އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުބައިކަން ބޮޑު މުންކަރާތްތައް ނުހުއްޓުވައިފިނަމަ ﷲ ބާވައިލައްވަވައިފާނެ ކޯފާއަކަށް ބިރުވެތިވާންޖެހޭ!: ޤާސިމް

ނުބައިކަން ބޮޑު މުންކަރާތްތައް ނުހުއްޓުވައިފިނަމަ ﷲ ބާވައިލައްވަވައިފާނެ ކޯފާއަކަށް ބިރުވެތިވާންޖެހޭ!: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ޤައުމުގައި ހިންގާ ބޮޑެތި މުންކަރާތްތައް ނުހުއްޓުވައިފިނަމަ ﷲ ބާވައިލައްވަވައިފާނެ ކޯފާއަކަށް ބިރުވެތިވާންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ބާވައިލެއްވި ކޯފާއަށް ބިރުވެތިވާންޖެހޭ ކަމަށެވެ. އެހެންކަމުން ބޮޑެތި މުންކަރާތްތައް ހިންގުން އިތުރުވަމުންދާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީ އެކަންކަން ހުއްޓުވަން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. 

"ވާނުވާ" ޖަހާފައި ޙުކުމެއް ނުކޮށް މީހުން ހައްޔަރުގައި ގިނަ ދުވަސްތަކެއްވަންދެން ބެއިތިއްބުން ނިމުމަކަށް ގެންނަން ޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "މިކަންކަމަކީ ޤާނޫނު އަސާސީ ފާސްކުރެވުނުއިރުވެސް އެންމެ ބޮޑަށް ދެކެވުނު ވާހަކަތައް. އަދި އަބަދުވެސް ދައްކަމުން ގެންދާ ވާހަކަތައް." 

ޤާސިމް އިބްރާހީމް ވިދާޅުވީ މިއަދާއިހަމައަށް އައިރުވެސް ސްޕްރީމް ކޯޓާއި ހައިކޯޓު ހިންގާނެ އެކަށީގެންވާ ޢިމާރާތެއް ދެވިފައި ނެތްކަންވެސް ފާހަގަކުރައްވާ ކަމަށެވެ. "ކޮންމެ އަހަރަކު ބަޖެޓު ހުށަހެޅުނީމާ މިވާހަކަތައް ސައްކަން. ތީމުގެއަކީ ކޯޓު ހިންގަން އެކަށީގެންވާ ގޮތަށް އަޅާފައިވާ ޢިމާރާތެއް ނޫން. އެއީ ވެރިކަންކުރާ މީހާ ހުންނަން އެކަށީގެންވާ ގޮތަށް ވަރަށް ބޮޑު ޚަރަދުކޮށްގެން (ޖަޕާނުން) އަޅާފައިވާ ޢިމާރާތެއް." ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް