އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 ފުޅި ހުވަނދުލިބޭ ސުވާލު: ބައިވެރިޔާގެ ކިބައިން ނުހުރުމަށް އެންމެ ބޮޑަށް އެދޭނެ ސިފައަކީ ކޮބާ؟

4 ފުޅި ހުވަނދުލިބޭ ސުވާލު: ބައިވެރިޔާގެ ކިބައިން ނުހުރުމަށް އެންމެ ބޮޑަށް އެދޭނެ ސިފައަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

4 ފުޅި ހުވަނދުލިބޭ ސުވާލު: ބައިވެރިޔާގެ ކިބައި ނުހުރުމަށް އެންމެ ބޮޑަށް އެދޭނެ ސިފައަކީ ކޮބާ؟ 

ހުރިހާ ސިފަތަކެއް ފުރިހަމަ އެއްވެސް މީހަކު ނުހުންނާނެއެވެ. ވީމާ ތިމާގެ ވެސް ބައިވެރިޔާގެވެސް ހުރިހާ ސިފަތަކެއް ފުރިހަމައެއް ނުވާނެއެވެ. އުނިސިފަތަކެއް ހުންނާނެއެވެ. 

ބައެއް ސިފަތަކަކީ އެސިފަތަކެއް ހުރިނަމަވެސް ކެތްތެރިވެވިދާނެ ސިފަތަކެވެ. ނަމަވެސް އަނެއްބައި ސިފަތަކަކީ އެސިފަތައް ހުރިނަމަ އެކުގައި ދިރިއުޅެން ހުރަސްތައް ކުރިމަތިވާނެ ސިފަތަކެވެ. 

އެގޮތުން ފާހަގަކުރެވޭ ސިފަތަކުގެ ތެރޭގައި، ދޮގުބުނުން، ތެދުވެރިނުވުން (ބޭވަފާތެރިވުން)، ދޫނުބައިވުން، ނަފްސާނީ ގޮތުންވެސް ޖިސްމާނީ ގޮތުންވެސް އަނިޔާވެރިވުން، ޒިންމާ އަދާނުކުރުން. އަޅާލުމާއި ލޯބިނުދިނުން، ކުރެވޭ ކުށަށް އިޢްތިރާފްނުވުން ފަދަ ސިފަތައް ފާހަގަކުރެވެއެވެ.  

ދެމަފިރިއަކު ލޯބިން އެކުގައި ދިރިއުޅެން ބޭނުންނަމަ މިފަދަ ސިފަތައް ދޫކޮށްލައި ލޯބިން ދިރިއުޅެވޭނެ މަގު ތަނަވަސްކުރަންޖެހެއެވެ.     

_______________________________________________ 

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ. 

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. 

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ. 

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު