އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަކުލުގެ މައްސަލަ ހުރުމުން ނަމާދުގައި ދެސަޖިދަ ދެމެދުގަ އިންނައިރު އަސްލު އިންނަން ޖެހޭގޮތަށް ނީނދެވޭނަމަ ރަގަޅީ ގޮނޑީގަ އިށީނދެގެން ކުރުންތޯ؟

ކަކުލުގެ މައްސަލަ ހުރުމުން ނަމާދުގައި ދެސަޖިދަ ދެމެދުގަ އިންނައިރު އަސްލު އިންނަން ޖެހޭގޮތަށް ނީނދެވޭނަމަ ރަގަޅީ ގޮނޑީގަ އިށީނދެގެން ކުރުންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

ސުވާލު:. ނަމާދަށް ހުންނައިރު ސަޖިދާގައި އިންނައިރު އަސްލު އިންނަން ޖެހޭގޮތަށް ނީދެވޭނަމަ ކަކުލުގެ މައްސަލަ ހުރުމުން ރަގަޅީ ގޮނޑީގަ އިށީނދެގެން ކުރުންތޯ؟ 

ޖަވާބު:. ގޮނޑީގަ އިށީންނާނީ ބިންމަތީގައި އެއްގޮތަކަށްވެސް އިންނަން ޢުޒުރުވެރި ވެއްޖެ ޙާލަތެއްގަ.  އެހެންނޫން ކަމަށްވަނީނަމަ ނަމާދުގާ އިށީންނަން ޖެހޭގޮތަށް އިށީންދެވޭތޯ ވީހާވެސް ބޮޑަކަށް މަސައްކަތް ކުރުން އެއީ އެންމެ ރަގަޅުގޮތް. އެހެންނަމަވެސް ހަމަ ފަހަރެއްގަ ދިމާވެދާނެ ކަމެއް ކަކުލުގަ އެފަދަ މައްސަލައެއް ހުރެއްޖެ ކަމަށްވަނީނަމަ ހިތްވަރުކޮށްފަ އެގޮތަށް އިށީންނަން ހަދައިގެން ގިނަދުވަހު އެގޮތަށް ކަންތައް ކުރަންހެދީމަ ކަކުލަށް އިތުރަށް ގެއްލުންވުން އެއީ އެކަށީގެންވާ ކަމެއް. 

އެހެންވީމާ، އެފަދަ ކަމެއް އެގޮތަށް، އެފަދަ ބިރުވެރި ކަމެއް އޮތްކަމަށް ވަނީނަމަ އަދި ޑޮކްޓަރުންވެސް އެގޮތަށް ލަފާދީފާވަނީނަމަ އެންމެ ރަގަޅު ގޮތަކަށްވާނީ އެފަދަ ޙާލަތުގައި ގޮނޑީގަ އިށީނުން. އެހެންނަމަވެސް މީގަ ހަނދާންކުރަންޖެހޭނެ ކަމަކީ ކޮޅަށް ހުރެވޭ ހިސާބުގާ އެމީހަކު ކޮޅަށް ހުންނަން ޖެހޭ ހިސާބުގާ ކޮޅަށް ހުންނަން ޖެހޭނެ. 

މިސާލަކަށް ނަމާދުގައި ޤިޔާމްގަ ކޮޅަށް ހުރުމަކަށް އޭނައަކަށް ޢުޛްރެއްނެތް. އެހެންވީމަ އޭނަ އެގަޑީގަ އިށީދެގެނެއް ނުވާނެ. އަދި ރުކޫޢުއަށް ދާކަށްވެސް އޭނަޔަކަށް އުދަގުލެއް ނޫން. އެހެން ވެއްޖެކަމަށްވަނީނަމަ ރުކޫޢުއަށްވެސް ދާންވާނެ. އަދި  ސަޖިދަޔަށް ދާންވެސް މައްސަލަ ނުޖެހޭ ކަމަށްވަނީނަމަ ސަޖިދަޔަށްވެސް ދާންވާނެ. 

އެހެންނަމަވެސް ދެސަޖިދަ ދެމެދުގަ އިށީންނަންޖެހޭ އިށީނުން އޭނަޔަށް އެއީ ޢުޛުރުވެރިވާ ޙާލަތަކީ. އެހެންވީމާ އެޙާލަތުގަ އެކަނި ގޮނޑީގަ އިށީންނާނީ އަދި އައްތަޙިއްޔާތު ކިޔާ ޙާލަތުގަ ކޮންމެހެންވެސް ގޮނޑީގަ އިށީންނަން ޖެހިއްޖެ ޙާލަތުގަނޫން ޙާލަތެއްގާ ގޮނޑީގަ އިށީންދެގެން އިނުން އެއީކީ ހުއްދަ ކަމަކަށް ނުވާނެ. 

މީ ފަރްޟް ނަމާދުގަ އިގޭތޯ. ސުންނަތް ނަމާދުގަ ކަމަށް ވަނީނަމަ ކޮޅަށް ހުރެވޭމީހާވެސް އޭނާ ގޮނޑީގަ އިށީނދެގެން ނަމާދު ކުރުމަކީ އެއީ މައްސަލައެއްނޫން. އެހެންނަމަވެސް ކޮޅަށް ހުރުމުގެ ކުޅަދާނަކަން ހުރި މީހަކު ގޮނޑީގަ އިށީންދެގެން ނަމާދު ކޮށްފި ކަމަށްވަނީނަމަ ނަމާދުން ލިބެންވާ ދަރުމަޔާއި ޘަވާބުން ދެބައިކުޅައެއްބައި އުނިވާނެ. 

އެހެންވީމަ މީގަ އެބައާދޭ ތަފާތެއް ފަރްޟް ނަމާދާ ސުންނަތް ނަމާދާ ފަރްޟް ނަމާދުނަމަ ކޮޅަށް ހުރެވޭމީހާ އިށީންދެއިދެގެން ނަމާދު ކޮށްގެނެއް ނުވާނެ ކިރިޔާވެސް އޭނާޔަށް ކޮޅަށް ހުރެވޭ ހިސާބެއްގަ ނުވަތަ ނަމަދުގެ ރުކުންތަކާއި ހައިއާތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގަ ގެނެވެން އޭނަޔަށް ކުޅަދާނަކަން ހުރި މިންވަރަކުން ގެންނަންވާނެ. އޭނަޔަށް ޢުޒްރުވެރިވާ ޙާލަތްތަކުގަ އެކަނި އިށީންނާނީ، އެނޫން އެއްވެސް ޙާލަތެއްގައި އިށީންދެގެނެއް ނުވާނެ. ސުންނަތް ނަމާދެއް ކަމަށްވަނީނަމަ ކުޅަދާނަކަން ހުރިމީހާވެސް އޭނާޔަށް ގޮނޑީގަ އިށީންދެގެން ނަމާދު ކުރެވިދާނެ. އެހެންނަމަވެސް ކުޅަދާނަކަން ހުރިމީހާ ގޮނޑީގަ އިށީންދެންގެން ނަމާދު ކޮށްފި ކަމަށްވަނީނަމަ ކުރިންވެސް ދެންނެވި ފަދައިން އޭނަގެ ނަމާދުގެ ދެބައިކުޅަ އެއްބައި ޘަވާބުގެ ގޮތުން އުނިވާނެ.

 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް