އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫން އިން ފަށައިފި

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫން އިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫން އިން ފަށައިފިއެވެ.

މިކަމާގުޅިގެން އުރީދޫ އިން ބުނީ "ވޯލްޑް ކަޕް ފޯރީ 2022" ކެމްޕެއިންގެ ދަށުން ހަތަރު ނަސީބުވެރި ކަސްޓަމަރަކަށް ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ މި ލަކީޑްރޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ކަމަށެވެ.

ސެމީ ފައިނަލް ބަލާލުމުގެ ފުރުސަތުގެ އިތުރުން ލަކީ ޑްރޯގެ ބައިވެރިންގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ވޯލްޑް ކަޕް މާޗެންޑައިޒް އާއި އެހެންވެސް އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލާގައެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އުރީދޫއާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށް ވެސް ލަކީ ޑްރޯގައި ބައިވެރިވެ، ފޯރިގަދަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ހާމަކުރެ އެވެ.

މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާ އިޢުލާން ކުރަން ރާވާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށްދަނީ މިއަހަރުގެ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 ގެ ނިޔަލަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު