އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކޮށްފި!

ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

މާލެ އާއި ހުޅުމާލޭގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފިއެވެ. 

ޚަބަރު: ވީނިޔުސްއިން: 

މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތައް ކުރާ އަގު ބޮޑުކޮށްފިއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމަށްފަހު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ވަނީ އައު އަގުތައް އިއުލާނުކޮށްފައެވެ.

މި އަގުތަކުގައިވާ ގޮތުން މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގައިވެސް ޓެކްސީ ދަތުރުތައް ކުރާ އަގުވަނީ ބޮޑުވެފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން މިއަދުން ފެށިގެން ޓެކްސީ ދަތުރުގެ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ޓެކްސީ ޑްރައިވަރުން ކުރަމުންދިޔަ ޝަކުވާތަކަށް ނިމުމެއް ގެންނާނެ ކަމެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުން މާލެ، ހުޅުމާލެ 1 އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެތެރޭގެ ދަތުރުތަކަށް ކަނޑައަޅާފައިވަނީ 30 ރުފިޔާއެވެ. މިއަދާ ހަމައަށް މި ދަތުރުތައް ކޮށްފައިވަނީ 25 ރުފިޔާއަށެވެ. އެހެންނަމަވެސް ބައެއް ޓެކްސީ ޑްރައިވަރުން މިއަށްވުރެ ބޮޑު އަގެއްގައިވެސް ފަހަކަށް އައިސް ދަތުރުކޮށްފައިވެއެވެ.

މާލެއިން ހުޅުމާލެ ފިޔަވަހި 1 އަށް އަދި ހުޅުމާލެ އެއްވަނަ ފިޔަވަހިން މާލެއަށް ދަތުރުތައް ކުރަން ކަނޑައަޅާފައިވާ އަގަކީ 85 ދުފިޔާއެވެ. އަދި މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް، އަދި ދެވަނަ ފިޔަވަހިން މާލެއަށް 100 ރުފިޔާއަށް ދަތުރުކުރުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް 70 ރުފިޔާއަށް ދަތުރުކުރަން ކަނޑައަޅާފައިވާއިރު، ހުޅުމާލެ އެއްވަނަ ފިޔަވަހިން ހުޅުލެއަށް އަދި ހުޅުލެއިން އެއްވަނަ ފިޔަވައްސަށް ދަތުރުކުރާނީ 80 ރުފިޔާއަށް ކަމަށާއި، ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި 2 އަށް ދަތުރުކުރާނީ 85 ރުފިޔާއަށް ކަމަށް ބުނެފައިވެއެވެ.

އަދި ހުޅުމާލޭގެ ދެ ފިޔަވަހިނ އެއް ފިޔަވަހިން އަނެއް ފިޔަވައްސަށް ދަތުރުކުރެވޭނީ 40 ރުފިޔާއަށް ކަމަށް ކަނޑައަޅާފައިވެއެވެ.

ޓެކްސީ ދަތުރުތައް ކުރާ އަގު ކުޑަކަމަށްބުނެ ޓެކްސީ ޑްރައިވަރުން ވަނީ މީގެކުރިން އިހްތިޖާޖުތަކެއްވެސް ކޮށްފައެވެ. އަދި މިނިސްޓްރީގެ އެންގުމާ ޚިލާފަށް އަގުބޮޑުކޮށް ދަތުރުކުރި ބައެއް ޓެކްސީ ޑްރައިވަރުންގެ ޝަކުވާތައްވެސް އާންމުންގެ ފަރާތުން މީސްމީޑިއާގައި ހިއްސާކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު