އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންކީޕޮކްސް ގިނަ ޤައުމުތަކެއްގައި ފެތުރޭތީ ޖަނަވާރުވެސް ނުކުޅޭ ކުޅި ކުޅޭ މީހުންނާ ޖިންސް ބަދަލުކުރާ މީހުން ޚާއްޞަ ސަމާލުކްމެއް ދިނުމަށް އިލްތިމާސްކޮށްފި

މަންކީޕޮކްސް ގިނަ ޤައުމުތަކެއްގައި ފެތުރޭތީ ޖަނަވާރުވެސް ނުކުޅޭ ކުޅި ކުޅޭ މީހުންނާ ޖިންސް ބަދަލުކުރާ މީހުން ޚާއްޞަ ސަމާލުކްމެއް ދިނުމަށް އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

މަންކީޕޮކްސް ގިނަ ޤައުމުތަކެއްގައި ފެތުރޭތީ ޖަނަވާރުވެސް ނުކުޅޭ ކުޅި ކުޅޭ މީހުންނާ ޖިންސް ބަދަލުކުރާ މީހުން ޚާއްޞަ ސަމާލުކްމެއް ދިނުމަށް އިނގިރޭސިވިލާތުން އިލްތިމާސްކޮށްފި އެވެ. 

މިބަލި މިހާރު ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް. ސްވިޑްން، ފްރާންސް، އިޓަލީ އޮސްޓްރޭލިއާ ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ބަލިޖެހިގެން ހުކުރު ދުވަހު އިނގިރޭސިވިލާތުގައި ރިޕޯޓްކުރި މީހުންގެ ޢަދަދު ދެގުނައަށްވަނީ އިތުރުވެފައެވެ. 

"މިބަލީގެ ޢަލާމާތްތައް ފުރަތަމަ ފެންނަން ފަށަނީ އަނގަ ކައިންނާ ޖިންސީ ގުނަވަން ކައިރިން. ވީމާ ބިހިނެގުން، ފޮޅެއް ފެނުން ފަދަ ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދައްކަންވާނެ. އެއްޖިންސުން ގުޅުން ހިންގާ މީހުންނާ ޖިންސް ބަދަލުކޮށްގެންތިބި މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެ."   

"މިހާރު މިބަލި މުި ދުނިޔެއަށް ބާރު ސްޕީޑްގައި ފެތުރިދާނެކަމުގެ ބިރު އެބައޮތް. ދަތުރުފަތުރުކުރުން މިއޮތީ ޢާންމުވެފަ. ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް ކޮންމެ ޤައުމަކަށްވެސް ހިނގައިދާނެ މީހެއް. އެންމެ މީހެއްހެ ސަބަބުންވެސް ބަލި ފެތުރިގެން ހިނގައިދާނެ. ކޮވިޑް ފެތުރުނުހައި ބާރު ސްޕީޑްގައި ނުފެތުރުނަމަވެސް މިބައްޔަކީ ބޮޑު މުޞީބާތަކަށް ދުނިޔެއަށްވެގެންދާނެ." ކަމަށް އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް