އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

9 ވަނަ "މޯލްޑިވްސް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް" ބާއްވައިފި

9 ވަނަ "މޯލްޑިވްސް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް" ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

9 ވަނަ "މޯލްޑިވްސް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް" (މިބްފީ 2022) ބާއްވައިފިއެވެ.

މި ކޮންފަރެންސް ފައްޓަވައިދެއްވީ ޓުވަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމެވެ. މި ކޮންފަރެންސް މިއަހަރު ބޭއްވުނީ އޮންލައިންކޮށް ބައިވެރިންނަށް ހިލޭ ބައިވެރިވެވޭ ގޮތަށެވެ. އަދި މިއަހަރުގެ ކޮންފަރެންސް ތީމް އަކީ: އިސްލާމިކް ފައިނޭންސް: އެ ކެޓަލިސްޓް ފޯ ޝެއަރޑް ޕްރޮސްޕެރިޓީ" އެވެ. 

މި ކޮންފަރެންސްގައި 21 ގައުމަކުން މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން، އަފްގާނިސްތާނު، ބަންގްލަދޭޝް، އައިވޮރީ ކޯސްޓް، އިތޯޕިއާ، ގާނާ، އިންޑިއާ، އިންޑނޭސިއާ، މެލޭޝިޔާ، މޮރިޝަސް، ނައިޖީރިއާ، ޕާކިސްތާން، ފިލިޕިންސް، ސޯމާލިއާ، ސައުތު އެފްރިކާ، ސްރީލަންކާ، ސޫދާން، ގެމްބިއާ، ތުރުކީ، އެމެރިކާ އަދި ޔޫއޭއީ ހިމެނެއެވެ. 

މި ފަހަރުގެ ކޮންފެރެންސްގައި ކީނޯޓު ސްޕީކަރެއްގެ ގޮތުން މުޚާތަބުކުރެއްވީ މެލޭޝިޔާގެ ސެންޓްރަލް ބޭންކުގެ ދަށުން ހިންގަވާ އިންސެފް ޔުނިވަރސިޓީގެ ޕްރެޒިޑެންޓް އަދި ސީއީއޯ ކުކަމުގައިވާ ޕްރޮފެސަރ ޑާތޯ އަޒްމީ އުމަރުއެވެ. 

ޕްރޮފެސަރ އަޒްމީގެ ވާހާކަފުޅުގައި ފަޤީރުކަން ނައްތާލުމަށް އިސްލާމިކް ފައިނޭންސް ބޭނުންކުރެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވައި ލެއްވިއެވެ. 

ކޮންފަރެންސް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ކޮންފަރެންސްގެ ޗެއަރޕަރސަން، އެސޯސިއޭޓަޑް ޕްރޮފެސަރ ޑރ އާއިޝަތު މުނީޒާ ފާހަގަކުރެއްވިގޮގައި، ކޮވިޑްގެ ސަބަބުން އިޤްތިސާދަށް ދިމާވި ގޮންޖެހުންތަކާއި އެކުވެސް ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ވަނީ ދުނިޔޭގެ ފެންވަރުގެވެސް ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން ޑރ މުނީޒާ ފާހަގަކުރެއްވިގޮތުގައި ރެފެނިޓިވް އިން އަހަރަކު އެއް ފަހަރު ޕަބްލިޝްކުރާ ދުނިޔޭގެ އިސްލާމިކް ފައިނޭންސް ކުރިއެރުމާ ގުޅޭ 2021 ވަނަ ރިޕޯޓުގައި ޝާއިއުކުރި އިސްލާމިކް ފައިނޭންސް ޑިވެލޮޕްމެންޓް އިންޑިކޭޓަރ ގެ 10 ވަނައިގައި ދިވެހިރާއްޖެ ހިމެނިފައިވުމަކީ އެކަމުގެ އަލިގަދަ ހެއްކެއްކަމުގައެވެ. 

އަދި ހަމަ އެ ރިޕޯޓުގައި ދުނިޔޭގެ ތިންވަނަ ތަކާފުލް ސެކްޓަރ އަށްވެސް ލިބަފައިވާކަމަށާއި އަދި ކޯޕަރޭޓް ގަވަރނެންސް އިން ހަތަރުވަނަ ދިވެހިރާއްޖެއަށް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޑރ މައުސޫމް ވިދާޅުވިގޮތުގައި މުސްލިމް ފްރެންޑްލީ ފަތުރުވެރިކަމަކީ ރާއްޖެއިންވެސް އަހައްމިއްޔަތުކަން ދޭކަމެއްކަމުގައެވެ. 

މިއަހަރުގެ ކޮންފަރެންސްގައި 4 ޕެނަލް ޑިސްކަޝަންއަކާ އެއް ޕްރެޒެންޓޭޝަން ހިމަނާފައިވެއެވެ. އަދި މި ކޮންފަރެންސްގައި ވާހަދައްކަވާ ފަރާތްތަކުގެ ތެރޭގައި ރާއްޖެއިން އަދި ރާއްޖެއިން ބޭރުގެ އިސްލާމިކް ފައިނޭންސްގެ ތަޖުރިބާކާރު ފަރާތްތައް ހިމެނެއެވެ.

މީގެ ތެރޭގައި ކެޕިޓަލް މާރކެޓް ޑިވެލޮޕމެންޓް އޮތޯރިޓީގެ ސީއީއޯ އަލްފާޟިލް މުހައްމަދު މަނިކު؛ މިނިސްޓްރީ އޮފް ފިނޭންސްގެ އިސްލާމިކް ފައިނޭންސް ކޮންސަލްޓެންޓް، އަލްފާޟިލާ ނަޝްވާ ބަދީއު؛ ކުރީގެ ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓޮ އޮތޯރިޓީގެ ސީއީއޯ އަލްފާޟިލާ ފާތިމަތު ޝަފީޤާ؛ ކެޕިޓލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރ، ޑރ އިސްމާއިލް ނިޒާމް؛ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޝަރީޢާ ކޮމިޓީ މެމްބަރ، ޑރ އިބްރާހިމް ޒަކަރިއްޔާ؛ އެޗްޑީއެފްސީ އަމްނާގެ ޝަރީޢާ ކޮމިޓީގެ މެމްބަރ، ޕްރޮފެސަރ ޑރ ރުސްނީ ހަސަން؛ އަދި ކުރީގެ މިނިސްޓްރީ އޮފް ފައިނޭންސްގެ ލީގަލް ކޮންސަލްޓެންޓް، މަރިޔަމް ޝަވާދިން އަބްދުﷲ ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް