އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެއުމުގެ އަދަބުތައް ސުންނަތާއެއްގޮތަށް އެންމެ ކުޑައިރުންސުރެ ދަރިންނަށް ދަސްކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް!

ކެއުމުގެ އަދަބުތައް ސުންނަތާއެއްގޮތަށް އެންމެ ކުޑައިރުންސުރެ ދަރިންނަށް ދަސްކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ރަސޫލް () ގެ ސުންނަތާއި އެއްގޮތަށް އެންމެ ކުޑައިރުންސުރެ ދަރިންނަށް ކެއުމުގެ އަދަބުތައް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ކުދިންގެ ކިބައިގައި އެކަމުގެ އާދަތައް ހަރުލާނީ އެއިރުންނެވެ. ފުރަތަމަ އެކަމަށް އަޅާނުލައި ދޫކޮށްލެވިއްޖެނަމަ ފަހުން ރަނގަޅުކުރަން އުނދަގޫވާނެއެވެ. 

ކުޑަކުދިން ވީމާ ތަށިހާވާލައި ބޭނުންތަނަކުން ނަގައިގެން ކާން ދޫކޮށްނުލާށެވެ! ތަށީގެ އެންމެ ގާތުން ނަގަން އާދަކޮށްދޭށެވެ. އުލާއި ސަމުސާ ފަދަ އެއްޗަކުން ކައި ހެދި ނަމަވެސް ކަނައަތުގައި އޮންނަ އެއްޗަކުން އަނގައަށް ލުމުގެ އާދަ އަށަގަންނުވާށެވެ! 

ކާން ފެށުމުގެ ކުރިން ބިސްމިﷲ ކިޔުއްވުމަކީ ހަމަ އެންމެ ކުޑައިރުންސުރެ ކުރުވަން ޖެހޭނެ ކަމެކެވެ. ނުކިޔާނަމަ ތަށީގެ އެއްފަޅިން އިބިލީސް ކާނެކަން ބުނެދީ އެކަމަށް ދަރިން ހޭލުންތެރި ކުރުވާށެވެ! ކާތަކެތީގައި ބަރަކާތް ލައްވަވާނީވެސް އެއިރުންކަން ވިސްނައިދޭށެވެ! 

މިޙަދީޘްފުޅުން ފިލާވަޅު ލިބިގަންނާށެވެ! މި ޙަދީޘްފުޅުގައި އެވަނީ މި ބަޔާން ކުރި ގޮތަށް ކެއުމުގެ އެއަދަބުތައް ހިފެހެއްޓުމަށެވެ. 

Narrated `Umar bin Abi Salama:

 I was a boy under the care of Prophet () and my hand used to go around the dish while I was eating. So Nabi () said to me, 'O boy! Mention the Name of Allah and eat with your right hand, and eat of the dish what is nearer to you."

Bukhari 5376

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް