އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އެކި މަރުކަޒުތަކަށް ދިރާގުގެ ހިދުމަތްތައް ހިލޭ ދެނީ

ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އެކި މަރުކަޒުތަކަށް ދިރާގުގެ ހިދުމަތްތައް ހިލޭ ދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ޖެންޑާ މިނިސްޓްރީން ހިންގާ، ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އެކި މަރުކަޒުތަކަށް ދިރާގުގެ ބައެއް ހިދުމަތްތައް ހިލޭ ދޭން ނިންމައިފިއެވެ.

މިކަމާގުޅިގެން ދިރާގުން ބުނެފައިވަނީ އެ ކުންފުނިން ދޭން ނިންމާފައި ވަނީ ދިރާގު ޓީވީގެ ހިދުމަތާއި ދިރާގުގެ ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ކަމަށާއި މި އެހީތައް ދިނުމާ ބެހޭ ގޮތުން ދިރާގާއި ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ދިރާގުގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިކަމުން ހުރިހާ ކުދިން ޝާމިލުކޮށް ކިޔަވައިދިނުމަށް ބާރުއަޅައިދޭނެކަމަށެވެ. އަދި ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިވެ، އޮންލައިންކޮށް ލިބެން ހުރި ވަސީލަތްތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވާނެކަމަށެވެ.

ދިރާގުން އެހީ ދޭން ކަނޑައަޅާފައި ވަނީ ހަ މަރުކަޒަކަށެވެ. އެއީ ށ. ފުނަދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ޏ. ފުވައްމުލައް އަދި ލ. ފޮނަދޫގެ އަމާން ވެށި މަރުކަޒުތަކަށެވެ.

މީގެ އިތުރުން އަލަށް ގާއިމު ކުރުމަށް ހަމަޖެހިފަވާ 5 މަރުކަޒަކަށް ވެސް ދިރާގުން އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގެ ތެރޭގައި ހިމެނެނީ ޅ. ނައިފަރު، ނ. މަނަދޫ، މ.މުލައް، އަދި ސ.ހިތަދޫގެ އަމާން ވެއްޓާއި ހދ ކުޅުދުއްފުށީގެ އަމާންހިޔާއެވެ.

މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ދިރާގުން އެ މުއައްސަސާއަށް އަބަދު ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ފާހަގަކުރައްވާފައެވެ.

ދިރާގުން ބުނީ މިއީ މަރުކަޒުތަކުގައި ތިބި ކުޑަކުދިންނަށް އުނގެނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން އިސްނަގައިގެން ދޭ ހިދުމަތެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނާއި އާއިލާތައް ރައްކާތެރިކޮށްދޭ 11 މަރުކަޒެއްގެ ކޮމްޕިއުޓަރު ލެބަށް ދިރާގުގެ އިންޓަނެޓުގެ ހިދުމަތް ހިލޭ ލިބޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު