އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާގެ ކުށް ފޮރުވަން އެހެންމީހުން ޤުރްބާންކޮށް އަނިޔާވެރިވެ، ފާފައިގެ މައްޗަށް ފާފަކުރަން ނުވިސްނަވާ! ބާޠިލް ދިފާޢުކުރުމުގެ ގޮތުން ކުރާ ކޮންމެ ކަމެއްވެސްވާނީ ބާޠިލް!: ޑރ. އިޔާޟް

ތިމާގެ ކުށް ފޮރުވަން އެހެންމީހުން ޤުރްބާންކޮށް އަނިޔާވެރިވެ، ފާފައިގެ މައްޗަށް ފާފަކުރަން ނުވިސްނަވާ! ބާޠިލް ދިފާޢުކުރުމުގެ ގޮތުން ކުރާ ކޮންމެ ކަމެއްވެސްވާނީ ބާޠިލް!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

"ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި ނަމަވެސް ވީއެންމެ އަވަހަކަށް ތަޙުޤީޤު ނިންމަންޖެހޭނެއެވެ. ފަހަރުގައި އެއީ ކުށުން ބަރީއަވެގެންވާ މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް ހިތާމައަކީ ހައްޔަރުކުރެވޭ މީހާ އަކީ ނިޡާމުން ގެއްލުވާލާފައި އެތައްދުވަހަކު ބަންދުގައި ބަހައްޓާކަމެވެ. 

ނަތީޖާއަކަށް ވަނީ އެމީހެއްގެ ވަޡީފާ ގެއްލި، ޢާއިލާ ބިކަވުމެވެ. މުއްދަތު ޖަހަން ތިއްބަވާ ޤާޟީންވެސް މިކަމާ ވަރަށް ބޮޑަށް ވިސްނަންވެއްޖެއެވެ. "ތިބޭފުޅުން ނުވަތަ ޢާއިލާ ބޭފުޅަކަށް މިފަދަ ޙާލަތެއް އަތުވެއްޖެނަމަ ވާނެ ދެރަ އިޙްސާސް ކުރައްވާ."

އަދިވެސް ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ. 

ޔޯގާގެ ކަންތަކުގައި ހެދުނު ގޯސްތައް ދިފާޢުކުރައްވަން ނޫޅުއްވައި ޙައްޤަށް ރުޖޫޢަވެވަޑައިގަންނަވާށެވެ. 

"ކޮންމެ އާދަމުގެ ދަރިޔަކީވެސް ކުށްކުރެވިދާނެ މީހެއް. ނަމަވެސް ކުށްކުރާމީހުންގެ ތެރެއިން އެންމެހެޔޮމީހަކީ ތައުބާވާމީހާ“ ކަމުގައި ރަސޫލާ ﷺ ބަޔާންކުރައްވާފައިވޭ."

ތިމާގެ ކުށް ފޮރުވަން އެހެންމީހުން ޤުރްބާންކޮށް އަނިޔާވެރިވެ، ފާފައިގެ މައްޗަށް ފާފަކުރަން ނުވިސްނަވާށެވެ. ބާޠިލް ދިފާޢުކުރުމުގެ ގޮތުން ކުރާ ކޮންމެ ކަމެއްވެސްވާނީ ބާޠިލް ޢަމަލަކަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް