އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި 2 ރުފިޔާތަށް ނަގަން ފެށީމާ ފަޤީރުންގެ ޖީބަށް ބާރުބޮޑުވާނެ! ނަގަން ދައްކާ ބަހަނާ ދެކޮޅެއްވެސް ނުޖެހޭ!

މި 2 ރުފިޔާތަށް ނަގަން ފެށީމާ ފަޤީރުންގެ ޖީބަށް ބާރުބޮޑުވާނެ! ނަގަން ދައްކާ ބަހަނާ ދެކޮޅެއްވެސް ނުޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

ބޮޑު އަރަތަކަސްވެފައިވާ ޕްލާސްޓިކް ކޮތަޅުގެ މައްސަލައިގައި އަނެއްކާވެސް އިތުރު ކަންބޮޑުވުމެއް ކުރިމަތިވީއެވެ. ރާއްޖެއަށް އެތެރކުރާ މުދައު އަޅާފައި ހުންނަ ޕްލާސްޓިކް ކޮތަޅުން ޑޔުޓީ ނުނަގައި ފިހާރަތަކުން ދޭ ކޮތަޅަކުން 2 ރުފިޔާ ނަގަން ފަށަނީއެވެ. 

ސަރުކާރަށް މިހައިތަނަށްވެސް ބުނެދެވިފައިނުވަނީ އެކިއެއްޗެތި ބަންދުކޮށްގެން ބޭރުން ރާއްޖެއަށް އެތެރެކުރާ ޕްލާސްޓިކް ކޮތަޅުން ރާއްޖޭގެ ތިމާވެށްޓަށް ނުލިބޭ ގެއްލުމެއް ރާއްޖޭގައި ބޭނުންކުރާ ކޮތަޅަކުން ލިބޭނެ ގޮތެކެވެ. ފިހާރަތަކުގެ ހަރުތައް ފުރެންދެން އެހުންނަނީ ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ތަކެއްޗެކެވެ. ސުވާލަކީ އެތަކެތި ބަންދުކށްފައި ހުރި ޕްލާސްޓިކްކޮތަޅުން ނުލިބޭ ގެއްލުމެއް އެތަކެތި ގެއަށްދަންލާ ޕްލާސްޓިކްކޮތަޅުން ލިބޭގޮތެކެވެ. 

އެއްޗެތި ބަންދުކޮށްގެން ބޭރުން ގެންނަ ކޮތަޅުތަކުން ޑިޔުޓީ ނުނަގަނީ ކޮތަޅު ހުސްކޮށްފައި އަލުން ބޭނުންކުރަން ރާއްޖެއިން ބޭރަށް ފޮނުވާތީތޯއެވެ؟ 

ކޮންމެވެސް ނަމެއް ކިޔާފައި އަނެއްކާވެސް ރައްޔިތުންގެ އަތުން ރުފިޔާތަކެއް ސަރުކާރަށް ނަގަންފަށަނީއެވެ. މިމައްސަލައިގައި މިއަދުނޫހުން ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީއަށް ގޮސް ސުވާލުކޮށްފައެވެ. "މިހައިގިނަ ބާވަތްތަކުގެ މުދައު އެތެރެކުރާއިއރު ތިއަ މައްސަލަ ވަރަށް ބޮޑު" ކަމަށްބުނުން ނޫން އިތުރު ޖަވާބެއް ވަނީ ނުލިބިފައެވެ. ރައްޔިތުންގެ ޖީބުތަކަށް އަތްބާނައި ހސްކޮށްގެންވެސް މިބަލަނީ އެވޯޑެއް ލިބޭތޯކަން މިބާވަތުގެ ކަންކަމުން ސާބިތުވެއެވެ. 

ގުޅުންހުރި ލިޔުން ވީނިޔުސްއިން: 

ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި 2 ރުފިޔާ ނަގާގޮތަށް ކުނި މެނޭޖްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާޝިދެވެ.

ބިލުގައިވާގޮތުން މިގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގާނޫނުގައިވާގޮތުގެ މަތީން ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި 2 ރުފިޔާ ނަގަންޖެހެއެވެ.

ނަމަވެސް، މިގާނޫގެ ދަށުން ބައެއް ބާވަތްތަކުގެ ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުން އިސްތިސްނާވެއެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސްއަޅާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އަޅާ ކޮތަޅާއި، 50އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އަދި، ކުނި މެނޭޖުކުރާ ފަރާތްތަކަށް ވިއްކާ ޕްލާސްޓިކް ކޮތަޅެވެ.

ޕްލްސްޓިކް ކޮތަޅުން ލެވީ ނަގަން ފެށުމާއެކު ކޮންމެ ވިޔަފާރިއަކުންވެސް އެ ފީ މީރާއަށް ދައްކަން ޖެހޭނެއެވެ. އަދި ލެވީ ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި ގަވާއިދު، ޤާނޫނަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލަން ޖެހެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ކަނޑައަޅައި، 13 ބާވަތެއްގެ ޕްލާސްޓިކް އުފައްދައި ބާޒާރަށް ނެރުން މަނާކޮށްފައެވެ.

ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ޕްލާސްޓިކްގެ ތެރޭގައި ބާޒާރުކުރަން ބޭނުންކުރާ، 30 ސެންޓިމީޓަރަށްވުރެެ ކުދި ޕްލާސްޓިކު ކޮތަޅު ހިމެނެއެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ 1 އިން ފެށިގެން އެފެއްދުން މަނާ، އަދި 1 މާރޗް 2023 އިން ފެށިގެން ބާޒާރަށް ނެރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް