އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 ފުޅި ހުވަނދުލިބޭ ސުވާލު: ކަންފަތަށް ބަންގީގެ އަޑު އިވުނަސް ނީވޭ މީހުންނަކީ ކޮބާ؟

4 ފުޅި ހުވަނދުލިބޭ ސުވާލު: ކަންފަތަށް ބަންގީގެ އަޑު އިވުނަސް ނީވޭ މީހުންނަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

4 ފުޅި ހުވަނދުލިބޭ ސުވާލު: ކަންފަތަށް ބަންގީގެ އަޑު އިވުނަސް ނީވޭ މީހުންނަކީ ކޮބާ؟ 

ކަންފަތަށް ބަންގީގެ އަޑުއިވުނަސް ނުއިވޭ މީހުންކަމަށް ޢިލްމުވެރިން ބަޔާންކުރައްވަނީ ބަންގީގެ އަޑަށް ޢިޖާބަނުދޭމީހުންނެވެ. އެއީ ވަގުތުން ނުވަތަ ވީހާއަވަހަކަށް ނަމާދުނުކުރާ މީހުންނެވެ. ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ބަންގީގެ އަޑުއިވުމަކީ ހަމައެކަނި ތާޅަފިލިން ބަންގިގޮވާއަޑު އުވުމެއްވެސް ނޫނެވެ. އެއިގެ ތެރޭގައި ނަމާދުވަގުތު ޖެހިއްޖެކަން އެނގުންވެސް ހިމެނެއެވެ. 

މިޒަމާނުގައި ހުރި ލުއިފަސޭހަތަކަށް ބަލާނަމަ ނަމާދުކުރަން ޝައުޤުވެރިވާ ކޮންމެ މީހަކަށްވެސް ވަގުތު ޖެހުމުން އެކަން ދަނެގަނެވޭނެއެވެ. އެއީ އެކަމަށް ތިމާއަށް ސަމާލުކަން ނުދެވުނަސް ގެންގުޅޭ ފޯނުންވެސް އެކަން ބުނެދޭނެތީއެވެ.

ވީމާ ކަންފަތަށް އަޑުއިވޭޙާލު ބީރު މީހަކަށް ނުވާށެވެ!

_______________________________________________

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ.

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ.  

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ.

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު