އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮއްކޮމެން ޕްރީ ސްކޫލު: އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ

ކޮއްކޮމެން ޕްރީ ސްކޫލު: އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 38 ސިކުންތު

ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލުތަކަށް ކުދިން ވެއްދުމުގައި ރަނގަޅު ސްކޫލެއް ހިޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް ދަރިވަރުންގެ ޅަފަތުގެ ތައުލީމު ނުވަތަ ޕްރީ ސްކޫލު މަރުހަލާ އަކީ ކުއްޖާ ހެދި ބޮޑުވަމުންދާއިރު އެންމެ މުހިއްމު މަރުހަލާ އެވެ. އެއީ އެ ދަރިވަރުގެ މުޅި ހަޔާތް މިސްރާބް ކޮށްދޭ ތަނެވެ. ދަރިވަރުގެ އުޅުމާއި އަހްލާގު މުސްތަގުބަލްގައި ބިނާ ވަނީ ޅަފަތުގައި އަޅައިދޭ ބިންގަލެއްގެ މައްޗަށެވެ. އެގޮތުން ކޮއްކޮމެން ޕްރީ ސްކޫލަކީ މިޒަމާނުގެ ތައުލީމާއި އިސްލާމީ އުސޫލުތައް ހިމަނައިގެން ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ އިސްކަމެއް ދޭ ސްކޫލެކެވެ. އިލްމާއި ހުނަރާއި ގާބިލް ޓީމަކުން ހިންގާ ކޮއްކޮމެން ޕްރީ ސްކޫލަކީ މިއަދު އެތައް ބެލެނިވެރިޔެއްގެ ފުރަތަމަ ހޮވުމެވެ. 

ދިރާސީ އާ އަހަރަށް ކޮއްކޮމެން ޕްރީ ސްކޫލުން ޖާގަ ބޭނުންވާ ކުދިންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެހެން ސްކޫލްތަކާ ހިލާފަށް ކޮއްކޮމެން ޕްރީ ސްކޫލަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ޖާގަ ދީގެން އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތެއް ތަންފީޒު ކުރާ ސްކޫލެކެވެ. ޖާގަ ބޭނުންވާ އެ ކުދިންނަށް އަދިވެސް އެ ފުރުސަތު އޮތީ ހުޅުވާލެވިފަ އެވެ. 

ދޮޅު އަހަރުގެ ކުދިންނަށް ޕްރީކޭ އިން ފެށިގެން ގުރޭޑް އެކަކަށް ދިއުމާ ހަމައަށް ކޮއްކޮމެން ޕްރީ ސްކޫލުން ފުރުސަތު ދެ އެވެ. "ޕްލޭ ގްރޫޕް"ގެ ގޮތުގައި ބަލަމުންދާ ބޭބީ ނާސަރީއަށް ޖާގަ ދެނީ ދެ އަހަރުން މަތީގެ ކުދިންނަށެވެ. ނާސަރީ އުމުރަކީ ތިން އަހަރާއި ހަތަރު އަހަރުން މައްޗެވެ. ޖޭކޭޖީގެ އުމުރަކީ ހަތަރު އަހަރާއި ފަސްއަހަރުން މައްޗެވެ. ފަސްއަހަރު ނޫނީ ހަ އަހަރުން މަތީގެ ކުދިން ވައްދަނީ އެސްކޭޖީ އަށެވެ. ކުދިން ވެއްދުމުގައި އެއް އާއިލާގެ އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ޖާގަ ހޯދާނަމަ 15 އިންސައްތައިގެ ޑިސްކައުންޓެއް ދެއެވެ. 

ކޮއްކޮމެން ޕްރީ ސްކޫލުގެ މަގުސަދަކީ އަދި ސިޔާސަތަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި އަޅާދެވޭ ހަރުދަނާ ބިންގަލެއްގެ މަތީގައި ތަރުބިއްޔަތު ވެފައިވާ ދަރިންތަކެއް މުޖުތަމައަށް ގައުމަށް ނެރެދިނުމެވެ. އެކަމުގައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތާއި ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެ ކަން ޔަގީންކޮށް އަރުވަމެވެ. މި ސްކޫލުގެ ދޮރާށިން ނިކުންނަ ކޮންމެ ދަރިވަރަކީ އަޅުގަނޑުމެން ފަޚްރުވެރިވާ ފަދަ ދަރިންތަކަކަށް ވާނެ ކަމަށް އަޅުގަނޑުމެން އަބަދުވެސް އުއްމީދުކުރަމެވެ. 

ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫޙް އާލާކުރުމަށާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި އެކު ކަންކަމަށް ކުރިމަތިލުމުގެ ހިތްވަރު ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމުގެ މަޤުސަދުގައި އަދި ގުޅިގެން މަސަތްކަތް ކުރުމުގެ ސިފަ އަށަގެންނެވުމަށް އަހަރުގެ އެކި ދުވަސްތަކުގައި ދަރިވަރުންނަށް ތަފާތު އެކި ހަރަކާތްތައް ހިންގުނެވެ. މިގޮތުން ފިޔަވަތި ކުދިންނާއިއެކު ކްރޮސްރޯޑްގައި ބޭއްވުނު ކޮއްކޮމެންގެ ހަވީރު އަދި ނަމާދު ކޭމްޕް ފާހަގަށްލެވެ އެވެ. ނަމާދު ކޭމްޕްގައި ދަރިވަރުން ނަމާދަށް އަހުލުވެރިކުރުވުމަށް ހިތްވަރުދީ ނަމާދުގައި ކިޔާ ތަކެތި ދަސްވެފައިވާ މިންވަރު ވަޒަންކޮށް، ދީނީ އިލްމުވެރިން މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވިފައިވެ އެވެ. އަދި ބެލެނިވެރިންގެ އެހީއާއެކު ކިންގް ސަލްމާން މިސްކިތައް ދަރިވަރުން ހުކުރަށް ގެންދެވިފައިވެ އެވެ. ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔެވުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން ސޫރަތް ކިޔަވައި ދިނުމާއި ނަމާދާ ބެހޭ ގިނަ ކަންތައްތަކެއް ދަސްކޮށްދެވުނެވެ. 

ރާއްޖޭގައި ހިންގާ އެހެން ޕްރީ ސްކޫލްތަކާ ތަފާތުކޮށް ކޮއްކޮމެން ޕްރީ ސްކޫލްގައި ކިޔަވައިދޭ ގަޑި އިތުރެވެ. އިތުރުވާ ގަޑީގެ ތެރޭގައި ދަރިވަރުންނަށް ވަރަށް ހާއްސަ ޕްރޮގްރާމުތަކެއް ސްކޫލުގައި ކުރިއަށް ގެންދެ އެވެ. އެގޮތުން އަޅުގަނޑުމެން މި ސްކޫލުން "ހިކްމަ"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ލުހާ ނަމާދު ކުރާނެ ގޮތާއި، 99 އިސްމަފުޅު އޭގެ މާނައާ އެކު ދަރިވަރުންނަށް ދަނީ ދަސްކޮށްދެމުންނެވެ. އަދި ކިޔަވައިދޭ ސެޝަންގެ ތެރޭގައި ޤުރުއާން ކިޔަވައިދިނުމުގެ އިތުރުން އަރަބި ތައުލީމު ވެސް ކުދިންނަށް އުނގަންނައިދެ އެވެ. އަދަބީ އަދި ދީނީ ކަންކަމަށް ދަރިވަރުންގެ ޝައުގު އުފެއްދުމަށް މަދަހަ މުބާރާތަކާއި ޤުރުއާން މުބާރާތެއް ވެސް އަހަރަކު އެއް ފަހަރު ކުރިއަށް ގެންދެ އެވެ.

  

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސްކޫލްގެ މުދައްރިއްސުންގެ ފަރާތުން ދަރިވަރުންނަށް ނަސޭހަތް ދިނުމުގެ ގޮތުން ތަފާތު އެކި މަޢުލޫތަކަށް ވީޑިއޯ ކްލިޕްސް ހަދައި ފޭސްބުކް ޕޭޖްގައި ހިއްސާ ކުރެވުނެވެ. 

ސްކޫލްގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ޔުނީފޯމް ހަރަކާތެއް ކުރިއަށް ގެންދަން ފެށުނެވެ. އެގޮތުން ކޮއްކޮމެން ޕްރީސްކޫލްގެ 8 ދަރިވަރަކު ވަނީ ގަލޮޅު ސްކޫލްގެ ސްޓަރ ދަރިވަރުންނާ އެކު ހުވާކޮށްފަ އެވެ. އެއާއެކު އަހަރުގެ އެކި ހިސާބު ތަކުގައި ދަރިވަރުންނަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. އުއްމީދަކީ އަންނަ އަހަރު މުދައްރިއްސުން ތަމްރީން ކޮށްގެން ފިރިހެން ދަރިވަރުންނަށް ކަބް ހަރަކާތް ފެށިގެން ދިއުމެވެ. 

ކޮއްކޮމެން ޕްރީ ސްކޫލުގެ ދަރިވަރުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވާ ކުދިން ތަކަކަށް ހެދުމަކީ އަޅުގަނޑުމެން ވަރަށް އިސްކަންދޭ ކަމެކެވެ. އެ މަގުސަދު ހާސިލްކުރުމަށްޓަކައި ނިމިދިޔަ ހަފްތާ އަޅުގަނޑުމެން ވާނީ މި ސްކޫލުގެ ސްޕޯޓް މީޓް ބާއްވާފަ އެވެ.

މުދައްރިސުންގެ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތް ބިނާ ކުރުމަށް 'ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ'ގެ ގޮތުގައި އެކަޑެމިކް ކަލަންޑަރުގައި ހިމެނޭ ދުވަސްތަކުގައި މި މަދަރުސާގެ މުދައްރިއްސުން ވާނީ ތަފާތު ސެޝަން ތަކުގައި ބައިވެރިވެފަ އެވެ. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ދެނެގަތުމާއި، އެދަރިވަރުންނަށް ސްކޫލްގެ ލެވެލްގައި ކޮށްދެވޭނެ ކަންކަމާއި ބެހޭގޮތުން ތަމްރީން ޕްރޮގްރާމް ހިންގުނެވެ. ހަމައެއާއެކު ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ)ގެ ފަރާތުން، ފުވައްމަލުކު ސްކޫލްގެ މުދައްރިއްސުންނާއެކު ބޭއްވި ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެ ޤައުމީ މަންހަޖަށް އަހުލުވެރި ކުރުވުމަށާއި ޕޯޓްފޯލިއޯ ތައްޔާރުކުރާނެ ގޮތުގެ ތަމްރީން މުދައްރިއްސުންނަށް ލިބިގެން ދިޔަ އެވެ.

ގަތަރުގެ ރޯޔަލް ކްރައުން ސްކޫލްގެ ޗެއާމަން ޕްރޮފެސަރ މުޙައްމަދު ޢަބްދުއްރަޙުމާން އަދި ކޮއްކޮމެން ޕްރީ ސްކޫލްގެ ފަރާތުން އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސް އަދި މިމަދަރުސާގެ ޗެއާމަން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޖުރިބާ ޙިއްސާކުރުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއި ކުރެއްވި އެވެ. އާދެ ނިމިގެން ދިޔަ މެއި 24 ވަނަ ދުވަހަކީ މިމަދަރުސާގެ ހުޅުކޮޅު އިތުރަށް އަލިވެގެންދިޔަ ދުވަހެކެވެ. އެއީ ރޯޔަލް ކްރައުން ސްކޫލާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު މިވެވުނު ފަހުމުނާމާގެ ދަށުން މުވައްޒަފުން ތަމްރީނު ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ދުވަހެވެ.

ށ. ފުނަދޫ ސްކޫލާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތަޖުރިބާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އެއީ އަތޮޅު ތެރޭގެ ސްކޫލަކާ އެކު ކޮއްކޮމެން ޕްރީ ސްކޫލުން ސޮއި ކުރި ފުރަތަމަ އެއްބަސްވުމެވެ.

މިހާރުގެ މެނޭޖްމަންޓުން ސްކޫލާ ހަވާލުވީފަހުން މިވީ އަށް މަސް ދުވަހުގެ ތެރޭގައި ތަނަށް ގެނެވުނު ބަދަލުތައް ބެލެނިވެރިން ބަލައިގަނެ އިތުބާރު ކުރާ ކަން އެނގިގެން ދިޔަ އެއް ހެއްކަކީ މިމަދަރުސާއަށް ވަނުމަށް އެދޭ ދަރިވަރުން އިތުރުވުމެވެ. މިގޮތުން މިހާރުގެ މެނޭޖްމަންޓް ހަވާލުވިއިރު ދަރިވަރުން ތިބި އަދަދާ އަޅާބަލާއިރު މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ދަރިވަރުންގެ އަދަދު މިވަނީ ދެގުނަ އިތުރުވެފަ އެވެ.

މިސްކޫލުގެ ޗެއާމަނަކީ ތައުލީމީ ދާއިރާ އިން އެންމެ މަތީ ފާސް ހޯއްދަވައިގެން ހުންނެވި އަދި ދައުލަތުގެ އިސް އެތައް މަގާމެއް ފުރުއްވާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އެމަނިކުފާނު މި ސްކޫލު ބައްލަވައިގަތީ މިތަން ވަރަށް ނާޒުކު ހާލަތެއްގައި ވަނިކޮށް މިތުއްތު ޖީލު ހެޔޮގޮތުގައި ބިނާކުރުމުގެ މަޤްސަދުގަ އެވެ. ކުރިމަތިވެވަޑައިގަންނަވާނެ ގޮންޖެހުންތަކަށް ބެއްލެވުމެއް ނެތި ޗެއާމަން ޑރ. ޝަހީމް މި ސްކޫލު ބައްލަވައިގަތީ މިތުއްތު ކުދިންނަކީ ލޯބި ލިބިގެން ރިވެތި އަހްލާގުގެ މަތީގައި ބޮޑެތިވާނެ ކުދިންތަކަކަށް ވުމަށް އެދިގެންކަން ޔަގީނެވެ. އަޅުގަނޑުމެންގެ މި ޓީމުގެ ކުރިއެރުމަށް ދުރަށް ވިސްނާވަޑައިގެން ޑރ. ޝަހީމް ދެއްވަވާ އިރުޝާދު އަދި ހޯއްދަވާދެއްވާ ފަހިފުރުސަތު މި ސްކޫލުގެ ކާމިޔާބީތަކުގެ އެއް އަސްލެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް