އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދެއަންތބަށް ކައިވެނިކުރީމާ ދޮށީ އަނބި ބަލިވާންފެށުމުން ހަގު އަނބި ދޫކޮށްލައި އަދި އޭނާއަށްވެސް ހެޔޮކޮށް ހިތި މީހަކަށް ލިބުނު ބޮޑު ރަޙްމަތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ދެއަންތބަށް ކައިވެނިކުރީމާ ދޮށީ އަނބި ބަލިވާންފެށުމުން ހަގު އަނބި ދޫކޮށްލައި އަދި އޭނާއަށްވެސް ހެޔޮކޮށް ހިތި މީހަކަށް ލިބުނު ބޮޑު ރަޙްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

އަޅުގަނޑަކީ އެއިރު އެހާ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ވިޔަފާރިކުރަމެވެ. އަނބިމީހާއަކީ ލުޑަކޮށް ޒީލަ ގަދަ އަނހެނެކެވެ. ނަމަވެސް ހަމަ ވަރަށް "ބަރާބަރު" އަންހެނެކެވެ. ކައިވެންޏަށް ދެ ދަރިންވެސް ވަނީ ލިބިފައެވެ. 

އެހެންކަމާއިއެކުގައިވެސް އަޅުގަނޑަށްވެސް ޅަކުދިންނަށް ހިތްކިޔާބަލި ޖެހިފައި ހުރުމުން ބައްދަލުވި ޒުވާން އަންހެންކުއްޖަކާއި، އަނބިމީހާއަށް ސިއްރުން ދެއަންތބަށް ކައިވެނިކުރީމެވެ. ކައިވެނިކޮށްފައިވެސް އަނބިމީހާއަށް އެނގިދާނެތީ ސިއްރުކުރަންވެގެން، އެކުއްޖާ ކިޔަވާށާއިއެކު ލަންކާގައި ބެހެއްޓީމެވެ. 

ދުވަސްކޮޅެއްވީތަނާ ކޮންމެވެސް ގޮތަކުން ދޮށީ އަނބިމީހާއަށް އެކަން އެނގިއްޖެއެވެ. އެނގުމާއިއެކު ޒީލަގަދަކުރަން ފަށައިފިއެވެ. ބުއްރާސް ކުކުޅެއްހެން އެނބުރި ބޮލުގައި ކޮށަން ފަށައިފިއެވެ. ދުވަސްކޮޅަކުން ބަލިވާން ފަށައިފިއެވެ. 

އެހިސާބަށް ދިއުމުން ހިތަކަށް ކެތެއް ނުވިއެވެ. އޭނާއަށްޓަކައި ހަގު އަނބިވަރިކުރީމެވެ. ނަމަވެސް ދެރައެއް ނުދޭންވެގެން އޭނާ ހަދަމުންދިއަ ކޯސް ފުރިހަމަކުރަންދެން ޚަރަދުކުރީމެވެ. ޚަރަދުކުރުން ހުއްޓައިލީ ކިޔަވައި ނިމިގެން މާލެ އައިސް ވަޒީފާއަކަށްވަދެ މުސާރަލިބެން ފެށިފަހުންނެވެ. 

ދެން މިދަންނަވަނީ އަޅުގަނޑުގެ މިއަދުގެ ދިރިއުޅުމެވެ. އެއިރު އުޅުނީ އަނބިމީހާގެ ގޭގައެވެ. ވިޔަފާރި ކުރިއަރައި މިހާރު ވަނީ 2 ގޯތި ގަނެ އަނބިމީހާގެ ބިމުގައާއި 2 ގޯތީގައި މިހާރުގެ ފެންވަރަށް އުސްކޮށް ގެއެޅިފައެވެ. އަޅުގަނޑުގެ ކުންފުންޏަކީ ރާއްޖޭގައި އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. ކުންފުނީގެ ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒިފުންނާއިއެކު 130 މުވައްޒިފުން އެބަތިއްބެވެ. ވިޔަފާރި ހިންގުމުގައި އަމަލީގޮތުން އިސްކޮށް ޙަރަކާތްތެރިވަނީ ދަރިންނެވެ. އަޅުގަނޑަށް އޮންނަ ކަމަކީ މީޓިންތަކަށް ގޮސް ކަންކަން ކުރަން ފެންނަ ގޮތް ކިޔައިދިނުމެވެ. 

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑަށް ލިބުނު ބޮޑު ކާމިޔާބީގެ ސިއްރަކީ އަނބިމީހާ ހިތުގައި ޖެހިގެން ހުންނަން ދޫކޮށްނުލައި އަނބިމީހާއަށްޓަކައި އޭނާ އެދޭގޮތަށް ދީލައިލެވުނު ކަމެވެ. އެކަމާ އޭނާވީ އުފަލުން ކުރި ހެޔޮދުޢާއެވެ. 

ހަމައެއާއިއެކު ދެވަނަ އަނބިމީހާ ވަރިކުރަންޖެހުމުން ވަރިކުރިނަމަވެސް އޭނާއަށް ހެޔޮކޮށްހިތައި ކަންތައްތައް ކޮށްދިނީތީއެވެ. އެކަމުގެ ސަބަބުން އޭނާގެ ހެޔޮދުޢާވެސް ލިބުނީތީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ޒުވާން އުމުރުގައި އަންނަ ޖަޒުބާތުގައި ޖެހެވިގެން ރަނގަޅު ނޫން ގޮތުގައި ކަމެއް ކުރެވުނު ނަމަވެސް ދަރިންގެ މަންމަގެ ހިތުގައި ނުޖައްސާށެވެ. އޭނާއަށް ދެރަގޮތެއް ނުހަދާށެވެ. 

އަދި ދެވަނަ އަނބިމީހާގެ ކުށެއްނެތި ވަރިކުރަންޖެހިއްޖެނަމަ އޭނާއަށްވެސް ހެޔޮކޮށްހިތާށެވެ. އަޅުގަނޑު ވަރިކުރީ ދުވަހަކުވެސް ވަރިކުރަން ހިތުގައިލައިގެން ކައިވެނިކުރި ކުއްޖެއް ނޫނެވެ. ނަމަވެސް ކަންތައްތައް ދިމާވިގޮތުން ވަރިކުރަން ޖެހުނީއެވެ. އެހެންވެ މަހުން މަހަށް މިހާރު ޚަރަދު ނުކުރިނަމަވެސް ޙާލުބަލަމެވެ. އެހީތެރިވަމެވެ. އޭނާގެ ފިރިމީހާ އާއިވެސް ގުޅުން ބާއްވަމެވެ. ކަމަކު ބޭނުންވިނަމަވެސް ގުޅާނީވެސް ފިރިމީހާއެވެ. 

މިކިޔައިދިނީ އަޅުގަނޑުގެ ހަޔާތުގައި ކަންކަން ދިމާވިގޮތެވެ. ކުރެވުނު ކުށާއި ކުށްކުރެވުމުން ދެން އަމަލުކުރި ގޮތެވެ. އެކަމުން ކުރި ފައިދާއެވެ. ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް ހީކުރަމެވެ.

 

- ވަލީދު / މިއަދުނޫހުގެ ކިޔުންތެރިއެއް   

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް