނަދު ޙާޞިލުކުރުމަށްޓަކައި ދެވޭ ޓިއުޝަން-ފްރީ ސްކޮލަރޝިޕްްގެ  ޙައްޤުވާ ފަރާތަކީ މިދަރިވަރުންނެވެ.

 

  

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު