އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާނުން މަގުފުރެދުމުން ސަލާމަތްކުރުމުގަ ފޭލްވީމާ ޢިލްމްވެރިންގެ ބޮލަށްތޯ ސަރުކާރުގެ ބޮލަށްތޯ މޮހޮރުޖަހަންވީ؟- އަމިއްލަފުޅަށް ވަޒަންކޮށްލައްވާ!

ޒުވާނުން މަގުފުރެދުމުން ސަލާމަތްކުރުމުގަ ފޭލްވީމާ ޢިލްމްވެރިންގެ ބޮލަށްތޯ ސަރުކާރުގެ ބޮލަށްތޯ މޮހޮރުޖަހަންވީ؟- އަމިއްލަފުޅަށް ވަޒަންކޮށްލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

މަގުއޮޅެމުންދާ ޒުވާނުން ގިނަވަމުން އަންނާތީ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން އަންނައިރު މިކަމުގައި ސަރުކާރު އިހްމާލްވެފައިވާ މިންވަރު ތިރީގައިވާ ލިޔުމުން އެކަނިވެސް އެނގިވަޑައިގަންނަވާނެއެވެ. އެ ލިޔުމަކީ މީގެ 3 އަހަރުކުރީގެ ލިޔުމެކެވެ. ވީމާ މިހާރު 7 އަހަރުވީއެވެ. ދީނީ ޢިލްމުވެރިންގެ އާދޭސް ނުވަތަ އިލްތިމާސް ސަރުކާރަށް އެއްވެސް މިންވަރަކަށް އަޑުއިވިފައިވާކަން ނުވަތަ ނޫންކަން ކިޔުންތެރިން ވަޒަންކޮށްލައްވާށެވެ! 

ލިޔުން:  

ރާއްޖޭގެ ޒުވާނުންނަށް އިސްލާމް ދީނުގެ ކަންކަން އެއިގެ ހަޤީޤަތާއި އެއްގޮތަށް އަންގައިދިނުމަށްޓަކައި ޤައުމީ ޔުނިވަރސިޓީ އާއި އެނޫން ވެސް އެފަދަ މުއައްސަސާތަކުން

ހިންގާ ކޯސްތަކުގެ ބައިވެރިންނަށް އިސްލާމް ދީނުގެ އަސާސްތައް ހަޤީޤަތާއި އެއްގޮތަށް އަނގައިދޭން އިސްލާމް މާއްދާ ކިޔަވައިދިނުމުގެ މުހިންމުކަން ދީނީ ޢިލްމުވެރިން ފާހަގަކުރައްވައި ރަސްމީކޮށް ޑޮކިޔުމަންޓް ކުރިތާ 4 އަހަރުވަނީއެވެ. 

އެކަން ޑޮކިޔުމަންޓްކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން ބޭއްވި ދީނީ ޢިލްމުވެރިންގެ މަހާސިންތާއެއްގައެވެ. މަހާސިންތާގެ ނިންމުންތަކުގެ ތެރޭގައި އެކަން ފާސްކޮށް ޑޮކިޔުމަންޓްކުރީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ބައިވެރިވި ބައްދަލުވުމެއްގައި އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. 

މިއަދާއި ހަމައަށް އައިއިރުވެސް އަމަލީ ގޮތުން ކުރެވުނީ ކޮން ކަމެއްތޯއެވެ؟ ވިލާ ކޮލެޖް ފަދަ އަމިއްލަ ކޮލެޖުތަކުގައި އަމިއްލައަށް އިސްނަގައިގެން އެކަން ކުރިއަށް ގެންދާއިރު އެކަމަށް ރަސްމީ ސިފައެއް ނުގެނެވި ހުރިހާ ކޮލެޖުތަކެއްގައާއި ޤައުމީ ޔުނިވަރސިޓީގައި ކުރިއަށް ނުގެންދަނީ ކީއްވެގެންތޯއެވެ؟ ޔޫއެން އާއި އިޒްރޭލާއި ވެޓިކަނާއި ހިންދޫން ދެކޮޅުހަދާތީތޯއެވެ؟ 

އިސްލާމް ދީނުގެ ޙަޤީޤަތާއި އިސްލާމް ދީނުގެ އަސްލު ހަމައެކަނި ދީން ކިޔަވާ ދަރިންނަށް އުނގަންނައިދީގެން މުޖުތަމައު އިސްލާހް ކުރެވިދާނެ ކަމަށް ޤަބޫލުކުރާނަމަ އެކަން މިހާރުވެސް އޮތީހީ ކުރެވިފައި ނޫންތޯއެވެ؟ 

ވީމާ ހަރުކަށި ފިކުރު ނައްތާލަން ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަންކަން ކުރަން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި މިކަންކަން ނުހިމަނައި މަޤްޞަދު ޙާޞިލުކުރެވިދާނެތޯއެވެ؟  ޔޫއެން އާއި އިޒްރޭލާއި ވެޓިކަނާއި ހިންދޫން ބޭނުންވާ ގޮތަށް ރާއްޖޭގެ ޤައުމީ މަންހަޖު ބަދަލުކޮށްގެން ޞައްޙަ އިސްލާމް ދީން އުނގަންނައި ނުދެވޭނެކަން އެއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ކަމެކެވެ. އެކަން މިހާރުވެސް ޤަބޫލު ނުކުރެވޭ މިސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރަކު އެގެންދަވަނީ ބަސްވިދާޅުވަމުން ނޫންތޯއެވެ؟ އިސްލާމް ދީން ރާއްޖެއިން ނައްތާލަން މަސައްކަތްކުރާ އެމްޑީއެން ބޭނުންވާ ގޮތަށް ރާއްޖޭގެ ޤައުމީ މަންހަޖު ބަދަލުކުރަން ވާގިވެރިވާ މީހުންގެ ބަހަށް ޢަމަލުކޮށްގެން މި މައްސަލަތައް ޙައްލު ކުރުމަކީ ކުރެވޭނެ ކަމެއްކަމަށް ޤަބޫލުކުރާނީ އެމްޑީއެންގެ ވާގިވެރިންނާއި އެޖެންޓުންނެވެ. 

ހަރުކަށި ފިކުރު ނައްތާލަން ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަންކަން ކުރަން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކުގައި ކުރަން ނިންމާފައި ހުރިކަންކަން މުރާޖަޢާކުރަން ދައުލަތުގެ ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކުން ސަމާލުކަން ދިނުން ކީއްތޯއެވެ؟ 

ޔޫއެންގެ ވާގިވެރިކަމާއިއެކު އިޒްރޭލާއި ވެޓިކަނާއި ހިންދޫން އެގެންދަނީ ހުރިހާ ޤައުމެއްގައިވެސް އެމީހުންގެ އަތްދަށުވާ، އެމީހުންނަށް ވިކޭ މީހުންގެ ބޮލަށް "ހަރުކަށި ޗިޕް" އާއި "ލާދީނީ ސެކިޔިލަރ، އެތީސްޓް ޗިޕް" ޖަހަމުންނެވެ. އެކަން ހުރިހާ ދިރާސާތަކުން ވެސް ހާމަވާއިރު އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވަން ފަސްޖެހިގެން މި ފަދަ މައްސަލަތައް ޙައްލުކުރެވޭނެ ގޮތަކީ ކޮބައިތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް