އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަޑަކީ މިހާރުގެ ސަރުކާރު ދެމިއޮތުމަށް ވަރަށް އެދިއެދި ހުރި މީހެއް! ނަމަވެސް ދެވަނަ ވިސްނުމަކަށްދާން މަޖްބޫރު ވެއްޖެ!: ޑރ. އިޔާޟް

އަޅުގަޑަކީ މިހާރުގެ ސަރުކާރު ދެމިއޮތުމަށް ވަރަށް އެދިއެދި ހުރި މީހެއް! ނަމަވެސް ދެވަނަ ވިސްނުމަކަށްދާން މަޖްބޫރު ވެއްޖެ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

މުޅިން ދޮގު ވާހަކައެއް އަޙްމަދު މަޚްލޫފް! އަޅުގަޑަކީ މިހާރުގެ ސަރުކާރު ދެމިއޮތުމަށް ވަރަށް އެދިއެދި ހުރި މީހެއް! ނަމަވެސް ޔޯގާގެ ކަންތަކުގައި ގެންގުޅުއްވި ބޯހަރު ލާއިންސާނީ ސިޔާސަތުގެ ސަބަބުން ދެވަނަ ވިސްނުމަކަށްދާން މަޖްބޫރު ވެއްޖެ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ހާމަކުރެއްވީ ބައެއް ނޫންސްތަކުގައި ޔޫތް މިނިސްޓަރ އަހްމަދު މަޚުލޫފްއާއި ޙަވާލާދި "ޔޯގާގެ މައްސަލައިގައި ހިނގައިދިއަ ކަންކަމަކީ ބައަކު ރާވައިގެން ވެރިކަމަށް އައުމުގެ ބޭނުމުގައި ހިންގާފައިވާ ކަމެއް" ކަމަށް ހާމަކުރުމާއި ގުޅިގެންނެވެ. 

ޑރ. އިޔާޟަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތާއީދުކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް އިސްލާމް ދީން ރާއްޖެއިން ފުހެލުމަށް ސަރުކާރުން ހިންގާ އެއްވެސް ކަމަކާއި ގުޅިގެން ޑރ. އިޔާޟް ސަރުކާރަށް ދެއްވި އެއްވެސް ލަފައެއް ޤަބޫލުކުރިކަން އެނގިފައެއް ނެތްކަމަށް ގިނަ ބައަކު ބުނެއެވެ. 

ގިނަބައަކު ފާހަގަކުރާގޮތުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް އިހާނެތި ގޮތުގައި ކަންކަންކުރާ މީހުންނާއިމެދު އެކަށީގެންވާ ފިޔަވަޅު ނުއަޅައި އިސްލާމް ދީނަށް ޢަމަލުކުރާ މީހުންނާއިމެދު ފިޔަވަޅު އަޅާކަން އެއީ ފެށުނީންސުރެ ޑރ. އިޔާޟް އެންމެ ބޮޑަށް ފާގހަގަކުރައްވާ އެއް މައްސަލައެވެ. އެމައްސަލައަށް ޙައްލެއް ހޯދުމުގެ ނަމުގައި މަޖުބޫރުވާ ޙާލަތްތަކުގައި ކޮންމެވެސް ކަމެއް ކުރިނަމަވެސް ޙައްލެއް ހޯދަން ސަރުކާރުން މިހައިތަނަށް ކުރި އެއްވެސް ކަމެއް ނުފެންނަކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

މިސާލަކަށް ގިނަ ބައަކު ފާހަގަކުރާ އެއްކަމަކީ މިސްކިތްތަކަށް ކުޑަކަމުގޮސް ނަޖިސްކުރުން ހުއްޓުވަން ސަރުކާރުން އެއްވެސް ކަމެއް ނުކޮށް ތިބެފައި ކިރިޔާވެސް ކަމެއްކުރީ މިސްކިތްތައް ނަޖިސްކުރާ މީހުންނަށް ރައްޔިތުން ފިޔަވަޅުއަޅަން ފެށުމުންނެވެ. ދެވަނައަށް ފާހަގަކުރަނީ ﷲ އަށާއި ރަސޫލާ އަށް އަދި އިސްލާމް ދީނުގެ ކަންކަމަށް ފުރައްސާރަކުރާ ފަރާތްތަކުގެ މައްސަލަ ބެލުމުގެ ނަމުގައި ސަރުކާރުން ޑްރާމާކުޅޭކަމެވެ. ތިންވަނަ ކަމަކީ އެންސީޓީސީ ފަދަ ސަރުކާރުގެ މުއައްސަސާތަކުން އިސްލާމް ދީނާއިބެހޭ ގޮތުން ދޮގުމަުލޫމާތު ފަތުރާއިރު އެކަން އެކުރަނީ ސަރުކާރުން ރާވައިގެންކަން ޤަބޫލުކުރަންޖެހޭ ކަމެވެ. 

ޔާ ﷲ! މިނުރައްކައުތެރި ޙާލަތުން ދިވެހި އުންމަތް ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވަވާނދޭވެ! ޘާބިތުކަންމަތީގައި ރާއްޖޭގައި ތިއްބެވި ޢިލްމުވެރިން ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވަވާނދޭވެ! އާމީން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް