އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ މަންކީޕޮކްސް ފެތުރުމުގެ ފުރުޞަތު ކުޑައެއް ނޫން!

ރާއްޖޭގަ މަންކީޕޮކްސް ފެތުރުމުގެ ފުރުޞަތު ކުޑައެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ދުނިޔެއަށް ފެތުރެމުންދާ މަންކީޕޮކްސް ރާއްޖޭގައި ފެތުރުމުގެ ފުރުޞަތު ކުޑަކަމަށް ޞިއްޙީ މިންގަނޑުން ދެއްކި ނަމަވެސް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. 

"އެއްޖިންސުގެ ނަޖިސް ޢަމަލުހިންގާ މީހުންގެ މެދުގައި މި ފެތުރޭ monkeypox ބައްޔާއިމެދު ވިސްނާފިކުރު ކުރައްވާ! އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ މި ޔޫރަޕް މީހުންތައް މި ނަޖިސްޢަމަލް ނުހިންގިގެން އެ ޕްރޮމޯޓްކޮށް އެއަށް ދަންޖެހޭ ސަބަބެއް! ޔާ ﷲ! އަޅަމެން ސަލާމަތް ކުރައްވާށި!" : ޝައިޚް ޢަލީ ޒައިދު 

އެފަދަ މީހުން ބުނަނީ މަންކީޕޮކްސްއަކީ އެއްޖިންސުން ގުޅުން ހިންގުމުން ޢާންމުވެގެންދާތީ ﷲ ފޮނުއްވެވި ކޯފާއެއް ކަމަށެވެ. ބަލި ފެތުރެން ކޮންމެހެން ވައިރަސް ހިފައިގެން ޖަނަވާރުތަކެއް ރާއްޖޭގައި އުޅުން މުހިންމު ނޫން ކަމަށާއި އެފާފަ ކުރާނަމަ ބަލިފެތުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. 

ރާއްޖޭގައި ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށްގެން އެއްޖިންސުން ގުޅުން ހިންގުން ވަނީ ޢާންމުވެފައެވެ. އެކަންކޮށްގެން އާމްދަނީ ހޯދައިގެން އުޅޭ ބައަކު ރާއްޖޭގައި އެބަތިބިކަމާއި އެކަން ހުއްޓުވަން މަސައްކަތް ކުރެވޭތަން ނުފެންނަކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ. 

އެއްޖިންސުން ގުޅުން ހިންގުމަކީ ޖަނަވާރުވެސް ކުޅޭ ކުޅިއެއްކަން ސައިންސްވެރިންނަށް ވެސް އަދި މިހައތަނަށް ހޯދިފައެއް ނުވެއެވެ. އެއީ މިހައި ނުބައިކަންބޮޑު ޢަމަލެއް ނަމަވެސް ރާއްޖޭގެ އެންމެ އިސް ބައެއް ބޭފުޅުންގެ ޢާއިލާތަކުގައި ވެސް ފައުޅުގައި މިނުބައި ފާފަކުރާކަމުގެ ޚަބަރުތައް ދަނީ ފެތުރެމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް