އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އެމަނިކުފާނު އެހެންވިދާޅުވާނީ ސަބަބެއް އޮތުމުން" ކަމަށް ވިދާޅުވެ ޙަސަން ލަޠީފް ސިއްރުކުރެއްވި ސަބަބު މިހާރު ރައްޔިތުންނަށް ވަރަށް ސާފު!

"އެމަނިކުފާނު އެހެންވިދާޅުވާނީ ސަބަބެއް އޮތުމުން" ކަމަށް ވިދާޅުވެ ޙަސަން ލަޠީފް ސިއްރުކުރެއްވި ސަބަބު މިހާރު ރައްޔިތުންނަށް ވަރަށް ސާފު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރުފެށުނީންސުރެ ދީނީ ޢިލްމުވެރިންނަށް މަޖިޅީހުގައި ނުކުރާވަރެއް ނެތެވެ. ނުގޮވާހަޑިހުތުރު އެއްޗެއް ނެތެވެ. މަޖިލީހުގައި ކިޔޭވަރުމަދުކަމުން މަޖިލީހުގެ ރައީސް ނ. ކުޑަފަރީއަށް ވަޑައިގެން ސަލަފިއްޔާއިން ކިޔަވާވިދާޅުވި ރާއްޖޭގެ ހުރިހާ ޢިލްމުވެރިންނަށް ވިދާޅުވި ހުތުރުބަސްފުޅުގެ ހަނދާނާއި ރަހަ ޢިލްމުވެރިންގެ ކަރުބުޑުގައި މިހާރުވެސް ވަރަށް ގަދަވާނެއެވެ. 

އެދުވަހު މެންބަރު ޙަސަން ލަޠީފް ވިދާޅުވީ އެމަނިކުފާނު އެހެންވިދާޅުވާނީ ކޮންމެވެސް ސަބަބެއް އޮތުމުން ކަމަށެވެ. އެހެންވިދާޅުވިނަމަވެސް އެސަބަބު ހާމައެއް ނުކުރައްވައެވެ. މާގިނަ ދުވަސްތަކެއް ނުވެ އެސަބަބާއި މަޖިލީހާއިހުރި ސީދާގުޅުން މިހާރުމިވަނީ ރައްޔިތުންނަށް އެނގިފައެވެ. އެގުޅުމުގެ ތަޙްޤީޤް މަޖިލީހުގެ 241 ކޮމިޓީން ކޮށްލާފައި 007 ކޮމިޓީން ޙުކުމްކޮށްލައި މިވަގުތު ނިންމައިލެވިދާނެއެވެ! ނަމަވެސް އަރާހަމަކުރާނެ ދުވަހެއް އަންނާނެއެވެ. 

މިއަދުނޫހުގައި ކުރިންވެސް ލިޔުނީ ހަމަ ރަނގަޅަށެވެ. ވައްކަން ކުރުމުން އަތްކަނޑަން ނުވަތަ އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙައްދު ޤާއިމުކުރަން ދީނީ ޢިލްމުވެރިއަކު ވިދާޅުވެއްޖެ ނަމަ އެކަން މަޖިލީހުންވެސް ފުލުހުންވެސް ހަދަނީ ހަރުކަށި ފިކުރަށެވެ. އެމީހަކީ ހައްދުފަހަނައަޅާފައިވާ މީހަކަށެވެ. 

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގައި އެފަދަ ޝުޢޫރުތައް ފައުޅުކުރުމުން އެކަންވަނީ އޯގާތެރި ފިކުރަށެވެ. 

ދީނީ ޢިލްމުވެރިންނާއި މިހައި ވަރަށް މަޖިލިސް މެންބަރުން ދިމާކުރި ދައުރެއް އަދި މިހައިތަނަށް ފެނިފައިނުވާކަން ގިނަ ބައަކު ފާހަގަކުރެއެވެ. އަދި ކުރަން މިއުޅެނީ ކޮންކަމެއް ކަމާއިމެދުވެސް އަބަދުވެސް އައީ ސުވާލު އުފައްދަމުންނެވެ. މިހިންގާ ކަންކަމަކީ ޤާނޫނު އަސާސީއަށް ކިހައިވަރެއްގެ ބަދަލެއް ގެނެސް އިސްލާމް ދީން ބާކީކޮށްލަން ކުރާ ކަންކަން ކަމާއިމެދުވެސް އައީ ސުވާލު އުފައްދަމުންނެވެ. އެސުވާލުތަކަށް ޖަވާބުނުލިބެނީސް ފެނިގެން މިދިއައީ މަޖިލީހުގެ ރިޔާސަތުން ހިމާޔަތްދޭ "މަޖިލީހުގެ ފަޚުރު"ގެ ކަންތަކެވެ. ނުވަތަ މުންކަރާތްތަކެވެ.  

މީގެ 15-20 ވަނައަހަރުކުރިން ޢިއްޒަތްތެރި ބޭފުޅުންކޮޅެއް ބ. އަތޮޅުދޯނީގައި ރަތްމަސްބާނަން ނުކުމެ އެންއަޅަން އުޅުމުގެ ތެރޭގައި ބުޅިއަކާއި ނުލާ ރާގޮނޑިއެއް ބާނަން އަތުންހިފި މައްސަލަ ވަރަށް މަޝްހޫރުވެގެންދިއައެވެ. އެފަހަރުވެސް ކޯޓާއި ހަމައަށް މައްސަލަ ފޮނުވައިލެވުނެވެ. މިފަހަރު މިއުޅެނީ ތަޙްޤީޤްވެސް ކޮށްނުލެވިގެންނެވެ. ވީމާ މަޖިލީހުން ޢިލްމުވެރިންނާ އެކިގޮތްގޮތުން ދިމާކުރަމުން މިއަންނަ މައްސަލަ ވަރަށް ސާފުނޫންތޯއެވެ!

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް