އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބީ ރައީސްގެ ވިސްނުންފުޅަކީ ސިޔާސީ މަޤާމުތަކަށް ކުރާ ޚަރަދު ކުޑަކުރެއްވުން: ޤާސިމް

އިންތިޚާބީ ރައީސްގެ ވިސްނުންފުޅަކީ ސިޔާސީ މަޤާމުތަކަށް ކުރާ ޚަރަދު ކުޑަކުރެއްވުން: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ ސަރުކާރުގެ މިނިސްޓްރީތައް އިތުރުކުރި ނަމަވެސް ސިޔާސީ މަޤާމުތަކަށް ކުރާ ޚަރަދު ކުޑަކުރެއްވުން ކަމަށް ޖޭޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް  ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ މިކަންކަން މުޅިން ފައިނަލް ނުކުރައްވަވާ ކަމަށާއި ލަސްވާ އެއް ސަބަބަކީ ކޯލިޝަނުގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުން ކަމަށެވެ. "14 ވަނަ ދުވަހު ވަޑައިގަންނަވާނެ ކަމަށް އެނގިފަ އޮތީ. އެހިސާބުން ފައިނަލްވެގެންދާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ."

 

ޤާސިމް އިބްރާހީމް ވިދާޅުވީ 4 ޕާޓީއަށް ލިބޭ މިނިސްޓްރީތައް ފައިނަލްވުމުން މިނިސްޓަރު ކަމަށާއި އަދި އެހެންވެސް ސިޔާސީ މަޤާމުތަކަށް ބޭފުޅުން ހަމަޖައްސަވާނީ ޕާޓީ ކައުންސިލުގައި މަޝްވަރާ ކުރައްވައިގެން ކަމަށެވެ. "އެނގޭ ކަމަކީ ޕާޓީގައި ތިއްބެވި ޤާބިލު ހުރިހާ ބޭފުޅުންނަށް މިސްޓަރުކަން ލިބިބަޑައި ނުގަންނަވާނެކަން. އެއަށްވުރެ މާގިނަ ބޭފުޅުން އެބަތިއްބެވި."

 

ޤާސިމް އިބްރާހީމް ވަނީ ކާނަލް ނާޒިމަށްވެސް މިނިސްޓަރުކަން ލިބިވަޑައިގަތުން އެކަށީގެންވާކަން ހާމަކުރައްވައިފައެވެ. "އެއިގެ ތެރޭގައި ނާޒިމް ނުހިމެނެންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އެމަނިކުފާނަކީ މިހައިތަނަށް އެމަނިކުފާނު ދައްކަވާފައިވާ ޕާފޯމާންސަށް ބަލާނަމަ އަޅުގަނޑުމެންގެ ތެރޭގައި ހުންނެވި އެންމެ ޤާބިލު އެއް ބޭފުޅެއް. އެފަދަ ޝައުޤުވެރިކަމެއް ނާޒިމް އަދި ފައުޅުކުރައްވާފައެއް ނެތް، ނަމަވެސް ޤާބިލު ޚިދުމަތްތެރިން ކަންކަމަށް ލުމުގެ ވިސްނުން ހުރިކަމަށްވާނަމަ އެކަމަށް ވިސްނަން ޖެހޭ. އަދި އަންހެން ބޭފުޅުންނަށްވެސް ފުރުޞަތުދޭން އެބަޖެހޭ. މިއަދުގެ ދުނިޔޭގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތުތައް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ."

 

ކާނަލް ނާޒިމް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ކަމަށާއި ފުރުޞަތު ލިބިވަޑައިގެންނެވި ކޮންމެ ދާއިރާއަކުންވެސް ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު