އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިދަން އޮށޯވެ ކިޔަންޖެހޭ ޛިކްރްތައް ކިޔުމުގެ ބަދަލުގައި ފޯނަށް ވަގުތު ހޭދަކުރުން އަވަހަށް ހުއްޓައިލާށެވެ!: މުފްތީ މެންކް

ނިދަން އޮށޯވެ ކިޔަންޖެހޭ ޛިކްރްތައް ކިޔުމުގެ ބަދަލުގައި ފޯނަށް ވަގުތު ހޭދަކުރުން އަވަހަށް ހުއްޓައިލާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ދުވާލުގެ ހުރިހާ ވަގުތެއް ދެނީ ފޯނަށެވެ. އަދި އެވަރުން ފުދޭ ކަމަކަށް ވެސް ނުވެއެވެ. ނިދަން އޮށޯވެ ކިޔަންޖެހޭ ޛިކްރްތައް ކިޔުމުގެ ބަދަލުގައި ނިދެންދެން އޮންނަނީ ފޯނުގައެވެ. ފޯނުން ކޮންމެވެސް ކަމެއް ކުރާށެވެ!

 

މިއީ ވަރަށް ދެރަ ކަމެކެވެ. ނިދާ ވަގުތު ޖެހުމުން މޯބައިލް ފޯނުން ކުރަންވީ ހަމައެކަނި ކަމަކީ ފަތިހު ހޭލަން ސޯނާ ކުރުމެވެ. އެއަށްފަހު ވުޟޫކޮށް ކިޔަންޖެހޭ ޛިކުރުތައް ކިވައިގެން އަވަހަށް ނިދަންވީއެވެ. ކުރުސި ކިޔަން ކޮންމެހެންވެސް ހަނދާންކުރަންވާނެއެވެ. އިބިލީސް ކަންފަތަށް ކުޑަކަމު ދިއުމުން ސަލާމަތްވުމަށެވެ. ފަތިސް ނަމާދަށް ނުވަތަ އެއިގެ ކުރިން ހޭލަން މަގުފަހި ކުރުމަށެވެ.

 

ބޭންކްތަކުން އެހީތެރިވަނީ ރަނގަޅު، ބަރާބަރަށް ބޭންކާއިއެކު މުޢާމަލާތުކުރާ ކަސްޓަމަރުންނަށެވެ. ކުންފުނިތަކުން ނުވަތަ އޮފީސްތަކުން ވަޒީފާގެ ކުރިއެރުން ދެނީ ރަނގަޅަށް މަސައްކަތްކުރާ އިޚްލާޞްތެރި މުވައްޒިފުންނަށެވެ. އިމްތިހާނުތަކުން ފާސްވަނީ އެކަމަށް ގަދައަޅައި މަސައްކަތްކުރާ ދަރިވަރުންނެވެ. މިއީ ދުނިޔަވީ ގޮތުން ފެންނަންހުރި ފެންނަން ހުރި ކަންކަމެވެ.

 

ﷲ ތަޢާލާގެ ޙަޟްރަތުން ރުއްސެވުމާއި ކުރިއެރުން އަދި ދިންނެވުން އެދޭމީހާއަށް ވެސް އޮންނާނީ ހަމަ މިގޮތެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެންވާނީ ވެސް ތިމާގެ އަމަލުތައް ﷲ ތަޢަލާ އަންގަވާފައިވާ ގޮތަށް ބަހައްޓައި އެގޮތަށް ޢަމަލުކުރަމުންނެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އަވަހަށް ނިދުމަށާއި ފަތިސް ނަމާދުން ދުވަސް ފެށުމަށެވެ. ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން މަދަދާއި ނިޢްމަތަށް އެދެން އޮތް އެންމެ ރަނގަޅު ގޮތަކީ ވެސް ފުރަތަމަ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އެއަށްފަހު ބޭނުންވާހައި ކަންކަމަށް އެދުމެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަބަދުވެސް ބުނަމުން މިއަންނަ ފަދައިން ދުވަހުގެ ފެށުން ފަށަން ޖެހޭނީ ފަތިސް ނަމާދުންނެވެ. ޛިކުރުކުރުމުންނެވެ. ކީރިތި ޤްރްއާން ކިޔެވުމުންނެވެ. ދުޢާ ކުރުމުންނެވެ. އެންމެ ރަނގަޅު ގޮތަކީ ފަތިސް ނަމާދުގެ ވަގުތު ޖެހުމުގެ ކުރިން ހޭލައި ދަމު ނަމާދުކުރުމުން ފެށުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް