އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމީހެއްގެ ހެކިބަސް ޤަބޫލުނުކުރަން ﷲ އަންގަވާފައިވާ މީހަކު މަޖިލީހުގެ ރިޔާސަތުގަ ނުބޭންދޭނެ! ނިންމާ ނިންމުންތައް ބަލައެއް ނުގަނެވޭނެ!: ޑރ. އިޔާޟް

އެމީހެއްގެ ހެކިބަސް ޤަބޫލުނުކުރަން ﷲ އަންގަވާފައިވާ މީހަކު މަޖިލީހުގެ ރިޔާސަތުގަ ނުބޭންދޭނެ! ނިންމާ ނިންމުންތައް ބަލައެއް ނުގަނެވޭނެ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އެމީހަކު ކުރާ އަމަލެއްގެ ސަބަބުން ﷲ ތަޢާލާގެ ޙައްދު ވާޖިބުވެ، އެމީހާގެ ހެކިބަސް ޤަބޫލުނުކުރަން ﷲ ތަޢާލާ އަންގަވާފައިވާ މީހަކު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަކު ނުބެއިންދޭނެއެވެ. އަދި އެފަދަ މީހަކު މަޖިލީހުގެ ރިޔާސަތުގައި ބައިންދައިގެން ނިންމާ ނިންމުންތައް ބަލައިގަތުމެއްވެސް ނެތެވެ. 

މިއީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ބިރުވެތިވާ އެއްވެސް މުސްލިމަކު ދެބަސްވާނެ ކަންކަމެއް ނޫނެވެ. ވީމާ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު އަޅުގަނޑު މިއިލްތިމާސްކުރަނީ މިހާރުން މިހާރަށް މަޖިލީހުގެ ރިޔާސަތަށް ހެކިބަސް ޤަބޫލުކުރުން ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ މީހަކު އިސްކުރުމަށެވެ. 

ﷲ ތަޢާލާ އެމީހެއްގެ މައްޗަށް ޙައްދު ވާޖިބުވާޖިބުކުރައްވާފައިވާ ކުށެއް މީހަކު ކުރިކަން ސާބިތުވުމުން އޮތީ ވީހައިއަވަހަކަށް އެ ޙައްދު ތަންފީޒުކުރުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމްނަތެރިވުމަކީ އެއީއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ގުޅުންހުރި ލިޔުމާއި ދަލީލު:  

"މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެ. ނުގެނެސްފިނަމަ ޤަޛްފުގެ ޙައްދު (އަށްޑިހަ އެތިފަހަރު) ޖަހަން ޖެހޭނެ. އަދި އެމީހަކީ ފާސިޤެއްކަމަށް ބަލައި އެމީހެއްގެ ހެކިބަސް ގަބޫލު ނުކުރެވޭނެ."

- ޑރ. އިޔާޟް

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް ނަޝީދު، ރައީސް ޞާލިޙްގެ މައްޗަށް ކުރައްވާ ތުހުމަތުތަކާއި ގުޅިގެންނެވެ. ބަޔާން ކުރައްވާފައިއެވަނީ އަންނޫރު ސޫރަތުގެ 4 ވަނަ އާޔަތެވެ. ﷲ ތަޢާލާގެ ޙުކުމްފުޅެވެ. އަމުރުފުޅެވެ! 

"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފްކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." (އަންނޫރު: 4)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް