އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމިކް މިނިސްޓްރީއަށް: ދީނީ ޢިލްމުވެރިންގެ މެދުގަ ޚިޔާލުތަފާތުވާ ކަންކަމުގަ ގޮތް ނިންމަން އޮތީ ޢިލްމުވެރިންގެ އިޖުމާޢުން ނޫންތޯ؟

އިސްލާމިކް މިނިސްޓްރީއަށް: ދީނީ ޢިލްމުވެރިންގެ މެދުގަ ޚިޔާލުތަފާތުވާ ކަންކަމުގަ ގޮތް ނިންމަން އޮތީ ޢިލްމުވެރިންގެ އިޖުމާޢުން ނޫންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 13 ސިކުންތު

އިސްލާމް ދީނުގެ ކަމެއްގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިއްޖެނަމަ ގޮތް ނިންމަން އޮތީ ޢިލްމުވެރިވެރިންގެ އިޖުމާޢުން ނޫންތޯއެވެ؟ އެހެންކަމަށްވާއިރު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިފައިވާ ޢިލްމުވެރިން ތިބޭ މަޖިލިސްތަކުން ނެރޭ ފަތުވާ ބަލައިގަތުމުގައި ހުރަސްތަކެއް ހުންނާނެ ނޫންތޯއެވެ؟ 

ކޮވިޑާއި ގުޅިގެން މިސްކިތުގައި ނަމާދުކުރުމާއި ޖަމާޢަތުގައި ނަމާދުކުރުމާއިމެދުގައިވެސް މައްސަލަތައް އުފެދި ހޫނުވެގެންދިއައީ، އިސްލާމިކް މިނިސްޓްރީގެ ނިންމުންތައް ބަލައި ނުގަތީ ދީނީ ޢިލްމުވެރިންގެ އިޖުމާޢުއަށް އިޙްތިރާމްނުކުރެއްވުމުން ނޫންތޯއެވެ؟ ވީއިރު މިހާރު އެންމެ ބޮޑަށް ހޫނުވެފައިވާ ޔޯގާގެ މައްސލައިގައިވެސް ދީނީ ޢިލްމުވެރިންގެ އިޖުމާޢު ނެތި ފާސްކުރާ އުޞޫލު ބަލައިގަންނަން އަދި މާބޮޑެތި ހުރަސްތައް ކުރިމަތިވާނެ ނޫންތޯއެވެ؟ 

ޤަބޫލުކޮށްފިނަމަ ޔޫތް މިނިސްޓްރީން ފަހުން ނެރުނު ބަޔާނަކީ އިސްލާމިކް މިނިސްޓރީއަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެކެވެ. ކަންކަން ގޯހުން ގޯހަށް ދިއައީ އިސްލާމިކް މިނިސްޓްރީން އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ފޭލްވުމުންކަން އެބަޔާނުން ވަރަށް ސާފުނޫންތޯއެވެ. 

އެސިޓީއަކީ ފޭކް ސިޓީއަކަށްވިޔަސް ކޮންމެ ކަހަލަ ސިޓީއަކަށްވިޔަސް ޔޫތު މިނިސްޓްރީން އެވަނީ ރައްދުދީފައެވެ. ރައްދުގައި ބުނެފައި އެވަނީވެސް ހަމަ ބަލައިގަނެވޭ ވާހަކަތަކެއްކަން ފާހަގަކުރެވެއެވެ. 

ޔޯގާ ޑޭ ފާހަގަނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައެއް ނުވޭ: ޔޫތު މިނިސްޓްރީ 

ބައިނަލް އަގްވާމީ ޔޯގާ ދުވަސް ފާހަގަނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ޔޯގާ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ މެޑިޓޭޝަން ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއެއް އާންމުވުމާއި ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

އެކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދަ އެންގުމެއް މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށާއި، ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޚިލާފުވާނެ އެއްވެސް ކަމެއް އެ މިނިސްޓްރީގެ ފަރާތުން ނުހިންގާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަދި، ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކެއްކަމުން، ކަނޑައެޅިފައިވާ އުސޫލުތަކުގެތެރެއިން މިފަދަ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރަޢުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާކަމަށާއި، އެއީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގައިވާ ގޮތުން އެފަދަ ދީނީ ހިޔާލުތަފާތުވުންތައް ހިމެނޭ މައްސަލަތަކުގައި މިނިސްޓްރީން އަމަލު ކުރަން ޖެހޭ ގޮތަކީ ފަތުވާ މަޖިލީހުގެ ބަހެއް ހޯދުމެވެ. ނަމަވެސް، ޔޯގާ މައްސަލަގައި އިސްލާމިކް މިނިސްޓްރީން ފަތުވަ މަޖިލީހުގެ ބަހެއް ހޯދާފައި ނުވާކަން ވަނީ ހާމަވެފައެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގުޅިގެން ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެކަމަމާ ދެކޮޅު ހަދައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެ އެހަރަކާތް ހުއްޓުވާފައެވެ.

އެމައްސަލާގައި މިހާތަނަށް ޖުމްލަ 19 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިނިސްޓްރީން ބުނީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަކުރަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެތެރޭގައި ހިމަނާފައިވާ ކަމަކަށްވާތީ، އެހެން ހުރިހާ ގައުމުތަކުގެވެސް ކުޅިވަރު މިނިސްޓްރީތަކުން ބައިވެރިވާ އުސޫލުގެ ދަށުން ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް