އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑު ޑިސްކައުންޓަކާއެކު ފައިބަރ ބްރޯޑްބޭންޑްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ބޮޑު ޑިސްކައުންޓަކާއެކު ފައިބަރ ބްރޯޑްބޭންޑްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ރާއްޖޭގައި ގެ ތަކަށް ދޫކުރާ ހޯމް އިންޓަނެޓްގެ އެންމެ ހަލުވި ސްޕީޑް ހިމެނޭ ފައިބަރ ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ފަށައިފިއެވެ.

 

ދިރާގުން ބުނެފައިވަނީ މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެކަމަށެވެ.

 

މިދިޔަ ބުދަ ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ 31  ނޮވެމްބަރ 2018 ގެ ނިޔަލަށެވެ.

 

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ.

 

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

 

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 40 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު