އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވިޔަސް ބޭސްކުރަން ރާއްޖެއިން ބޭރަށް ދާނީ ތަހުގީގަށް އެއްބާރުލުން ދީފަ - އަދީބު

މަރުވިޔަސް ބޭސްކުރަން ރާއްޖެއިން ބޭރަށް ދާނީ ތަހުގީގަށް އެއްބާރުލުން ދީފަ - އަދީބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ބަލިހާލަތުގައި އޮވެ މަރުވިޔަސް، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ވަޑައިގަންނަވާނީ އައު ސަރުކާރުން ހިންގާ ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށްފަހު ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ނުހަނު ބަލިހާލަތުގައި އޮންނެވިއިރު ވެސް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ އަދީބު ފިއްލަވާފާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ވިދާޅުވީ، އަދީބު ހުންނެވީ އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ކުރާ ތަހުގީގަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ކަމަށެވެ.

"މިއަދުވެސް ހޮސްޕިޓަލުގައި އެހާލުގައި އޮވެ އަދީބު ވިދާޅުވީ މަރުވިޔަސް ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ތަހުގީގުތަކާ ކުމަތިނުލައި ބޭސް ފަރުވާއަށް ނުފުރާނެ ކަމަށް، އަދީބު އޭ ކިޔައިގެން ދައްކާ ސާބިތު ނުހިފޭ ދޮގު ވާހަކަތައް އިންސާފުވެރި ތަހުގީގަކުން ސާފުވާނެ ކަމަށް" ނަޝްވާ ކުރެއްވީ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކުރީގެ ނައިބު ރައީސް އަދިވެސް އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައެވެ. އެއީ އެމަނިކުފާނުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް ނައްތާލުމަށެވެ.

ކިޑްނީ ގައި ހިލަ އުފެދުމުގެ އިތުރުން ލޮލުގެ ފެނުމަށް އަސަރުކުރާ ބައްޔެއް ކަމަށްވާ ގްލައުކޯމާ އަށް ވެސް އެމަނިކުފާނު އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އޭގެއިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓްތަކެއް އުފެދިފައިވާތީ އެކަމަށް ވެސް އެމަނިކުފާނު އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ