އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމީހުން ލޯބިވެ ދެއަންތބަށް ކައިވެނިކުރަން ތައްޔާރުވަމުން ދެމީހުން ގުޅުންހިންގުމުން ދެމީހުންނަށް އަދަބުދޭން ކަނޑައެޅުއްވި ރަސްގެފާނުގެ ވާހަކަ-

ދެމީހުން ލޯބިވެ ދެއަންތބަށް ކައިވެނިކުރަން ތައްޔާރުވަމުން ދެމީހުން ގުޅުންހިންގުމުން ދެމީހުންނަށް އަދަބުދޭން ކަނޑައެޅުއްވި ރަސްގެފާނުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

އެއީ ވަރަށް ކުޑަކުޑަ ފަޤީރު އަވަށެކެވެ. ދިރިއުޅެނީ ވަރަށް މަދު މީސްކޮޅެކެވެ. އެހެންކަމާއިއެކުވެސް އެންމެންވެސް ދިރިއުޅެނީ ހިތްހަމަޖެހިގެން ވަރަށް އުފަލުގައެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކޮންމެ މީހަކަށް ކޮންމެ ވަގުތަކުވެސް ރަސްގެފާނާއި ބައްދަލުކުރެވޭކަމެވެ. ޝައިކުވާއެއް ކޮށްފިނަމަ އެކަމެއް ވަގުތުން ބަލައި ޙައްލުކޮށްދޭ ކަމެވެ. 

އާދައިގެ ފެންވަރުގައި ދިރިއުޅޭ ދެމަފިރިންނެވެ. އެއްދުވަހު އަނބިމީހާ ގެއަށް އައިއިރު ފިރިމީހާ އުޅެނީ ކޮޓަރިއަށް ހިލޭ އަންހެނަކު ވައްދައިގެންނެވެ. ސުވާލުކުރުމުން ބުނީ ދެއަންތބަށް އޭނާ އާއި ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. 

އަންހެން މީހާ ވަގުތުން ދިއައީ ރަސްގެފާނުގެ އަރިހަށެވެ. ގޮސް ޝަކުވާ ކުރުމުން ވަގުތުން ފިރިމީހާ ޙާޒިރުކޮށް ސުވާލުކުރެއްވުމުންވެސް ދިނީ އެއް ޖަވާބެކެވެ. އޭނާ ދެންނެވީ އެއީ ހިލޭ އަނހެނެއް ނޫންކަމަށާއި ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ފިރިހެނުންނަށް 4 އަނބިން ހުއްދަ ކަމަށެވެ. 

ރަސްގެފާނު ވަގުތުން ފަނޑިޔާރު ހާޒިރު ކުރެއްވިއެވެ. އަދި އޭނާ ރަސްގެފާނަށް ދެންނެވި ގޮތަށް ފަނޑިޔާރަށް ކިޔައިދިނުމަށްވެސް ވިދާޅުވިއެވެ. ކިޔައިދިނުމުން އެކަމުގައި މައްސަލައެއް އެބައޮތްތޯ ސުވާލުކުރުމުން ފަނޑިޔާރު ޖަވާބު ނުދީ މަޑުކޮށްލުމުން ރަސްގެފާނު ވިދާޅުވިއެވެ. 

"ފަނޑިޔާރުންނަށް އެނގެންވީ މިކަމެވެ. އޭނާ އެބުނަނީ ތެދެކެވެ. ފިރިހެނުންނަށް 4 އަނބިން ބެލެހެއްޓޭނެ ނަމަ ހުއްދަވާނެއެވެ. އެކަމަކު ކައިވެނީގެ ކުރިން ގުޅުންހިންގަން ހުއްދައެއް ނުވާނެއެވެ. ވީމާ ކައިވެނީގެ ކުރިން ހިލޭ އަންހެނަކާއި ގުޅުން ހިންގި މިންވަރު ބަލާފައި ދެމީހުން ކޮށްފައިވާ ކުށުގެ ނިޞްބަތުން އޭނާއަށް އަދަބުދޭށެވެ. އެކަކު އަނެކަކު ދެކެ ލޯބިވުމަކީ ކުށެއް ނޫނެވެ. ނަމަވެސް ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ ކުށެކެވެ. އެކުށަށް އަދަބުނުދެވޭނަމަ މުޅި އަވަށުގައި އޮންނާނީ ޒިނޭކުރުމެވެ. މިއަވަށުގައި ޒިނޭކުރެވޭކަށް ބޭނުމެއް ނޫނެވެ."

ފަނޑިޔާރަށް ޖެހުނީ ރަސްގެފާނު ވިދާޅުވިފަދައިން މައްސަލަ ބަލައި ކުށްކުރި ދެމީހުންނަށް އަދަބުދޭށެވެ. 

މިވާހަކަ ކިޔާފައި އަޅުގަނޑު ހިތަށް އެރިއެވެ. އެއީ ކިތަންމެ ކުޑަކުޑަ ސަހަރެއް ނަމަވެސް އެސަހަރުގައި ރަސްކަން އެކުރަނީ ހަމަ ބޮޑެތި ޤައުމުތަކުގައިވެސް ރަސްކަންކުރަން ޖެހޭބެ ގޮތަށެވެ. ވެރިކަންކުރަން ޖެހޭނެ ގޮތަށެވެ. މިފަދަ އިންޞާފުވެރި ހިތްތިރި ވެރިއަކު އަޅުގަނޑުމެންނަށްވެސް ލިބިއްޖެނަމަ ހާދަ އުފަލުގައި އުޅެވުނީހެވެ. އަދި ވަރިކައިވެނީގެ މައްސަލަތައް ހާދަހާ މަދުވީހެވެ! 

- ނަރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް