އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮކްޓޯބަރު މަހު މީރާއަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ

އޮކްޓޯބަރު މަހު މީރާއަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ފާއިތުވީ އޮކްޓޯބަރ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއް ބިލިއަން ރުފިޔާ ލިބިފައިވާކަން ހާމަ ވެއްޖެއެވެ.

މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުގައިވާ ގޮތުން، އެއޮތޯރިޓީއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުން 38.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ނިމިދިޔަ އޮކްޓޯބަރ މަހު މީރާއިން ބަލައިގަތް އާމްދަނީއަކީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެއޮތޯރިޓީން ބަލައިގަތް އާމްދަނީއަށްވުރެ 3.9 އިންސައްތަ އިތުރުވުމެކެވެ. އަދި މިދިޔަ މަހު މިލިބުނު އާމްދަނީއަކީ އެމަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށްވުރެ 9.6 އިންސައްތަ އިތުރު މިންވަރެއް ކަމަށް ވެސް މީރާ އިން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިއަހަރުގެ އޮކްޓޯބަރ މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ ގެ ގޮތުގައެވެ. އެގޮތުން މިދިޔަ މަހު 636 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ އިންނެވެ. ބީޕީޓީގެ ގޮތުގައި މިދިޔަ މަހު 59 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ