އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ބަނގުރޫޓުވެ ގެ ނީލަންކިޔުމުން ސަލާމަތްކޮށްދިނީމާ ހަދިޔާއަކަށް އެކުވެރިޔާގެ އަނބިމީހާ ބަލިވެބޭންދި މީހެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ބަނގުރޫޓުވެ ގެ ނީލަންކިޔުމުން ސަލާމަތްކޮށްދިނީމާ ހަދިޔާއަކަށް އެކުވެރިޔާގެ އަނބިމީހާ ބަލިވެބޭންދި މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 16 ސިކުންތު

ފަށަމުން މިކިޔައިދެނީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ވާހަކައަށްފަހު އަޅުގަނޑަށްދިމާވިކަންތައް ކިޔައިދޭނަމެވެ. 

ޢުމަރާ އިދްރީހަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. އިދްރީހަކީ ވަރަށް ފަޤީރު ޢާއިލާއެއްގެ ކުއްޖެކެވެ. ޢުމަރަކީ ތަނަަވސް ޢާއިލާއެއްގެ ކުއްޖެކެވެ. އެހެންވެ އިދްރީސްގެ ކިޔެވުމުގެ ޚަރަދުތައްވެސް ކޮށްދިނީ އެކުވެރިއެއްގެ ޙައިޞިއްޔަތުން ޢުމަރެވެ. 

ކިޔަވައިނިމިގެން ޢުމަރުގެ ބައްޕަގެ ވިޔަފާރި ކުންފުންޏެއް ހިންގަން ޙަވާލުވެފައި އިދްރީހަށް އިސް މަޤާމެއް ދިނެވެ. އެއީ ރަނގަޅު މުސާރައެއްދީގެން އިދްރީހަށް ތަނަވަސްކަން ހޯދައިދިނުމުގެ ބޭނުމުގައެވެ. 

އެއީ ޢުމަރު ކައިވެނިކޮށް މަހެއްހައިދުވަސްވީތަނާއެވެ. ކާރު އެކްސިޑެންޓެއްވެފައި ޢުމަރުގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ލޮލާއިއެކު ބެންޑޭޖްކޮށްފައި 2 ހަފްތާ ވަންދެން އޮންނަން ޖެހުނެވެ. އެދުވަސްވަރު ބައެއް ނަރުހުންގެ ކިބައިން އެނގުނީ ޢުމަރުގެ އަނބިމީހާ އާއި އިދްރީހާއި ދެމެދުގައި އާދައާއި ޚިލާފް ގުޅުމެއް އޮންނަކަމެވެ.

އެކަން ޔަޤިންކުރުމުގެ ބޭނުމުގައި ޢުމަރުގެ ބެންޑޭޖް ނެގުމުން ލޮލަށް ނުފެންނަ ކަމަށް ހެދުނެވެ. ގެއަށް ފޮނުވާލުމުންވެސް ޢުމަރު އުޅުނީ ލޮލަށް ނުފެންނަ މީހަކަށް ހެދިގެންނެވެ. ނަތީޖާއަކަށްވީ ނަރުސްކުދިން ބުނި ގޮތަށް އެދެމީހުންގެ ގުޅުން ލޮލަށް ފެނުމެވެ. 

އެއްދުވަހަކު ޢުމަރުގެ ކުރިމަތީގައި ތިބެ ދެމީހުން ލޯބިކުރަން ފެށުމުން ޢުމަރު އޭނާގެ ލޮލުން ކަޅު އައިނު ނަގާފައި ބުންޏެވެ. "އަހަރެން ޒީނާ އާއިމެދު ކަންބޮޑެއް ނުވަމެވެ. ގިނަ އަންހެނުންނަކީ ކޮންމެ ގޮތަކަށްވެސް އުޅެފާނެ ބައެކެވެ. ނަމަވެސް އިދްރީސަކީ ތިއަހައި ގޮތެއް ނެތް މީހަކަށްވެދާނެ ކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރަމެވެ. ކަލެއަށް އަހަރެން ކޮށްދިން ކަންކަމުގެ ލިސްޓް ކިޔާކަށް ނެތީމެވެ. އަހަރެން ކަލެއަށް ކޮށްނުދެނީ ކޮންކަމެއްކަން ނިކަން ބުނެބަލާށެވެ. ކަލަ ގޮވައި ޘަވާބުކޮޅު ނަގާލާކަށް ބޭނުމެއް ނޫނެވެ. ދެމީހުން އަވަހަށް ނުކުމެގެންދާށެވެ. ބުނަން ހެއްޔެވެ؟ އަހަރެންގެ ލޮލަކަށް އެއްވެސް ކަމެއް ނުވެއެވެ. ބެންޑޭޖް ނެގީންސުރެ ހުރިހާތަނެއް ފެނެއެވެ. އަހަރެންގެ ލޯމަތީގައި އަޅާފައިހުރި ބެންޑޭޖް ނެގި ވަގުތުން ފެށިގެން ހުރިހާ ތަންތަނެއް ފެނުނެވެ. މިވަރުން ފުއްދައިލާށެވެ."

ބުނާނެ ބަހެއްވެސް ނުއެނގި ދެމީހުން ޢުމަރަށް ބަލަން ތިބެންފެށުމުން ބުންޏެވެ. ދެންވެސް ރަނގަޅުވާނީ ދެމީހުން ގުޅިގެން ކައިވެނިކޮށްގެން އެކުގައި ރީތިކޮށް އުޅުނިއްޔާއެވެ. އަހަރެންގެ ހިތަކު އެއްވެސް ޙަސަދަވެރިކަމެއް ނެތެވެ. ނަމަވެސް ދެމީހުންކުރެ މީހަކު ދެން އަހަރެންގެ ކުރިމައްޗަށް ނާރާށެވެ. މިލުބުނީ ވަރަށް ރަނގަޅު ފިލާވަޅެކެވެ. ކައިވެންޏަށް ދަރިއަކު ނުލިބެނީސް ކަންކަން އެނގުނުކަން އެއީ ލެއްވެވި ރަޙްމަތެކެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައަކީ އަޅުގަނޑުގެ ޙަޔާތާއި ވަރަށް ގުޅުންހުރި ވާހަކައެކެވެ. އަޅުގަނޑުގެ އަނބިމީހާއަށް ފުރަތަމަ ލިބުނު ދަރިފުޅަކީ އެންމެ ގާތްކޮށް ގެންގުޅެވުނު އެކުވެރިޔާގެ ދަރިއެކެވެ. ކަންކަން ހާމަވީ ވިހޭވެސްފަހުންނެވެ. 

އެއެކުވެރިޔާއަކީ ބަނގުރޫޓުވެ ގެ ނީލަންކިޔަންޖެހޭ ޙާލަތުގައި ހުއްޓައި އެކަމުންވެސް އަހަރެން ސަލާމަތްކޮށްދިން އެކުވެރިއެކެވެ. އޭނާ ދައްކަންޖެހޭ ފައިސާގެ ޒިންމާ ނަގައި އަމިއްލަ އެކައުންޓުން ފައިސާ ދައްކައިދީގެންނެވެ. އަޅުގަނޑުގެ އަނބިމީހާ އޭނާގެ ދަރިފުޅު ވިހޭއިރުވެސް އަޅުގަނޑަށް ދައްކަންޖެހޭ ފައިސާގެ ބޮޑުބައެއް އޮތީ ނުދެއްކިއެވެ. އެފައިސާގެ އިތުރުން ވެދިން އެހީތަކުގެ އިތުރުން އަހަރުދުވަސްވަންދެން ފިހާރައާއި ގުދަނުގެ ކުލި ދައްކައިދިން ފައިސާވެސް އޮތީ ނުދައްކައެވެ. 

ވީމާ އަޅުގަނޑު ޤަބޫލުކުރަނީ އެއީ އަޅުގަނޑުކޮށްދިން ކަންތަކަށް ޝުކުރުވެރިވުމުގެ ގޮތުން އަޅުގަނޑަށްދިން ހަދިޔާއެއް ކަމަށެވެ. ދެން އިތުރަށް ބުނާނެ އެއްޗެއް ނުއެނގެއެވެ. 

އަޅުގަނޑު އޭނާ ގޮވައިގެން ޝަރީޢަތަކަށް އަދި ނުދަމެވެ. ނަމަވެސް ނުދާންވީ ސަބަބެއް ނެތެވެ. މިހާރު މިވިސްނަނީ އޭނާގެ ދަރިންނާ މިހާރުވަރިކޮށްފައި އިން ކުރީގެ އަނބިމީހާ (ދޮށީ އަނބިމީހާ) އަށް ބޯހިޔާވަހިކަން ހޯދައިދީފައި ގެއަތުލުމާއިމެދުގައެވެ. އަޅުގަނޑުގެ ފައިސާ ނުދީ އެގޭގައި އަޅުގަނޑުގެ ކުރީގެ އަނބިމީހާ ގޮވައިގެން އުޅުނަދޭކަށް ބޭނުމެއް ނުވެއެވެ.  

މިވާހަކަ ކިޔާފައި ކުރި އަސަރުން އަޅުގަނޑަށް ޖެހުނު ޙާލު ހަމަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ.   

ޒާލިފް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
29%
ރަނގަޅު
22%
އޯކޭ
27%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް