އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޟުޙާ ނަމާދު ކުރާނީ ކިހިނެއްތޯ؟ ކޮންވަގުތަކުތޯ؟ އަދި ޟުޙާ ނަމާދުން ލިބޭ ފައިދާ އަކީ ކޮބައިތޯ؟

ޟުޙާ ނަމާދު ކުރާނީ ކިހިނެއްތޯ؟ ކޮންވަގުތަކުތޯ؟ އަދި ޟުޙާ ނަމާދުން ލިބޭ ފައިދާ އަކީ ކޮބައިތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 30 ސިކުންތު

ސުވާލު:. ޟުޙާ ނަމާދު ކުރާނީ ކިހިނެއްތޯ؟ ކޮންވަގުތަކުތޯ؟ އަދި ޟުޙާ ނަމާދުން ލިބޭ ފައިދާ އަކީ ކޮބައިތޯ؟ 

ޖަވާބު:. ޟުޙާނަމާދުގެ ވަގުތަކީ އިރުއަރާފާ ގާތްގަޑަކަށް ބުނާކަމަށް ވަނީނަމަ ވިއްސަކަށް މިނިޓް ފަހުން ނުވަތަ ފަނަރަވަރަކަށް މިނިޓް ފަހުން އެއީ ޟުޙާ ނަމާދުގެ ވަގުތު އެއީ. އެހިސާބުން ވަގުތު އެޖެހުނީ އެހެންވީމާ، އެހިސާބުންފެށިގެންގޮސް މެންދުރު ނަމާދާ ހަމަޔަށް މެންދުރު ނަމާދަށް ބަންގި ގޮވުމާ ވަރަށް ކައިރިވަންދެން ޟުޙާ ނަމާދުގެ ވަގުތު ދެމިގެންދޭ. ޟުޙާ ނަމާދުގެ އެންމެ ކުރުމިންވަރަކީ  2 ރަކްޢަތް. އެންމެ ދިގު މިންވަރަކީ 8 ރަކްޢަތް އެހެންނަމަވެސް ދެރަކްޢަތަށްވުރެ ގިނައިން ކުރިކަމުގައިވީނަމަވެސް ކުރަންވާނީ ދެރަކްޢަތުން ދެރަކްޢަތުން ސަލާންދެމުން. 

ދެން ޟުޙާ ނަމާދުގެ މާތްކަމާބެހޭ ގޮތުން ރަސޫލު ﷲ ޙަދީޘް ކުރައްވާފަވޭ އެއީ އައްޥާބީ ނަމާދު ކަމުގާ ނުވަތަ ގިނަގިނައިން ތައުބާވާ މީހުންގެ ނަމާދެއްގެ ގޮތުގަ. ރަސޫލުﷲ ޟުޙާ ނަމާދު ސިފަކުރައްވާފަވަނީ.

ދެން ޟުޙާ ނަމާދުގެ މާތްކަމާބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކަށް ބަލާލާ އިރުގާ ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގާ އަންނަނީ އިންސާނާގެ ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކުވެސް ޞަދަޤާތެއްވެއޭ، ބުނެވޭގޮތުގާ އިންސާނާގެ ހަށިގަނޑުގާ 360 ހުޅުހުންނަ ކަމަށްވަނީ. އެއިން ކޮންމެ ހުޅަކަށް ޞަދަޤާތެއްވޭ. އެހެންކަމުން ކޮންމެ އިންސާނެއްގެ މައްޗަށް ދުވާލަކު 360 ޞަދަޤާތް ވާޖިބުވެފާ އޮވޭ. 

ކޮންމެ ތަސްބީޙަ މާނަޔަކީ سُبْحَانَ الله ކިޔުން އެއީވެސް ޞަދަޤާތެކޭ، އަދި  ކޮންމެ ތަމްޙީދަކީ މާނަޔަކީ ألْحَمْدُ للهِ މިފަދައިން ކިޔުން މީވެސް ޞަދަޤާތެކޭ، އަދި ކޮންމެ ތަޙްލީލަކީ لآإلَهً إلاَّ الله މިފަދައިން ކިޔުމަކީވެސް ޞަދަޤާތެކޭ އަދި ކޮންމެ ތަކްބީރަކީ މާނަޔަކީ الله أكْبَر މިފަދައިން ކިޔުމަކީ އެއީވެސް ޞަދަޤާތެކޭ، ހެޔޮކަންތައްތަކަށް އަމުރުކުރުމަކީވެސް ޞަދަޤާތެކޭ، ނުބައި ކަންތައްތައް ނަހީ ކުރުމަކީވެސް ޞަދަޤާތެކޭ، ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމުން މިހުރިހާ ކަމެއް ފުދިގެން ދެޔޭ، މީއިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއް. 

މިފަދަ ވަރަށްގިނަ ޙަދީޘްތައް ޟުޙާ ނަމާދާބެހޭގޮތުން އައިސްފައިވޭ އެހެން ޙަދީޘެއްގައި އައިސްފައިވޭ  " لاَيُحَافِظُ عَلَى صَلاَةِ الضُّحَاء إِلاَّ أَوَّابُ وَهيَ صَلاة الأ وَّابِيْن "  މީގެ މާނަޔަކީ: އައްވާބަކު ނުވަތަ ގިނަގިނައިން ތަޥްބާވާ މީހަކު މެނުވީ ޟުޙާ ނަމާދަށް ރައްކާތެރި ނުވާނޭ. އެއީ ގިނަގިނައިން ތަޥްބާވާ މީހުންގެ ނަމާދޭ. މީވެސް ހަމަ ޞައްޙަ ޙަދީޘެއް. އެހެންވީމާ ޟުހާ ނަމާދަށް صلاة الأوَّابين ގެ ނަން ދެވިފައި މިވަނީ.

އިސްވެ ދެންނެވުނު ޙަދީޘްފުޅުގެ ސަބަބުން މާނަޔަކީ އެޙަދީޘް ފުޅުގައި ރަސޫލުﷲ ޙަދީޘްކުރައްވާ ބަޔާން ކުރައްވާފަވަނީ ނުވަތަ ސިފަކުރައްވާފަވަނީ އެއީ أوَّابين ނުވަތަ ގިނަގިނައިން ފާފަތަކުން ތަޥްބާވާ މީހުންގެ ނަމާދު ކަމުގަ. އެހެންވީމާ، ޟުޙާނަމާދަށް ރައްކާތެރިވާންވާނެ. 

ރަސޫލުﷲ އަބޫހުރައިރާޔަށް ކުރެއްވި ވަޞިއްޔަތެއް އޮވޭ. އަބޫހުރައިރާ ވިދާޅުވަނީ أَوْصَانِى خَلِيلي بِثَلاَث  ތިމަންކަލޭގެފާނުގެ އެކުވެރިޔާ ތިމަން ކަލޭގެފާނަށް ތިންކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. لاَ أدعَوْهُنَ حتّى أَمُوت ތިމަން ކަލޭގެފާނު މަރުވުމަށް ދާންދެން އެތިން ކަމުން ކުރެން އެއްވެސް ކަމެއް ދޫކޮށެއް ނުލާނަމޭ. 

ކޮންމެއަކަސް ރަސޫލުﷲ   އަބޫ ހުރައިރާއަށް ކުރެއްވި ތިން ވަޞިއްޔަތަކީ ފުރަތަމަކަމަކީ صَوْمُ ثَلاَثَةِ أيَّامٍ مِنْ كُلِّ شَهْرކޮންމެ ހަނދުމަހުގެ ތިންދުވަހެއްގަ ރޯދަހިފުން. އެއީ 13-14-15 ގައި ހިފުންކަމުގައިވީނަމަވެސް ނުވަތަ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފައްޗެއްގައި ހިފިކަމުގައިވީ ނަމަވެސް ކޮންމެ ހަނދުމަހެއްގެ ތެރޭގަ ތިންދުވަހުގައި ރޯދަހިފުން، ދެން އެޔަށްފަހުގައި މިއަންނަނީ ނިދުމުގެ ކުރިން ވިތުރި ކުރުން. ވިތުރިޔަކީ ރޭގަނޑުގެ އެންމެ ފަހު ނަމާދު ކަމުގައި ހަދަންޖެހޭ އެހެންނަމަވެސް ދަނމުނަމާދަށް ހޭނުލެވިދާނެކަމުގެ ބިރު އެމީހެއްގެ ކިބައިގާ އޮތްކަމަށް ވަނީނަމަ އެމީހަކު ވިތުރި ކޮށްގެން ނިދާނީ ދެން އެޔަށްފަހު މިއަންނަނީ صَلاَة الضُّحَاء ނުވަތަ ޟުޙާ ނަމާދު. އެހެންވީމަ ޟުހާނަމާދު ކުރުމަށް ރަސޫލުﷲ   އަބޫހުރައިރާ ރަޟިޔަﷲ ތަޢާލާ ޢަންހު އަށް މިވަނީ ވަޞިއްޔަތް ކުރައްވާފަ.

 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް