އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާގެ ލޯބިވެރިޔާ ބަލިވެއިންކަމަށްބުނެ ބްލެކްމޭލްކުރަން އުޅުމުން އަނބިމީހާ މައްސަލަ ޙައްލުކުރި ޙިކުމަތްތެރިގޮތުގެ ވާހަކަ- ބްލެކްމޭލްކުރާ، ކުރެވޭ އެންމެންނަށް އަގުހުރި ފިލާވަޅެއް!

ފިރިމީހާގެ ލޯބިވެރިޔާ ބަލިވެއިންކަމަށްބުނެ ބްލެކްމޭލްކުރަން އުޅުމުން އަނބިމީހާ މައްސަލަ ޙައްލުކުރި ޙިކުމަތްތެރިގޮތުގެ ވާހަކަ- ބްލެކްމޭލްކުރާ، ކުރެވޭ އެންމެންނަށް އަގުހުރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 15 ސިކުންތު

އެއީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. ދެ ދަރިންވެސް ވަނީ ލިބިފައެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. އަނބިމީހާއަކީ ވަރަށް ޙިކުމަތްތެރި، ބުއްދިވެރި އަންހެނެކެވެ. އެހެންވެ ފިރިމީހާގެ މަސައްކަތް ދިއައީ ވަރަށް ބާރަށް ކުރިއަރަމުންނެވެ. 

އެހެން އުޅުމުގެ ތެރޭގައި ފިރިމީހާއަށް ހިލޭ އަނހެނަކު ދެކެ ލޯބިވެވުނެވެ. ނަމަވެސް އޭނާ ބުނަމުން އައީ އޭނާގެ އަނބިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި ކައިވެނި ރޫޅާނުލާނެ ކަމަށެވެ. އަދި ދެއަންބަށްވެސް ކައިވެނިނުކުރާނެ ކަމަށެވެ. ނަމަވެސް އަންހެންމީހާ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ އަންތބަކަށްވާށެވެ. ނޫންނަމަ އޭނާގެ ޚަރަދުގައި އަގުބޮޑު ދިރިއުޅުމެއް އުޅޭށެވެ. 

އެކަމަށްވިސްނަމުން ގޮސް ފިރިހެނންމީހާ ގާތުގައި ބުނީ އޭނާގެ ދަރިއަކަށް ބަލިވެއިން ކަމަށެވެ. ފިރިހެން މީހާ ބުނީ ބުނިވަރަކަށް ޚަރަދުކުރާނެ ކަމަށާއި ދަރިވައްޓާލުމަށެވެ. އެކަމަށް އިންކާރުކޮށް އޭނާ ބުންޏެވެ. "ދަރިފުޅު ވައްޓައެއް ނުލާނަމެވެ. އަހަރެން އިންނާނެ ތަނެއް ކުއްޔަށް ހިފައިދޭށެވެ. އެއިރުން އެތަނުގައި އިނދެދާނަމެވެ. ނޫންނަމަ އަނބިމީހާ ގާތު މިވާހަކަދައްކާނަމެވެ." 

އަންހެން މީހާ ބުންޏެވެ. "ކަލޭ އަހަރެންދެކެ ލޯބިވަމޭ ކިޔައިގެން އުޅެމުން މިހާލު ޖައްސާފައި އެއްލާލަން އެއްޗެއް ހިތަށްނާރާ ހެއްޔެވެ؟" ފިރިހެންމީހާ ބުންޏެވެ. "އަހަރެން އަހަރެންގެ އނބިމިހާ ވަރިނުކުރާނެ ވާހަކައާއި ދެއަންތބަށްވެސް ކައިވެނިނުކުރާނެ ވާހަކަ ބުނަމުން ދަނިކޮށްވެސް އަހަރެންގެ ފައިސާގެ ދަހިވެތިކަމުގައި ކަލޭ ތިއަކަން އަމިއްލައަށް ލިބިގަތީ ނޫންހެއްޔެވެ؟" 

ކޮންމެއަކަސް ފިރިހެން މީހާއަށް މިކަންވީ ވަރަށް ބޮޑުކަމަކަށެވެ. އެއީ އެއްވެސް ޙާލެއްގައި އޭނާ އެކަންކުރީ އަނބިމީހާ ދެރަކުރަން ކަމަށްނުވާތީއެވެ. ދުވަހަކުވެސް އަނބިމީހާ އާއި ދުރުވާން ބޭނުންނުވާތީއެވެ. 

ކޮންމެ ދުވަހަކު އެތައް ފަހަރަކު ގުޅާފައި ބިރުދައްކަންފެށުމުން ފިރިމީހާ ވަރަށް ވިސްނާފައި ދިއައީ އަނބިމީހާގެ ގާތަށެވެ. ކަންތައްވީގޮތް ވަރަށް ސާފުކޮށް ކިޔައިދީފައި މާފަށް އެދި އަދި ދެން ދުވަހަކުވެސް އެބާވަތުގެ ކަމެއް ނުކުރާނެ ކަމަށް ބުނުމުން އަނބިމީހާ އެދުނީ އޭނާއާއި ފޯނުން ގުޅައިދިނުމަށެވެ. 

ގުޅައިދިނުމުން ބުންޏެވެ. "އަހަރެންނަކީ ކަލޭ އެމީހަކަށް ބަލިވެއިންކަމަށް ތިއަބުނާ މީހާގެ އަނބިމީހާއެވެ. ހުރިހާ ވާހަކަތަކެއް ފިރިމީހާ ކިޔައިދީފިއެވެ. މާދަން ތިގެއަށް ދާނަމެވެ. އަހަރެންނާއިއެކު ހޮސްޕިޓަލަށްގޮސް ޓެސްޓްކުރަންވާނެއެވެ. ފިރިމީހާއަށް ބަލިވެއިންކަމަށްވާނަމަ ކިރުދީ ނިމެންދެން ހުރިހާ ޚަރަދައްކުރާނަމެވެ. ނިމުމުން ދަރިފުޅާ އަހަރެމެން ޙަވާލުވާނަމެވެ. ދެން އޮތީ ކަލޭ އިނީ ބަލިވެކަމަށް ބުނެ ދޮގުހެދުމެވެ. އެހެންކަމަށްވެއްޖެނަމަ ފިރިހެނުން ބްލެކްމޭލަކުރަން އުޅޭ އަންހެނެއްގެ ގޮތުގައި ފުލުހުންނާއި ޙަވާލުކުރާނަމެވެ. މިދެއްކިވާހަކަތައް އަޑުއިވިއްޖެ ނޫންހެއްޔެވެ؟ ހޮސްޕިޓަލަށްދާން މާދަމާ ހެނދުނު 9 ޖަހާއިރަށް ތައްޔާރުވެގެން ހުންނާށެވެ!"   

އަނެއް ދުވަހު ދެމަފިރިން އެކުގައި އެގެއަށް ދިއައިރު ގެދޫކޮށް އޭނާ ފިލައިގެން ހިނގައްޖެއެވެ. އެއީ އިނީ ބަލިވެކަމަށްބުނެ ހެދި ދޮގުފަޅާއެރުމުން ބްލެކްމޭލްކުރުމުގެ ކުށުގައި ބަންދުވާންޖެހޭނެތީއެވެ. 

މިވާހަކައިން ޙާޞިލްކުރަންޖެހޭ ޢިބްރަތް ކިޔައިދެމުން އޭނާގެ އަނބިމީހާ ބުނެފައިވެއެވެ. "އަންހެނަކުވެސް ފިރިހެނަކުވެސް އެއްވެސް ޙާލެއްގައި ބްލެކްމޭލްނުވާށެވެ! ކުށްކުރެވުނުމީހާ އަނެކާއަށް ތެދަށް ކިޔައިދޭށެވެ. ކިޔައިދީ މާފަށް އެދުމުން މާފުކުރެވެން އޮތްނަމަ މާފުކުރާށެވެ. ރަނގަޅީ މާފުކުރުމެވެ. އެއީ ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެތީއެވެ. މާފުކުރެވެން ނެތިގެން ދެމަފިރިންގެ ގުޅުން ކެނޑެންޖެހުނު ނަމަވެސް އެހެންމީހަކަށް ބްލެކްމޭލްވެގެން ހުރުމަށްވުރެ ރަނގަޅުވާނެއެވެ. އަދި މިބާވަތުގެ ކަންކަމުގައި ދެމަފިރިން އެކަކު އަނެކަކަށް މާފުކޮށް ޙައްލުކުރަން އެހީތެރިވެދިނުމަކީ އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާކަމެކެވެ." 

މިއީ އަޅުގަނޑުގެ ފިރިމީހާއަސް ކުރެވުނު ކުށެއްގެ ސަބަބުން މިފަދަ ގޮތަކަށް ބްލެކްމާލެވެގެން ހުރެފައި އެންމެފަހުން އަޅުގަނޑަށް ކިޔައިދީ މާފަށް އެދުމުން އެކަމުގެ ހިތާމައިގާ އަޅުގަނޑު އުޅުނު ދުވަސްވަރު އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ޢިބްރަތަކަށްވާނެކަމުގެ އުންމީދުގައި ޙިއްޞާކޮށްލީއެވެ. ހަމަގައިމުވެސް މިވާހަކައިން އަޅުގަނޑަށް ވަރަށް ބޮޑު ފިލާވަޅެއް ލިބުނެވެ. ޢިބްރަތްވެސް ޙާޞިލުކުރެވުނެވެ. 

- ޞަބީޙާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް