އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމާމުނާ ޚަޠީބުން ބޭރަށް ފޮނުވައިގެން ތަމްރީނުކުރަން އަލުން ފަށަނީ-

އިމާމުނާ ޚަޠީބުން ބޭރަށް ފޮނުވައިގެން ތަމްރީނުކުރަން އަލުން ފަށަނީ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 48 ސިކުންތު

ކުރިންވެސް އިސްލާމިކް މިނިސްޓްރީން ހިންގަމުން އަންނަ އިމާމުންނާއި ޚަޠީބުން ރާއްޖެއިން ބޭރަށް ފޮނުވައިގެން އިތުރު ތަމްރީނު ހޯދައިދިނުމުގެ ޕްރޮގްރާމުގެ އިތުރުބުރެއް ދާދިއަވަހަށް ފެށިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ. 

މިފަދަ ޕްރޮގްރާމްތައް ޑރ. ޝަހީމްގެ މިނިސްޓަރުކަމުގައި ފަށްޓަވައި އެމަނިކުފާނުވަނީ މެލޭސިޔާ، މިޞުރު، ކުވައިތު އަދި ސައުދިޢަރަބިޔާ އިން ތަމްރީނު ހޫއްދަވައި ދެއްވައިފައެވެ. އެއިގެ ތެރޭގައި އިމާމުންނަށް ޢަރަބިބަސް ދަސްކޮށްދެއްވުން ވެސް ހިމެނެއެވެ. ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަމުން އިސްތިޢުފާދެއްވުމުން އެޕްރޮގްރާމް ވަނީ މެދުކެނޑިފައެވެ. 

ތަމްރީނުކުރަން ފޮނުއްވާ ޤައުމު މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވެފައެއް ނުވެއެވެ. މިފަދަ ޕްރޮގްރާމެއްގައި އިސްލާމް ދީނަށް އެންމެ ބޮޑަށް ޢަދާވާތްތެރިކަން ފައުޅުކުރަމުން އަންނަ، ރާއްޖެއަށް އެންމެ ގިނަ ޓީޗަރުން ގެންނަ އިންޑިއާއަށް ފޮނުވައިފިނަމަ އެނބުރި އަންނާނެ ގޮތަކާއިމެދު ސުވާލުއުފެދެއެވެ. 

މިނިސްޓަރު ޑރ. ޒާހިރު ވަނީ ދާދިފަހުން ކުވައިތަށް ދަތުރުފުޅެއް ކުރައްވައިފައެވެ. ކުވައިތަކީ މިހާރު އިސްލާމް ދީނަށް ޚިދުމަތްކުރަމުން އަންނަ އެއް ޤައުމުކަން ފާހަގަކުރެވެއެވެ. 

މިސަރުކާރުގެ ވެރިކަމުގައި އިނގިރޭސި ސަފީރު، އައްޑޫސިޓީގެ އިމާމުންނާއި ބައްދަލުކުރެއްވިކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. 

އިސްލާމިކް މިނިސްޓްރީގެ ޚަބަރު: 

އިމާމުންނާއި ޚަޠީބުންނަކީ ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ 

މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ ވާހަކަފުޅުގައި މިފަދަ ކޯސްތަކާއި، ތަމްރީނުތައް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ ބޭފުޅުންނަކީ ޤާބިލް ބަޔަކަށް ހެދުން ކަމަށާއި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް، ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ ބޭފުޅުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެ ކަމަށް ވިދާޅުވިއެވެ.

 

މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބްކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮންމެ ކަމެއް ކުރާއިރުވެސް ޤުރުބަނީތަކެއް ވާންޖެހޭކަމަށާއި ޤުރުބާނީތަކެއް ނުވާނަމަ ނަތީޖާ ނުލިބޭނެކަމަށެވެ. މިފަދަ ތަމްރީނުތައް ކުރިއަށް ގެންދެވޭއިރު، ތަމްރީނުތަކުގައި ބައިވެރިވާން އެ ހޭދަވާ ވަގުތާއި ކަންކަމަކީ ވަރަށް ބޮޑު ޤުރުބާނީއެއްކަމަށާއި އެފަދަ ޤުރުބާނީތަކެއް ވެގެން މެނުވީ ކާމިޔާބު މީހަކަށް މީހާ ނުވާނެކަމަށެވެ.

 

މި ތަމްރީނުގައި ބައިވެރިވި ބޭފުޅުންވެސް އެބޭފުޅުންގެ ވަގުތުތައް އެކަމަށްޓަކައި ހުސްކޮށް އެކަމަށް ސަމާލުކަންދީ އަދި ތިމާވެސް އުނގެނެން ޖެހޭކަން، ކުރިއަށްދާން ޖެހޭކަން، އެފަދަ އިޙްސާސުތަކެއްވެ އެވަރަށް ވަގުތު ދެވިއްޖެނަމަ ނަތީޖާ ހާސިލްވާނެކަމަށް ވިދާޅުވިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ އެ ބޭފުޅުންނަކީ ރަނގަޅު ޤާބިލް ބައަކަށް ހެދުންކަމަށާއި މަސައްކަތްކުރައްވަމުން ގެންދަވަނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.

 

އެހެންކަމުން މިފަދަ ތަމްރީނު ޕްރޮގްރާމުތަކަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށާއި އެގޮތަށް ކުރިއަށް ވަޑައިގަންނަވަން ތިބިކަމުގައިވާނަމަ އެ ބޭފުޅުންނަކީ ރަނގަޅު، ޤާބިލް، ހުނަރުވެރިބަޔަކަށް ހަދަން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.  އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުފުޅުވާކަމަށާއި އެހެންކަމުން އެ ބޭފުޅުންނަށް މިފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި އެހީތެރިކަން އެބޭފުޅުންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބަޔަކަށް ވުމާއި، މިސްކިތަކީ މުޤައްދަސްތަނަކަށްވާއިރު، އާންމުން، އިމާމެއްގެ ކިބައިން ފެންނަން ބޭނުންނުވާ، ނުވަތަ އިމާމަމަށްވާތީ ބަލައިނުގަންނަ ކަންކަމުން އިމާމުން ދުރުހެލިވުމަށް މިނިސްޓަރވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ 

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިނިސްޓްރީގެ ޓީމުންނާއި ޢިލްމުވެރިން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

 

ފުވައްމުލައް ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް، މިމަހުގެ 09 އަކުން 3 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 38 ފަރާތަކުން ބައިވެރިވިއެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވާފައިވަނީ ތަޖުވީދު، ހުކުރު ޤަވާޢިދާ އުސޫލު، ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލު، މަސައްކަތުގެ އަޚްލާޤާއި އެހެން މީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތްތަކާ ބެހޭގޮތުންނެވެ.

- ޚަބަރު: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް .

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ