އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ދާން ބޭނުންވާ ތަނަކަށް ނުދެވި މަޑުކުރަން ޖެހުމަކީވެސް ރަހްމަތެކެވެ!

ތިބާ ދާން ބޭނުންވާ ތަނަކަށް ނުދެވި މަޑުކުރަން ޖެހުމަކީވެސް ރަހްމަތެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ތިބާ ދާން ބޭނުންވާ ތަނަކަށް ނުދެވި ގޭގައި މަޑުކުރަން ޖެހުނު ނަމަވެސް އެއީ މައްސަލައެއް ކަމަށް ނުދެކޭށެވެ! ނަގާފައިވާ ކޮޅިގަނޑަކުން ތިބާ ސަލާމަތްކުރެއްވެވީ ކަމަށް ޔަޤީންކުރާށެވެ!

ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދިގެން ހުންނަ މީހާއަށް ނުވެސް އެނގޭނެ ގޮތްގޮތުން އެމީހާއަށް ﷲ ރައްކައުތެރިކަން ދެއްވަވާނެތެވެ! 

ނިކަން ވިސްނައިލަބަލާށެވެ! ތަފާތު ސަބަބުތައް މެދުވެރިވެ ގެއްލިފައިވާ އެމްއެޗް ފްލައިޓުން ދަތުރުނުކުރެވުނު އެތައް ބައަކު މިއަދު އުފާކުރަނީ ނުފުރުނީތީއެވެ. ހަމައެފަދައިން ދާން ޤަޞްދުކޮށްގެން ހުރި ތަނަކަށް އެވަގުތު ނުދެވުނީތީ އުފާކުރާ މީހުންވެސް އެހައި ގިނައެވެ. 

ނުދެވުނީތީ އުފާކުރަންޖެހުމާއި ހިތާމަކުރަން ޖެހުމުގެ ކިތަންމެ ޙާދިސާތަކެއް ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ހުންނާނީ ކުރިމަތިވެފައެވެ. ވީމާ ދާން އުޅޭ ތަނަކަށް ނުދެވުމަކީ އެވަރުގެ ބޮޑު މައްސަލައެއް ކަމަށް ނުދެކޭށެވެ.

މިދެއްކުނީ ވަރަށް ކުޑަކުޑަ ކަމެއްގެ ވާހަކައެވެ. ނަމަވެސް މިވާހަކަކޮޅު ބުނެލަން މިޖެހުނީ އެވަރުގެ ކުދިކުދި ކަންކަމާއިވެސް ބައެއް މީހުން ކަންބޮޑުވެ އެހެން މީހުން ކުށްވެރިކޮށް ރުޅިގަދަވެ ނުބައި ބަސްބުނެހަދާތީއެވެ. އެގޮތަށް އެކަން ނުކުރާށެވެ! ތިމާ ކުރަން އުޅޭ ކަމެއް ނުކުރެވިއްޖެނަމަ އެކަމުގައި ފޮރުވިފައިވާ ސިއްރެއް ނުވަތަ ފައިދާއެއް އޮންނާނެކަން ޤަބޫލުކުރާށެވެ. 

ދާދިފަހުން ފެނުނު މަންޒަރެކެވެ. ބައްޕަ ގޮވައިގެން ތަނަކަށް ދާން އޮތް ގަޑިއަށް ދަރިފުޅަށް ނާދެވި ލަހުން އާދެވުމުން ރުޅިގަދަވެ "ތިއައީ އަަހަރެން ދިން ސައިކަލެކޭ ދެން ނިކަން ދުއްވަބަލާށޭ" ކިޔައި ޑައިނަމޯ ތަޅާލިއެވެ. މިހުންނަނީ އަޚްލާޤީ ގޮތުން ބެލި ނަމަވެސް ވަރަށް ދަށުދަރަޖައިގެ ކަންކަމެވެ. 

- އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް