އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެއި މުންކަރާތްތައް އާންމުކުރަން ގެންގުޅޭ އުސޫލު‍- ރޭވިގެން ކުރާ ކަމެއް؟

ރާއްޖޭގެއި މުންކަރާތްތައް އާންމުކުރަން ގެންގުޅޭ އުސޫލު‍- ރޭވިގެން ކުރާ ކަމެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 52 ސިކުންތު

[މިކަންތައްތަކަކީ ސަރުކާރުގެ އިސްވެރިން ހަމަ ރާވައިގެން ކުރާ ކަންތައްތައް. ދޭތެރެ ދޭތެރެއިން މިކަހަލަ ދީނާ ޚިލާފު ވާހަކަތައް ނުވަތަ ކަންތައްތައް އެ ފާޅުކުރަނީ ރައްޔިތުންގެ އެއަށް ރިއެކްޓް ކުރާ ގޮތްބަލަން. ބަޔަކު މީހުން އެކަމާ އެއްކޮޅަށް ވާހަކަދައްކާ ވަކާލާތު ކުރާ ގޮތް ބަލަން. ދެން ވާގޮތަކީ މުޖުމަތައުންވެސް އެވާހަކަ ދައްކަ ދައްކާފަ އާންމުވުމުން އެހާ ވަރަކަށް ނޫޅޭނެ އެކަމަކާ. އެނގެއެއްނު ރިބާގެ ވާހަކަ. ނިސްބަތުން މަދު ދޯ އެވާހަކަ ދައްކާ މީހުން.]

މިއީ މީގެ ދުވަސްކޮޅެއް ކުރީން ކުލަބު ހައުސް ތެރެއިން މީހަކު ދެއްކި ވާހަކައެއްގެ ދެތިން ޖުމުލައެވެ. އަޅުގަނޑަށް އެއީ ކޮންފެންވަރެއްގެ ކާކުތޯ މިއީ ބަލާކަށް މުހިންމު ކަމެއް ނޫނެނެވެ. ނަމަވެސް އޭނާ ބުނި ޖުމުލަތަކަކީ އަޅުގަނޑަށް ގަބޫލުކުރަން ވަރަށް ފަސޭހ  ޖުމުލަތެކެކެވެ. އޭގެ ހެއްކަކީ، ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ހިންގައިފައިވާ ކަންތައްތަކެވެ.

މީގެ ދެތިން ދުވަސްކުރީން ފެނިގެންދިޔައީ އިސްލާމްދީނަށާއި، މާތް ރަސޫލާ އަށް ފުއްސާރަ ކުރާ މީހަކު، އެއްޖިންސުން ގުޅުން ހިންގައިގެން އޭގެ ވީޑިއޯއެއް ލީކުވި މަންޒަރެވެ. އޭގެ ސަބަބުން އާންމު ރުޅިގަދަވެގެން އުޅުނު މަންޒަރެވެ. އެކަންތައް ފެންމަތިވެގެން ދިޔުމުގެ ކުރީންވަނީ ފެނުނީ ޔޯގާއާ ދެކޮޅަށް ވަކާލާތު ކުރި ދެ އިލްމުވެރިއަކު ހައްޔަރުކޮށްގެން ގެންގޮސް ކުޑަ ގޮޅިއަށް ލި މަންޒަރެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިނގި ފާޙިޝް އަމަލު ކުރި މީހާ ހުރީ [ރޯޔަލް] ކަމުން އަދި ފުރިހަމަ ޢިއްޒަތުގައެވެ. އެންމެ މަތީ ހިމާޔަތުގައި މުޖުތަމައުގައި އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވިފައެވެ. 

އެއްޖިންސުން ގުޅުން ހިނގި މީހާ ހައްޔަރު ނުކޮށްގެން އުޅެން ފެށުމުން ދެން ފެނުނީ [ފޯކަސް] އަނބުރާލައި، ދެބޯގެރި ދުއްވަން އުޅުނު މަންޒަރެވެ. ގެއްލުވައިލައިފައިވާ ނޫސްވެރިއާ  ރިޟްވާނުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރިވާހަކައެވެ.

]ރިޟްވާނާއި ޔާމީންގެ މަރަކީ މި ސަރުކާރުގެ އެންމެ ވަރުގަދަ ހަތިޔާރު. އެމްޑީޕީ ސީނިއާ މީހުންގެ ވީޑިއޯ ލީކުވީމަ ފޯކަސް ގެއްލުވާލަން ކުރި ކަމެއްތީ.] އެކަމާ ދެކޮޅަށް ޓްވީޓުކުރަމުން މީހަކު ބުނެފައިވެއެވެ. 

މުންކަރާތްތައް ހުއްޓުވަން ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީ ފިކުރެވެ. އެމްޑީޕީ މީހެއް ކުށެއް ކޮށްފިއްޔާ އެކަން ދިފާއުކުރަން އެމްޑީޕީ މީހުން ނުކުމެއެވެ. ޕީޕީއެމް މީހުން ކުށެއްކޮށްފިއްޔާ އެކަމުގެ ދިފާއުގައި ޕީޕީއެމް މީހުން ނުކުމެއެވެ. ކޮންމެ ޕާޓީއެއްގެ މީހަކު ކުށެއް ކުރި ނަމަވެސް އެޕާޓީއަކުން ނުކުމެއެވެ. މިއީވެސް އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ. 

ހަރުކަށި ފިކުރާ ދެކޮޅަށާއި، ޙައްޤުތަކުގެ ދިފާއުގައި [ރަތް ފުއްޕާހަން] އެލުވައިގެން ވަކާލާތު ކުރާ މީހުންނަށް މިފަހަރު ގޯސްވީ ކަންކަން ފަޅާޢަރުވާލި މީހުންނެވެ. އެއްޖިންސުން ގުޅުން ހިންގި މީހުން ގޯހެއްނުވިއެވެ. ފަހަރެއްގައިވެސް މިދަންނަވަނީ އެކަހަލަ ފާޙިޝް މަންޒަރު ރިކޯޑުކޮށް އާންމުކޮށް، އަދި ބަލާ ހެދުމަކީ ހުއްދަ ކަމެކޭ ނޫނެވެ. ނަމަވެސް އެކަން ކުށްވެރި ކޮށް، އެ އަމަލު ކުށްވެރި ނުކުރާ ވާހަކައެވެ. 

މި މައްސަލައާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ ހުށަހެޅިފައި ހުރި މައްސަލަތައްވެސް ތަހުގީގުގެ އިޖުރާތުތަކާއި އެއްގޮތަށް ކުރިއަށްގެންދާނެ ކަމަށެވެ. 

[މި މައްސަލާގައި ހިމެނޭ ފަރާތްތަކެއްގެ މައުލޫމާތު މިހާރު ވަނީ ދެނެގަނެވިފައި. އެ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް އެބަ ހިނގަމުންދޭ]. ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެއީ އެ ބާވަތުގެ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ބޭނުންކުރަން ޖެހޭ ބައެއް އުކުޅުތައް ބޭނުންކޮށްގެން ތަހުގީގުކުރެވެމުންދާ މައްސަލައެއް ކަމުގައެވެ.

ނަމަވެސް މިބާވަތުގެ ކަންކަން ތަހުގީގު ކުރުމުގައި އެހެން މައްސަލަ ތަކާ ޚިލާފަށް ދޫދެމުން ގެންދާތީ އެކަން ބޮޑުވުމުން ރައްޔިތުންގެ އެބަ އޮތެވެ. އަދި ސިޔާސީ ގޮތުން ނުފޫޒު ގަދަ ފަރާތްތައް އެފަދަ އަމަލުތައް ދިފާއުކުރާތީ އެކަމުގެ ކަންބޮޑުވުންވެސް އެބަ އޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސްވަނީ އެ ވީޑިއޯތަކުގެ މައްސަލަ ނުބެލޭނެކަމަށް ބުނެފައެވެ. މަޖިލީހުންގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެ ފޮޓޯތަކުގެ ސައްހަކަން ފުލުހުންނަށް ކަށަވަރު ނުކުރެވޭތީ އެއީ އަސްލެއް ކަމަށް ބަލައި މަޖިލީހުގައި ބަހުސް ކުރަން ޖާގަ ދެވޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.

ކޮންމެއަކަސް ފާފަތައް ނުވަތަ މުންކަރާތްތައް މި މުޖުތަމައުއަށް އާންމު ކުރަން ގެން ގުޅެނީ އާދަޔާ ޚިލާފު އުކުޅެކެވެ. މިއީ ދުރާލާ ރޭވިގެން ކުރާކަމެއް ތޯ ނުވަތަ ހަމަ އިއްތިފާގެއްތޯ ނިންމަވާނީ ތިޔަބޭފުޅުންނެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް