އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 ފުޅި ހުވަނދުލިބޭ ސުވާލު: ޖުނުބުވެރިޙާލަތުގަ ނިދާނަމަ ވުޟޫކޮށްގެން ނިދުމަކީ ސުންނަތެއްތަ؟

4 ފުޅި ހުވަނދުލިބޭ ސުވާލު: ޖުނުބުވެރިޙާލަތުގަ ނިދާނަމަ ވުޟޫކޮށްގެން ނިދުމަކީ ސުންނަތެއްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

4 ފުޅި ހުވަނދުލިބޭ ސުވާލު: ޖުނުބުވެރިޙާލަތުގަ ނިދާނަމަ ވުޟޫކޮށްގެން ނިދުމަކީ ސުންނަތެއްތަ؟  

ޖުނުބުވެރިވެއްޖެނަމަ އެންމެ ރަނގަޅު، އަދި އެންމެ ރައްކައުތެރި ގޮތަކީ ހިނައިގަނެގެން ނިދުމެވެ. އެހެނީ ދިމާވާ ގޮތަކުން ހޭލެވުން ލަސްވެއްޖެނަމަ ހިނައިގަނެގެން ފަތިސްނަމާދުކުރަން އުނދަގޫވާނެތީއެވެ. އަދި ފިރިހެނުން ޖަމާޢަތުގައި، އަންހެނުން ވީހާ އަވަހަކަށް ފަތިސްނަމާދުކުރަން ހުރަހަކަށްވެދާނެތީއެވެ. 

ޢާއިޝަތުގެފާނުގެ އަރިއަހުން ވިވާވެގެންވާ މި ޙަދީޘްފުޅުން އެނގޭ ގޮތުގައި ޖުނުބުވެރި ޙާލުކޮޅިގައި ރަސޫލާ އަވަހާރަފުޅު ލައްޕަވާނަމަ އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ވުޟޫކުރައްވަވައެވެ. ވީމާ ޖުނުބުވެރި ޙާލުގައި ނިދާނަމަ ނިދުމުގެކުރިން ވުޟޫކުރުމަކީ ސުންނަތެކެވެ.  

عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَرَادَ أَنْ يَنَامَ وَهُوَ جُنُبٌ تَوَضَّأَ وُضُوءَهُ لِلصَّلَاةِ قَبْلَ أَنْ يَنَامَ

282 صحيح البخاري كتاب الغسل باب كينونة الجنب في البيت إذا توضأ قبل أن يغتسل

305 صحيح مسلم كتاب الحيض باب جواز نوم الجنب واستحباب الوضوء له وغسل ا

Aisha reported: If the Messenger of Allah, peace and blessings be upon him, intended to sleep while in a state of major ritual impurity, he would perform ablution before he slept.

Source: Ṣaḥīḥ al-Bukhārī 282, Ṣaḥīḥ Muslim 305

Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim

_______________________________________________ 

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ.  

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ.  

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ.  

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު