އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައްތައަށް ދަރިއަކު ނުލިބިގެން އުޅެނިކޮށް ފިރިމީހާއަށް ބަލިވެއިންކަމަށްބުނެ އެމީހުންގެ ލޯބިހޯދައި ދައްތަ ގެއިން ބޭރުކޮށްލި ކޮއްކޮއަށް މަގުމަތީގަ ސަލާންޖަހަން ޖެހުނު ގޮތުގެ ވާހަކަ-

ދައްތައަށް ދަރިއަކު ނުލިބިގެން އުޅެނިކޮށް ފިރިމީހާއަށް ބަލިވެއިންކަމަށްބުނެ އެމީހުންގެ ލޯބިހޯދައި ދައްތަ ގެއިން ބޭރުކޮށްލި ކޮއްކޮއަށް މަގުމަތީގަ ސަލާންޖަހަން ޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު

އަޅުގަނޑުގެ ފިރިމީހާއަކީ ތަނަވަސް މީހެކެވެ. އެހެންވެ އަޅުގަނޑާއި އަޅުގަނޑުގެ ހުރި ހަމައެކަނި ކޮއްކޮ ދިރިއުޅެމުންދިއައީ ފިރިމީހާގެ ގޭގައެވެ. އެއިރު އަޅުގަނޑުމެންގެ ކައިވެންޏަށް 4 ވަނަ އަހަރެވެ. ފިރިމީހާ އަބަދުވެސް ދަރިއަކު ބޭނުންވެގެން އުޅެއެވެ. ނަމަވެސް ދަރިއަކު ލިބޭނީ ﷲ ދެއްވެވުމުން ނޫންހެއްޔެވެ؟ 

ކުއްލިއަކަށް އެނގުނީ އަޅުގަނޑުގެ ކޮއްކޮ ބަލިވެއިންކަމެވެ. އަދި ބަލިވެއިނީ އަޅުގަނޑުގެ ފިރިމީހާއަށް ކަމެވެ. ބުނާނެ އެއްޗެއްވެސް ނުއެނގިފައި ހުއްޓާ ފިރިމީހާ އާއި ކޮއްކޮ އަޅުގަނޑަށް މަންޒަރުތައް ދައްކަން ފެށުމުން އެކަމަށް ބަހެއް ބުނުމުން އަޅުގަނޑު ވަރިކޮށްފައި ގެއިން ބޭރުކޮށްލީއެވެ. 

އެއީ ވެސް މިންވަރުފުޅުކަމަށް ޤަބޫލުކުރީމެވެ. ފިރިމީހާ މިވީ އެހައި ބޮޑު އަނިޔާވެރިއަކަށެވެ. މައިންބަފައިން މަރުވުމުން އެކަނިމާއެކަނި ގެންގުޅެ ބޮޑުކުރި ކޮއްކޮ މިވީ ފިރިމީހާއަށްވުރެ ނުބައިކަންބޮޑު އަންހެނަކަށެވެ. ވީމާ ރަނގަޅު މީހަކު ދުނިޔެއިން ހޯދާނީ ކޮންތަނަކުން ހެއްޔެވެ؟ 

ދުނިޔޭގައި ދިރިއުޅޭއިރު ހުރިހާ ބާވަތެއްގެ މައްސަލަތައްވެސް ކުރިމަތިވާނެކަން ޤަބޫލުކޮށްގެން ކެތްތެރިވެލީއެވެ. ދާނެ ވަކިތަނެއް ނެތުމުން ދިއައީ އެކަނިވެރި އަންހެނުން ބަލަހައްޓައިދޭ ހޮސްޓެލަކަށެވެ. އެބާވަތުގެ ތަނަތަނަކީ އެހައި ރައްކާތެރި ތަންތަން ނޫންކަމުގެ އަޑުތައްވެސް އިވެއެވެ. ނަމަވެސް ދެން ކުރެވޭނެ އެހެންކަމެއް އެވަގުތު ނުވިސްނުމުން އެތަނަށް ދިއައީއެވެ. 

އެތަނުގައި އިންނަތާ 2 ވަނަ މަހު އަޅުގަނޑުވެސް އިނީ ބަލިވެކަން އެނގިއްޖެއެވެ. އެކަމަކުވެސް ފިރިމީހާއަކަށް ނުވެސް އަންގަމެވެ. އެދެމީހުންގެ ކުރިމައްޗަށް އެނބުރި އަރަން ބޭނުން ނުވާތީއެވެ. 

ބަނޑަށް 8 މަހުގައި ޑޮކްޓަރަށް ދިއަ ދުވަހަކު މަގުމަތިން ފިރިމީހާ އާއި މައިދައިތައާއި ދެމީހުންނާއި ބައްދަލުވިއެވެ. ބަނޑުބޮޑުވެފައި ހުއްތާ ފެނުމުން ވީއުފަލުންކަން ނޭނގެއެވެ. ދުވެފައި އައިސް އޮޅުލައި ފިރުމަން ފަށައިފިއެވެ. މައިދައިތަ ވާހަކަދައްކަން ފެށިއެވެ. "ތިއަ އުޅެނީ ކޮންތަނެއްގައި ހެއްޔެވެ؟ ބަނޑުބޮޑުވީކަން އަންގައިވެސް ނުލަމެއް ނޫންހެއްޔެވެ؟ އަހަރެމެންނަށް މާފުކުރާށެވެ. ދަރިއަކަށް ބޭނުންވެފައި ތިބިވަރުން އެދުވަހު އެކަން އެގޮތަށް ކުރެވުނީއެވެ. އަވަހަށް ގެއަށް ހިނގާށެވެ. ކަލޭގެ ކޮއްކޮގެ ކަންތައް އެނގޭހެއްޔެވެ؟ އޭނާ ބަލިވެއިނީ އަހަރެންގެ ދަރިފުޅަކަށް ނޫނެވެ. އޭނާ ލޯބިވެގެން އުޅުނު މީހާއަށެވެ. ދަރިފުޅާއެކުވެސް ގުޅުން ހިންގާފައި އޮތީތީވެ އޭނާގެ ލޯބިވެރިޔާ ދަރިފުޅު ބަލައިނުގަތުމުން ދަރިފުޅުގެ ބޮލުގައި އަޅުވައިލީއެވެ. އެކަންކަން ފަޅާއެރުމުން ގެއިން ނެރެލައިފީމެވެ. ދިއަތަނެއް ނުއެނގެއެވެ. އެހެންވީމާ މާފުކޮށްފައި އަވަހަށް ގެއަށް ހިނގާށެވެ." 

އަޅުގަނޑު އެމީހުންނަށް މާފުކުރީމެވެ. ނަމަވެސް އެމީހުން އެދުނު ގޮތަށް ގެއަކަށް ނުދަމެވެ. ހަމައެރޭ ފުރައިގެން މާދުރަށް ދިއައީއެވެ. އެއީ ފިރިމީހާ އަލުގަނޑު ހޯދާނެތީއެވެ. ރޭލުން ބައްދަލުވި މުސްކުޅި ދެމަފިއަކު އަޅުގަނޑާއިމެދު ހަމްދަރުދީވެ އެމީހުންގެ ގެއަށް ގެންދިއައެވެ. 

ވިހައި ގަދަވުމުން ކައިވެނިކުރާނެ މީހަކު ހޯދައިދިނެވެ. އެމީހާ އާއި ކައިވެނިކޮށްގެން މިއުޅެނީ އެމީހާގެ ގޭގައެވެ. އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ. ދެމައިންނަށްވެސް ވަރަށް ހެޔޮކޮށް ހިތައެވެ. 

ފިރިމީހާ އާއިއެކު އަޅުގަނޑުގެ ރަށަށް ފިރިމީހާގެ ބޭނުމަކު ގޮސް އުޅުނު ދުވަހެކެވެ. ކޮއްކް އާއި ބަދަލުވީ ދަރިފުޅު ގޮވައިގެން މަގުމަތީގައި ސަލާންޖަހަން އުޅެނިކޮށެވެ. އެމަންޒަރު ފެނުމުން ކެތެއް ނުކުރެވުނެވެ. ބައްދަލުކޮށް ވާހަކަ ދައްކައި އަޅުގަނޑުމެންގެ ގާތަށް ގެނައީއެވެ. 

ކޮއްކޮވެސް ތައުބާވެ މިހާރު އުޅެނީ ވަރަށް ރަނގަޅަށެވެ. ފިރިމީހާއަށް ބޮޑުބޭބެ ކިޔާ މީހަކާއި ކައިވެނިވެސްކޮށްގެންނެވެ. ދެބެއިންގެ މެދުގައި މައްސަލައެއް ޖެހުނު ވާހަކަވެސް ނުދައްކަމެވެ. އެކަން ހަނދާން ނައްތައިލީއެވެ. 

މިވާހަކައަކީ އެކުވެރިއަކު އަޅުގަނޑަށް ޙިއްޞާކުރި ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ އެންމެ ބޭނުމަކުއެވެ. އެއީ ދައްތަ ނުވަތަ ކޮއްކޮގެ ފިރިންނާއި ނުވަތަ އަނބިންނާއި ގުޅުންހިންގާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވެސް ގިނަވަމުން އަންނާތީއެވެ. އަދި ގުޅުން ހިންގިނަމަވެސް ހަމަ މިވާހަކައިގައި އެބުނާ ގޮތަށް ޙާލުގައި ޖެހުމުން އުޚުތާގެ ގާތަށް އެނބުރި ދާންވެސް ޖެހޭތީއެވެ. ޚުދު އަޅުގަނޑަކީވެސް ހަމަ މިފަދަ ގޮތަކަށް ކުރިމަތިވެ އެކަމުގެ ހިތާމައިގައި އުޅެންޖެހުނު އަންހެނަކީމެވެ. އެކަމުން ލިބޭ ހިތްދަތިކަން އެނގޭނީ ހަމަ އެފަދަ ޙާލަތެއް އިޙްޞާޞްކުރަންޖެހުނު މީހަކަށެވެ. 

އެހެންކަމުން މިއީ ވަރަށް ގިނަ ފިލާވަޅުތައް ލިބޭ ވާހަކައެއްކަމަށް ދެކެމެވެ.

 

- ޝަހްޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް