އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އިން ނޭޝަން-ގޭމަރސް ލޭންޑް ރާއްޖޭގައި ތައާރަފްކޮށްފި!

އުރީދޫ އިން ނޭޝަން-ގޭމަރސް ލޭންޑް ރާއްޖޭގައި ތައާރަފްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

އުރީދޫ މޯލްޑިވްސް އަކީ އެ ކުންފުނީގެ ތަަސައްވަރާ އެއްގިތުގެ މަތިން، ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމަށް އީޖާދީ ޓެކްނޮލޮޖީއާއި ޙިދުމަތްތައް ރާއްޖެއަށް ގެނައުމުގައި މުހިންމު އެއް މޭސްތިރިއެކެވެ. ހަމަ އެފަދައިން، މިއަދު އުރީދޫ އިން ވަނީ ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން-ގޭމަރސް ލޭންޑް" ރައްޖެއަށް ތައާރަފްކޮށްފައެވެ.

އުރީދޫ އިން ބުނެފައިވަނީ މި ޕްލެޓްފޯރމް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައި ކަމަށެވެ. އުރީދޫ ނޭޝަން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ބޭފުޅުންގެ ހާޒިރުގައި މިނިސްޓަރ އޮފް ޓުއަރިސަމް، އަލްފާޟިލް އަބްދުއްލާ މައުސޫމް އިފްތިތާޙްކޮށްދެއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ

އުރީދޫގެ ވަރުގަދަ 4ޖ އަދި 5ޖީ ނެޓްވޯކާއި ރައްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއިއެކު ވެވިފައިވާ ޕާޓްނަރޝިޕްތަކުގެ އެހީގައި، އުރީދޫ ނޭޝަންގެ އަމާޒަކީ ގޭމިންއާއި ގުޅުންހުރި ހުރިހާ ޙިދުމަތާއި މައުލޫމާތް އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުމެވެ. އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ބައްލަވައިގަނެވޭނެއެވެ. މީގެ އިތުރުން، ގޭމް ކުޅޭ ފަރާތްތަކަށްooredoonation.mv  މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔަރ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫންވެސް ގިނަ ގޭމްތަކަށް މޮބައިލް ޑޭޓާ ޕެކް ތައް އެކްޓިވޭޓް ކުރެވޭނެއެވެ.

ގޭމިން ޕެކްތަކާއި ގިފްޓް ކާޑުއަދި ކޮންޓެންޓްގެ ހިދުމަތުގެ އިތުރުން އުރީދޫ ނޭޝަން އިން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައްވެސް ކުރިއަށްދާނެއެވެ. އެގޮތުން އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް، 100،000 ރ. ގެ ޕްރައިޒް ޕޫލަކާއެކު މިރޭ ބޭއްވުނު ހާއްސަ ހަފްލާގައި ވަނީ އިއުލާނުކޮށްފައެވެ. މި ޗެމްޕިއަންޝިޕްގައި ޕަބްޖީ ގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާވަރަކަށް ފައިސާގެ އިނާމު އިތުރުވަމުން ދާނެއެވެ. ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާއާއި ވަނަ އުރީދޫ ނޭޝަން ލީޑާބޯޑްއިން ފެނިވަޑައިގަންނަވާނެއެވެ.

"ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިން އިންޑަސްޓްރީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެންގޮސްފައި. މިއަދު އަޅުގަނޑުމެން މި ހާސިލްކުރި މުހިންމު ލަނޑުދަނޑިއާއެކު، އައު ފުރުސަތުތަކާއެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށް ވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން މިތިބީ މި އިންޑަސްޓްރީގެ އިސް ސަފުގައި ހަރަކާތްތެރިވެ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ކުރިއެރުމަށް މަގުފަހިކޮށްދިނިމުގެ އަޒުމުގައި." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

ޓެކްނޮލޮޖީއާއެކު ގޭމިން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑަސްޓްރީއެކެވެ. ފުރިހަމަ ގޭމިންގެ ތަޖުރިބާއެއް ކުރުމަށް ހަލުވި ސްޕީޑާއެކު ލޭޓެންސީ ދައް މެދުކެނޑުމެއްނެތް އިންޓަނެޓަކީ ގޭމަރުންނަށް މުހިންމު އެއްޗެކެވެ. ކްލައުޑް ގޭމިން އަދި އޭއާރް/ވީއާރް ފަދަ ޓެކްނޮލޮޖީތައް ގެ އެހީގައި ފުޅާވެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމުގައި ގޭމިން އިންޑަސްޓްރީ މުހުންމު ރޯލެއް އަދާ ކުރެއެވެ. ބޭރު ދުނިޔޭގައި ގޭމަރުންނަށާއި އިންޑަސްޓްރީގެ ފަހަތުގައި ހަރަކާތްތެރިވާ އެކު ދާއިރާތަކަށް މިހާރު ތަނަވަސް އާމްދަނީއެއް ހޯދުމުގެ ފުރުސަތުތައްވެސްވަނީ ހުޅުވިފައެވެ. ގޭމިންނަކީ މިހާރު ހަމައެކަނި މުނިފޫހިފިލުވުން ނުވަތަ ހޮބީއެއް ނޫންނެވެ، ޒުވާން ކުދިންނަށް ނިމުމެއް ނެތް ފުރުސަތުތަކެއް ތަނަވަސްކޮށްދޭ އިންޑަސްޓްރީއެކެވެ. އޭގެ ތެރޭގައި ޑިޒައިނަރުންނާއި ޑިވެލޮޕަރުންނާއި ޕްރޮގްރާމަރުންނާއި އިންޖިނިއަރުންނާއި ޕްރޮފެޝަނަލް ގޭމަރުން އާއި ސްޓްރީމްކުރާ މީހުންނާއި މިނޫންވެސް ތަފާތު އެކި ދާއިރާތަކުން ކެރިއަރ އެއް ގާއިމްކުރެވޭނެއެވެ. އުރީދޫގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް މި ފުރުސަތުތައް ފަހިކޮށްދީ، އުރީދޫގެ ވަރުގަދަ 4ޖީ އަދި ފުޅާވަމުންދާ 5ޖީ ނެޓްވޯކްގެ ލޯ ލޭޓެންސީ މެދުވެރިކޮށް ފުރިހަމަ ތަޖުރިބާއެއް ފަހިކޮށްދިނުމެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު