އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ މީހަކާއެކުގަވެސް ޝައިޠޯނަކުވޭ!

ކޮންމެ މީހަކާއެކުގަވެސް ޝައިޠޯނަކުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ކޮންމެ އިންސާނަކަށްވެސް އޭނާއާ ވަކިނުވެ އެކުގައިވާ ޝައިޠާނެއް ވެއެވެ. މިކަން ބަޔާންވެ އެގޭގޮތުގައި ޢާއިޝަތުގެފާނު އަރިހުން ރިވާވެގެން ޞަޙީޙު މުސްލިމްގައި ވާރިދުވެފައިވާ ޙަދީސެއްގައި ވެއެވެ.

އެކަމަނާ ވިދާޅިވިއެވެ. އެއްރެއަކު ކީރިތި ނަބިއްޔާ ތިމަންކަމަނާގެ އަރިހުން ނުކުމެވަޑައިގަތެވެ. ދެން ތިމަންނާގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް غِيرَة ތެރިކަން ހިގައިގެންފިއެވެ. ދެން އެކަލޭގެފާނު ބޭރުން އެބުރިވަޑައިގެން ތިމަންނާ ކުޅަކަންތައް ފެނިވަޑައިގެންފައި ޙަދީޘް ކުރެއްވިއެވެ. "އޭ ޢާއިޝާއެވެ! ކަމަނާއަށްވީ ކީއްހޭ؟ غِيرَة ތެރިވީ ހެއްޔެވެ؟" ތިމަން ދެންނެވީމެވެ. "އަޅުގަޑުފަދަ މީހަކު ކަލޭގެފާނުފަދަ ބޭކަލަކުގެ މައްޗަށް غِيرَة ތެރި ނުވާނީ ކީއްވެގެންތޯއެވެ؟"  ދެން ޙަދީސް ކުރެއްވެވިއެވެ. "ކަމަނާގެ ގާތަށް ކަމަނާގެ ޝައިޠާނާ އައީހެއްޔެވެ؟ ތިމަން ދެންނެވީމެވެ. "ﷲ ގެ ރަސޫލާއެވެ! އަޅުގަޑުގެ ގާތުގައި ޝައިޠާނަކު ވޭތޯއެވެ؟" ޙަދީޘް ކުރެއްވެވިއެވެ. "އާއެކެވެ!" ތިމަން ދެންނެވީމެވެ. "ކޮންމެ އިންސާނަކާ އެކުގައިވެސް ޝައިޠާނަކު ވޭތޯއެވެ؟" ޙަދީޘް ކުރެއެވިއެވެ. "އާއެކެވެ." ތިމަން ދެންނެވީމެވެ. "ﷲ ގެ ރަސޫލާއެވެ!  ކަލޭގެފާނުގެ އަރިހުގައިވެސް ޝައިޠާނަކު ވޭތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އާނއެކެވެ! އެހެންނަމަވެސް ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެޝައިޠާނާގެ މައްޗަށް ތިމަންކަލޭގެފާނަށް ވާގިދެއްވައި ޢިނާޔަތްތެރި ވޮޑިގެންވެއެވެ. އެގޮތުން ތިމަންކަލޭގެފާނު ވަނީ އެޝައިޠާނާގެ ނުބައިކަމުން ސަލާމަތްވެގެންނެވެ."

އަލްއިމާމު މުސްލިމް އާއި އަލްއިމާމު އަޙްމަދު ރިވާކުރެއްވި حديث އެއްގައި ވެއެވެ. " مَا مِنكُم مِن أحَدٍ إلَّا وقدْ وُكِّلَ بِه قَرِينُهُ مِنَ الجِنِّ وقَرِينُهُ مِنَ المَلائِكَةِ قَالُوا: وإيَّاكَ يَا رَسُولَ اللهِ، قالَ: وإيَّايَ لَكِنَّ اللهَ   أعَانَنِي عَلَيهِ فأسْلَمَ، فلا يَأْمُرُنِي إلَّا بخَيْرٍ" މާނައީ: " ތިޔަބައިމީހުންކުރެ އެކަކުވެސް ޖިންނީންގެ ތެރެއިންވާ އޭނާގެ ޤަރީނަކާއި މަލާއިކަތުންގެ ތެރެއިންވާ އޭނާގެ ޤަރީނަކާ އޭނާގެ ކަންތައް ޙަވާލުކުރެވިގެންވާ ގޮތުގައި މެނުވީނުވެއެވެ.  އެބައިމީހުން ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނާމެދުގައިވެސް ހަމައެހެންތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނާ މެދުގައިވެސް ހަމައެހެންނެވެ. އެކަމަކު (ޖިންނީންގެ ތެރެއިންވާ) އެޤަރީނުގެ މައްޗަށް ﷲ ތިމަންކަލޭގެފާނަށް ވާގިދެއްވައި ޢިނާޔަތްތެރިވެވޮޑިގަތެވެ. ދެން އޭނާ އިސްލާމްވިއެވެ. ފަހެ އޭނާ ހެޔޮކަމަކަށް މެނުވީ ތިމަންކަލެގެފާނަކަށް އަމުރެއް ނުކުރެއެވެ. "  (ޤަރީން އަކީ އެކުގައިވާ މީހާއެވެ.

ކީރިތި ޤުރްއާނުގައި މާތް الله وحى ކުރައްވާފައިވެއެވެ: " وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ" – الزخرف 36  މާނައި: "ރަޙްމާންވަންތަ ރަސްކަލާނގެ ހަދުމަކުރުމުން އެއްކިބާވާ މީހާއަށް ތިމަންރަސްކަލާނގެ ޝައިޠާނަކު ފާކުރައްވާ ހުށީމެވެ. ފަހެ އެޝައިޠާނާއީ އޭނާއާ ވަކިނުވެ އެކުގައި އުޅޭނޭ ޤަރީނެކެވެ. "

އަދިވެސް މިމޭރުމުން وحى ކުރައްވާފައިވެއެވެ: " وَقَيَّضْنَا لَهُمْ قُرَنَاءَ فَزَيَّنُوا لَهُمْ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ" – فصّلة 25-  މާނައީ: " އަދި ތިމަން ރަސްކަލާނގެ އެބައިމީހުންނަށް ޤަރީނުންތަކެއް ( އެބަހީ: އެކުވެރީންތަކެއް) ލެއްވީމެވެ. ފަހެ، އެބައިމީހުން ކުރިމަތީގައިވާ ކަންތަކާއި ފަހަތުގައިވާ ކަންތައް އެޤަރީނުން އެބައިމީހުންނަށް ޒީނަތްތެރިކޮށް ދެއްކިއެވެ."

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު