އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނެއްގެ "ހޮޓް" ކަމަށް ބަލައިގެން ކައިވެނިކޮށްފިނަމަ އަނދައިދާނެއެވެ! "ކޫލް" ކުރުވައިގެން ކައިވެނިކުރާށެވެ! ބޮޑަށް ފައިދާކުރާނީވެސް "ކޫލް" އަންހެނުންގެ ކިބައިންނެވެ!

އަންހެނެއްގެ "ހޮޓް" ކަމަށް ބަލައިގެން ކައިވެނިކޮށްފިނަމަ އަނދައިދާނެއެވެ! "ކޫލް" ކުރުވައިގެން ކައިވެނިކުރާށެވެ! ބޮޑަށް ފައިދާކުރާނީވެސް "ކޫލް" އަންހެނުންގެ ކިބައިންނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

މިޒަމާނުގައި ނުބައި ކަންކަމަށް ރީތި ނަންނަން ކިޔާ އުޞޫލުން ކިޔާ "ހޮޓް" ކަމަކީ ވަރަށް ގެއްލުންހުރި ނުރައްކައުތެރި ކަމެކެވެ. ނަން ރީއްޗެވެ. ދުލަށްވެސް ފަސޭހައެވެ. ނަމަވެސް އެކަމުގެ ޙަޤީޤަތަށް ބަލައިލަމާ ހިނގާށެވެ! 

ބައެއް މީހުން ކޮންމެ ގޮތަކުން ނަމަވެސް މިވެނި ކުއްޖަކާއި ކައިވެނިކުރަން އެބަ ބޭނުންވެއެވެ. އެހައިވަރަކުން އެ ކުއްޖާ އާއި ކައިވެނިކުރަން ބޭނުންވާ ސަބަބު އޮޅުންފިލުވާއިރު ސަބަބަކަށްވެފައި އޮންނަނީ އޭނާގެ "ހޮޓް" ކަމެވެ. 

މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. އެހެނީ އެ ކުއްޖާގެ "ހޮޓް"ކަމުގެ ސަބަބުން ތިމާއަށް "ހޮޓްކަން" އިޙްޞާޞްކުރަން ޖެހި ތިމާ އަނދައިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ. އެންމެ ހޫނު "ހޮޓް"ގައި އަނދައަނދައި އޮންނަން ޖެހިދާނެ ކަމުގެ ބިރު އޮތުމުންނެވެ. މުޅި އުމުރުގައި ތިމާގެ ހިތް "ހޮޓް"ވެ ހިތަށް ފިނިކަމެއް ނުލިބި ހޫނުގައި އަނދައަނދަ އޮންނަން ހިތަށް ޖެހިދާނެތީއެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ ކަމަކީ އޭނާގެ "ހޮޓް"ކަން ތިބާއަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟ ސަބަބަކީ އެގޮތެވެ! އެކަމުގެ ސަބަބަކީ އޭނާގެ ހޮޓް"ކަން ތިބާއަށް އެނގުނީ އޭނާ ހުރުމަށް ﷲ ތަޢާލާ އެންގެވި ގޮތުގައި ނުހުރުމުން ކަމުގައިވާތީއެވެ! ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާވެގެން ހުރި ނަމަ އޭނާގެ "ހޮޓް" ކަން ތިބާއަކަށް ނުއެނގޭނެއެވެ. ވީމާ ފުރަތަމަވެސް ތިބާއަށް ޖެހިވިފައި ތިއަ ހުރީ އޭނާގެ "ހޮޓް" ކަމުގެ "ހޮޓް"ގައެވެ. 

މީސްތަކުންނޭވެ! ކަމުގެ ޙަޤީޤަތަކީ މިއީއެވެ. ނަމަވެސް ގިނަބައަކަށް މިކަންކަމެއް ނުވިސްނެއެވެ. ފެންނަ "ހޮޓް"ކަމުގެ ދަންތުރައިގައި ޖެހެވި އެދަނީ ހަލާކުވަމުންނެވެ! މިފަދަ އަންހެނަކާއި ބައްދަލުވެ އެއްވެސް ވަރެއްގެ ގުޅުމެއް އުފެދިއްޖެ ނަމަ ފުރަތަމަ ވެސް އޭނާގެ ކިބައިން އެދެންވީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. ސުވަރުގޭގެ ވަސް ލިބި އަދި ދެމަފިރިން އެކުގައި ސުވަރުގެ ވަދެވޭނެ އަންހެނަކަށް ވުމަށެވެ. 

އެކަމަށް އިޖާބަ ދީފިނަމަ ކައިވެނިކުރާށެވެ! އިޖާބަ ނުދީފިނަމަ އަވަހަށް އެ "ހޮޓް" ކަމުން ތިމާ ނުފިހި ސަލާމަތްވާށެވެ! އަންހެނެއްގެ ކިބައިން ވެސް އަދި ފިރިހެނެއްގެ ކިބައިން ވެސް އެންމެ ބޭނުންވާނެ "ހޮޓް" ކަމަކީ އޭނާގެ ތަޤްވާވެރިކަމެވެ. ދެ ދުނިޔެ ވެސް އެއިރުން ކާމިޔާބު ކުރެވޭނެ އެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް