އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 2: ނަންފުޅާއި ނަސަބުފުޅު

އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 2: ނަންފުޅާއި ނަސަބުފުޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 41 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ނަންފުޅާއި ނަސަބުފުޅު:

نوح عليه السّلام އަކީ أبي البشر  آدم عليه السّلام ގެ ދަރިކަލުން شيث عليه السّلام ގެ ނަސަބުފުޅުން ވަޑައިގެންނެވި ނަބީބޭކަލެކެވެ. إدريس عليه السّلام އަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހު، ނޫޙުގެފާނުގެ ފުރިހަމަ ނަންފުޅެއްކަމުގައި ވިދާޅުވެފައިވަނީ نوح، بن لامك، بن متوشلخ  بن إدريس - بن يرد، بن مهلاييل، بن قينن، بن أنوش، بن شيث، بن آدم أبي البشر عليه السّلام އެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 237} 

آدم عليه السّلام އާއި نوح عليه السّلام އާ ދެމުދުގައި ދިހަ ޤަރުނު ފާއިތުވެގެން ގޮސްފައިވާކަން ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. 

أَبُو أُمَامَة البَاهِلي ގެ އަރިހުން ރިވާވެގެންވެއެވެ. މީހަކު އައިސް ރަސޫލާ صلّى اللّـه عليه وسلّم އަށް ސުވާލު ދެންނެވިއެވެ. [އޭ މާތް ގެ ރަސޫލާއެވެ. އާދަމުގެފާނަކީ ނަބީބޭކަލެއްތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އާނއެކެވެ. އާދަމުގެފާނަކީ ވަޙީބާވައިލެއްވުނު ނަބީބޭކަލެކެވެ.] އެމީހާ ދެންނެވިއެވެ. [އޭ މާތްގެ ރަސޫލާއެވެ. އާދަމުގެފާނާއި ނޫޙުގެފާނާ ދެމެދު ފާއިތުވި މުއްދަތަކީ ކޮބައިތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ދިހަ ޤަރުނެވެ.]

{ابن حبان (ت ٣٥٤)، صحيح ابن حبان ٦١٩٠صحيح على شرط مسلم} 

މިދެންނެވި ޙަދީޘަކީ މުސްލިމުގެ ޝަރުތުތަކާ އެއްގޮތަށް ޞައްޙަ ޙަދީޘެއްކަމުގައި އަލްޙާފިޡު އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ނަމަވެސް މި ޙަދީޘް އިމާމު މުސްލިމު ރިވާކުރައްވައިފައެއްނުވެއެވެ. 

އަދި ނުނިމޭ 

 

Advertisement

ކޮމެންޓް ކުރެއްވުމަށް