އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ރުޅިއަޔަސް ހަދިޔާ ދީފަ އަތުނުލާތި! އަނބުރާ އަތުލުމަކީ ކުއްތާއެއް ހޮޑުލުމަށްފަހު އެ ހޮޑު ކެއުން" ފަދަ ކަމެއް!

ކިތަންމެ ރުޅިއަޔަސް ހަދިޔާ ދީފަ އަތުނުލާތި! އަނބުރާ އަތުލުމަކީ ކުއްތާއެއް ހޮޑުލުމަށްފަހު އެ ހޮޑު ކެއުން" ފަދަ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ކިތަންމެ ރުޅި އައި ނަމަވެސް މީހަކަށް ދީފައިވާ ޙަދިޔާއެއް އަތުނުލާށެވެ! އެހެނީ ޙަދީޘްފުޅުގައި އޮތީ "ޞަދަޤާތުގެ ގޮތުގައި ދިނުމަށްފަހު އަނބުރާ ލިބިގަތުމަކީ ކުއްތާއެއް ހޮޑުލުމަށްފަހު އެ ހޮޑު ކެއުން" ފަދަ ކަމެއް ކަމަށެވެ. އަދި "ޞަދަޤާތުގެ ގޮތުގައި ދީފައިވާ އެއްޗެއް ކިތަންމެ ކުޑަ އަގެއްގައި ނަމަވެސް އަނބުރައި ގަނެގެންވެސް ނުވާނެ" ކަމަށެވެ. ޞަހީހް މުސްލިމް: 3950 

Saheeh Muslim: Book 12, Number 3950:

Zaid b. Aslam reported on the authority of his father that 'Umar (Allah be pleased with him) donated a horse in the path of Allah. He found that it had languished in the hand of its possessor, and he was a man of meagre resources He (Hadrat 'Umar) intended to buy it. He came to Allah's Messenger (may peace be upon him) and made a mention of that to him, whereupon he said: Don't buy that even if you get it for a dirham for he who gets back the charity is like a dog which swallows its vomit. 

ބައެއް މީހުން ރުޅި އައުމުން ކުރިން އެމީހަކަށް ދީފައި ހުންނަ ހަދިޔާއަތުލައެވެ. އަނބިންނަސް ދޭ ހަދިޔާ ވެސް އަތުލައެވެ. އެއް ގޮތަކަށްވެސް އެފަދަ ކަންކަން ނުކުރާށެވެ! ހަދިޔާކުރަންވީ ﷲ ތަޢާލާއަށްޓަކައެވެ. ހަދިޔާ ކުރުމަށްފަހު އަލުން ގަނެގެންވެސް އަނބުރައި ލިބިގަތުމެއް ނުވެއެވެ. އެކަން ރަސޫލް () ވަނީ މަނާކުރައްވަވައިފައެވެ. 

އަނބިދަރިންނަށްވެސް ޢާއިލާގެ އެހެން މީހުންނަށް ތަކެތި ހަދިޔާކުރަންވީ ﷲ ތައާލާއަށްޓަކައެވެ. އެއިރުން އެ ހަދިޔާ ބަދަލުވެގެން އެދަނީ ޞަދަޤާތަކަކަށެވެ. މިއީވެސް އަހަރެމެންނަށް ސަވާބު އިތުރުކުރުމަށް ފަހިކޮށްދެއްވަވާފައިވާ ފަސޭހަ މަގެކެވެ. 

ވީމާ އެއްވެސް މީހަކަށް ހަދިޔާއެއް ދިނުމަށްފަހު އަނބުރައި އަތުނުލާށެވެ! އެއީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. ބައެއް މީހުންނަށް އެކަން ކުރެވެނީ އެކަމުގައި ހުރި ނުބައިކަން ނުއެނގޭތީ ކަމަށްވެދާނެއެވެ. ވީމާ މިޙަދީޘްފުޅު ބަލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް