އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ޤުރްއާން ޒީނަތްތެރިކުރުމުގެ ޙަޤީޤީ މާނައިގަ ޒީނަތްތެރިކުރާށެވެ! ﷲ ތިބާ ޒީނަތްތެރި ކުރައްވަވާނެތެވެ! އިން ޝާ ﷲ

ތިބާ ޤުރްއާން ޒީނަތްތެރިކުރުމުގެ ޙަޤީޤީ މާނައިގަ ޒީނަތްތެރިކުރާށެވެ! ﷲ ތިބާ ޒީނަތްތެރި ކުރައްވަވާނެތެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ކީރިތި ޤްރްއާން ޒީނަތްތެރިކުރަން ގިނަ ބައަކު ކުރާ ކަމަކީ ރީތި އަގު ބޮޑު ފޮތިން ބަނދެފައި ގިނަ ބައަކަށް ފެންނާނެ ގޮތަށް ބޭއްވުމެވެ. ނަމަވެސް ކީރިތި ޤުރްއާން ޒީނަތްތެރިކުރުމަކީ ނުވަތަ ކީރިތި ޤުރްއާނުން ޒީނަތްތެރިވުމަކީ އެއީއެއް ނޫނެވެ.

ކީރިތި ޤުރްއާން ޒީނަތްތެރިކުރުމަކީ އަދި ކީރިތި ޤުރްއާނުން ޒީނަތްތެރިވުމަކީ ވެސް އެ ފޮތް ކިޔަވަން އޮތް ތަޖްވީދުމަގުން އެ ފޮތް ވީހައި ގިނައިން ކިޔަވައި މާނަ ދަސްކޮށް އެފޮތުގައިވާ ކަންކަމަށް ޢަމަލުކުރުމެވެ. އެފޮތަށް ލޯބިކުރުމާއިއެކު އެހެން މީހުންގެ ހިތުގައި ލޯބި ޖައްސުވަން މަސައްކަތްކުރުމެވެ. އެހެން މީހުން ލައްވައިވެސް އެ ފޮތަށް އަމަލުކުރުވަން މަސައްކަތްކުރުވުމެވެ.

ބޭރުން ކިތަންމެ ވަރަކަށް ޒީނަތްތެރިކޮށްފައި ގޭގައި ބޭއްވި ނަމަވެސް ކީރިތި ޤުރްއާނަށް އަމަލު ނުކުރާނަމަ އެކަމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ އެފޮތް ބާވައިލެއްވެވީ ޒީނަތްތެރިކޮށްފައި ބާއްވާކަށް ނޫނެވެ. އެއިގައިވާ އެއްޗެއް ކިޔަވައި،އުނގެނި އަދި އެއަށް ޢަމަލުކުރުމަށެވެ.

ކީރިތި ޤުރްއާނަށް އަމަލުކުރާ މީހާ ﷲ ތަޢާލާ ޒީނަތްތެރިކޮށް ދެއްވަވާނެކަމަށް ބުނެވޭ ބަހުގެ މާނައަކީ އެމީހަކަށް ދެ ދުނިޔޭގައިވެސް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. އާޚިރަތް ދުވަހުގެ ނަޞީބުވެރިންގެ ތެރޭގައި އެމީހާ ހިމަނުއްވަވާނެ ކަމެވެ! އިން ޝާ ﷲ.

ވީމާ ކީރިތި ޤުރްއާން ޒީނަތްތެރިކުރުމުގެ ޙަޤީޤީ މާނައިގައި ޒީނަތްތެރިކުރާށެވެ! އެކަމުން ތިބާއަށް ލިބެން އޮތް ޒީނަތްތެރިކަން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! --އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް