އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަކީ ޝައިޠޯނާގެ ބައިވެރިއެއްކަން މަލާއިކަތުންނަށް ދައްކަމުން ﷲ ގެ ރަޙްމަތަށް އެދިގެން ހިނގާ މީހުން ވަރަށް ގިނަ!

ތިމާއަކީ ޝައިޠޯނާގެ ބައިވެރިއެއްކަން މަލާއިކަތުންނަށް ދައްކަމުން ﷲ ގެ ރަޙްމަތަށް އެދިގެން ހިނގާ މީހުން ވަރަށް ގިނަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

މުސްލިމެއްގެ ނަމުގައި ހުރެމެ ތިބާއަކީ ޝައިޠޯނާގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ ޝައިޠޯނާއަށް ބައިތުހިފައިގެން ހުރިމީހެއްކަން އެހެން މީހުންނަށް އެނގޭނަމަ ތިބާ ލަދުވެތިނުވާނަން ހެއްޔެވެ؟ ޖެހިލުމެއްވެސް ނުވާނަން ހެއްޔެވެ؟

ހިތާމައަކީ މިފަދަ ކަންކަމަށް ވިސްނައިނުލެވޭ މީހުން ގިނަކަމެވެ. މިސާލަކަށް ވަޒީފާއެއްގެ ބޭނުމުގައި ތަނަކަށްދަނީއެވެ. ބައްދަލުކުރާ މީހާގެ ލޮލަށް ނުފެނުނު ނަމަވެސް ބައްދަލުކުރާ މީހާގެ ގާތުގައި ތިއްބެވި މަލާއިކަތުންނަށް ތިބާއަކީ ޝައިޠޯނާގެ ބައިވެރިއެއްކަން އެބަ އެނގިވަޑައިގަންނަވައެވެ.

އެހެނީ ޝައިޠޯނާ ތިބާގެ ބޮލުގައި ޖަހާ ގޮށްތައް ނުފެންނާނީ އަހަރެމެން އިންސާނުންނަށެވެ. މަލާއިކަތުންނަށާއި ޝައިޠޯނުންނަށް ހާމައަށް ފެންނާނެއެވެ.

ނިކަން ބުނެބަލާށެވެ! ޝައިޠޯނާ ގޮށްތައް ޖެހުމުން މޮހެލެވެން އޮއްވައި ވެސް މޮހެނުލައި ޝައިޠާނާގެ ބައިވެރިއަކަށްވެ އެގޮށްތައް ދައްކަމުން ހިނގަމުން، ﷲ ތައާލާގެ ރަޙްމަތްފުޅަށް އެދުމުން މިކުރެވެނީ ކީއްހެއްޔެވެ؟ ދިރިއުޅެން ކުރާ މަސައްކަތުގައި ނުވަތަ ކުރަން ބޭނުންވާ އެނޫންވެސް މަސައްކަތްތަކުގައި ބަރަކާތް ލެއްވެވުން އެދި ދުޢާ ކުރުމުން މިކުރެވެނީ ކިހިނަކުން ހެއްޔެވެ؟"

Abu Hurayrah (may Allah be pleased with him) reported: The Messenger of Allah (may Allah's peace and blessings be upon him) said:

“During your sleep, Satan ties three knots at the back of the head of each one of you, and he seals each knot with the following words: ‘The night is long, so keep on sleeping.’ When that person wakes up and remembers Allah, one knot is undone; when he makes ablution the second knot is undone; and when he prays, all his knots are undone, and he gets up in the morning active and in good spirits, otherwise he gets up in bad spirits and sluggish.”

[Al-Bukhāri and Muslim]

Sahih/Authentic. - [Al-Bukhari and Muslim]

ކޮންމެ މީހަކު ވެސް ނިދަން އޮށޯތުމުން ޝައިޠާނާ އައިސް އޭނާގެ ފުށްކިބައިގައި 3 ގޮށް ޖަހައެވެ. ފުރަތަމަ ގޮށް މޮހިގެންދާނީ ޝައިޠާނާގެ ބަހަށް ނުހެއްލި ނިދީން ހޭލުމުންނެވެ. ދެވަނަ ގޮށް މޮހިގެންދާނީ ވުޟޫކުރުމުންނެވެ. ތިން ވަނަ ގޮށް މޮހިގެންދާނީ ފަޠިސް ނަމާދުކުރުމުންނެވެ.

ވީމާ ފަތިހު ތެދުވެ ފަތިސް ނަމާދު ނުކުރާ މީހާ އެދުވަހު ހަތަރުދަމު އެއުޅެނީ ޝައިޠާނާ އެ ރޭ ޖެހި 3 ގޮށް ބޮލުގައި ބަހައްޓައިގެންނެވެ. އެފަދަ މީހުން ކުރާ މަސައްކަތުގައި ލައްވަވާނީ ކޮން ބަރަކާތެއް ހެއްޔެވެ؟

ފަތިސް ނަމާދާއި ޢިޝާ ނަމާދު ޖަމާއަތުގައި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެވިދާނެއެވެ. އެހެނީ ޙަދީޘްފުޅުގައި އައިސްފައިވަނީ ފަތިސް ނަމާދާއި ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅި އެ ރޭ ހަތަރުދަމު ރޭ އަޅުކަންކުރި ފަދަ ކަމަށެވެ. ހަމަ އެއާއެކު ކަނޑައެޅިގެން މުނާފިޤަކު މެނުވީ ޢިޝާ ނަމާދާ ފަތިސް ނަމާދަށް ފަރުވާކުޑަ ނުކުރާނެ ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. "އެދެ ނަމާދުގެ މަތިވެރިކަން، ލިބޭނެ ސަވާބު އެނގޭނެ ނަމަ (ނުހިނގޭ މީހުން) ފިރުކިފައި ނަމަވެސް އެ ދެ ނަމާދަށް އަންނާނެ ކަމަށްވެސް ޙަދީޘްފުޅުގައި އައިސްފައިވޭ."

ފަތިސް ނަމާދަށް ފަރުވާ ކުޑަކުރާ މީހާ އެހެން ހުރިހާ ނަމާދަކަށްވެސް ފަރުވާ ކުޑަކުރާނެއެވެ. ނަމަވެސް ފަތިސް ނަމާދަށް ފަރުވާތެރިވާ މީހާ އެހެން ހުރިހާ ނަމާދުތަކަށްވެސް ފަރުވާތެރިވާނެއެވެ. ވިސްނަވާށެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދި ފަތިހުގެ އަރާމު ނިދި ނަގާލާފައި ތެދުވާ މީހާ، ހޭލައި ހުއްޓައި އަންނަ ނަމާދު ވަގުތުތަށް ދޫކޮށޭއް ނުލާނެއެވެ.

--ޝައިޚް މުޙައްމަދު މޫސާގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް