އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު އެންމެ ނިކަމެތިވެ ހިތާމަކުރަންޖެހޭނެ މީހަކު ކަމުގަ ނުވާށެވެ!

ޤިޔާމަތް ދުވަހު އެންމެ ނިކަމެތިވެ ހިތާމަކުރަންޖެހޭނެ މީހަކު ކަމުގަ ނުވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ވިސްނައިލަންވީ މިއާޔަތަށެވެ! 

"އެކުވެރިން އެދުވަހުން އެއްބައަކު އަނެއްބައަކަށް ވާހުށީ ދުޝްމިނުން ކަމުގައެވެ. ތަޤްވާވެރިން މެނުވީއެވެ." (އައްޒުޚްރޫފް: 67) 

މިއީ މިދުނިޔެއާއި އަދި ޤިޔާމަތް ދުވަހުގެ ވެސް މިލްކުވެރި ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ. އެންމެހައި ކަންކަމަށް އެންމެހައި ބާރުތައް ލިބިވޮޑިގެންވާ ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ. ވީމާ އާޚިރަތް އެދޭނަމަ މި ފަދަ ޢާޔަތްތަކަށް ވިސްނައި އަމަލުކުރާށެވެ! 

އެކުވެރިވާންވީ ތަޤްވާވެރިންނާއި އެވެ. ރަހްމަތްތެރިން ކަމުގައި އިޚްތިޔާރުކުރަންވީ ވެސް ތަޤްވާވެރިންނެވެ. އެކަމުގެ ފައިދާ ޤިޔާމަތް ދުވަހު ކުރާނީ އެއިރުންނެވެ. 

އެމީހަކު މަޙްޝަރު ކުރެއްވޭނީ އެމީހަކު ދުނިޔޭގައި އެކުގައި އުޅުނު ބައަކާއިއެކުގައި ކަމަށް އޮތް ބަސްފުޅަށް ބިރުވެތިވާށެވެ! ﷲ ތަޢާލާއަށް އީމާން ނުވާ ބައަކާއިއެކު މަޙްޝަރު ކުރައްވަވައިފިނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! 

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އެބައަކާއި ވަކިނުވެވޭނެ އެންމެ ގާތް އެކުވެރިނަ ކަމުގައި ބަލައިގެން އުޅޭ މީހުންނަކީ އެއްވެސް ވަރަކަށް އިސްލާމް ދީނަށް ލޯބިކުރާ ބައެއް ނޫނެވެ. އަދި ބައެއް މީހުން އެމީހުންގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނާއި އިސްލާމް ދީނުގެ ޢަދާވާތްތެރިންވެސް އެބަ ގެންގުޅެއެވެ.  މިކަން ވަރަށް ގިނައިން ހަނދުމަކޮށްދެވެއެވެ. އެއީ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް