އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 އަހަރު ފުރެންދަނީ! ލާދީނީ މިބޮޑު ޖަރީމާގެ މައްސަލަ ނިންމި ގޮތް އެނގެނީ ކާކަށްތަ؟

3 އަހަރު ފުރެންދަނީ! ލާދީނީ މިބޮޑު ޖަރީމާގެ މައްސަލަ ނިންމި ގޮތް އެނގެނީ ކާކަށްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

ރައީސް އިބްރާހީމް ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވައެވެ. ސުވާލަކީ 3 އަހަރު ފުރެންދާއިރު އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލަން ހިންގާފައިވާ ލާދީނީ މިބޮޑު ޖަރީމާގެ މައްސަލަ ނިންމި ގޮތް އެނގެނީ ކާކަށްތޯއެވެ؟ 

ޢަބްދުލްޣަފޫރުގެ ބަސް ދިމައެއް ނުވި! ސެމިނާބޭއްވީ މެންބަރު އެދިގެން: ސަލާމް 

ހަނިމާދޫގައި ބިދޭސީ ބައަކު ބޭއްވި ސެމިނާރބޭއްވީ ސަރުކާރުގެ އެއްވެސް ފަރާތަކުން ރަސްމީ ލިޔެކިޔުމަކުން ހުއްދަ ލިބިގެން ނޫން ކަމަށާއި ސެމިނާރ ބޭއްވީ މެންބަރު ޢަބްދުލްޣަފޫރު އެދިގެން ކަމަށް ހަނިމާދޫ ކައުންސިލުގެ ރައީސް ސަލާމް ވިދާޅުވެއްޖެއެވެ. 

"މެންބަރު ގުޅުއްވާފަ ވިދާޅުވީ އައްޑޫ ނިންމާފަ އެމީހުން އަންނަ ވާހަކަ. އެނޫން އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. އަޅުގަނޑު ބައިވެރިއެއް ނުވަން. ބައެއް މީހުން އުޅުނު ހިތް ހަމަނުޖެހިގެން. ހަރުކަށި ފިކުރުގެ ވާހަކަ ވެސް ދެއްކި ކަމަށް ބުނި. އެންމެ މީހަކު ކަންބޮޑުވެގެން ޝަކުވާ ކުރީ." ކައުންސިލުގެ ރައީސް ސަލާމް ވިދާޅުވއެވެ. 

ސެކިޔުލާރފިކުރު ފަތުރަން މަސައްކަތްކުރާ މީހުން ސީދާ އިސްލާމް ދީން ގޯހެއް ނުކުރާނެއެވެ. އެމީހުން ބޭނުންވާ "ވެކްސިން" ދޭނީ ވަރަށް ޙިކުމަތްތެރިކަމާއިއެކުގައެވެ.

މިކަމާއި ގުޅިގެން ޢަބްދުލްޣަފޫރު ޓްވީޓް ކުރައްވައި ވިދާޅުވި ބަސްފުޅާއި ކަންހިނގައިދިއަ ގޮތް ކަމަށް ކައުންސިލުގެ ރައީސް ސަލާމް ވިދާޅުވި ގޮތާއި ދިމާނުވާކަން ފާހަގަކުރެވެއެވެ. ޢަބްދުލްޣަފޫރު ވިދާޅުވެފައިވަނީ ސެމިނާ އިންތިޒާމް ކުރުމުގައި އޭނާގެ ދައުރެއް ނެތް ކަމަށާއި ރަށުގައި ހުންނަވަނިކޮށް ދައުވަތެއް ލިބިވަޑައިގަތުމުން ބައިވެރިވެވަޑައިގަތީ ކަމަށެވެ. 

ބޭރު މީހުންނަށް ރާއްޖޭގެ ރަށްރަށުގައި މިފަދަ ސެމިނާރތައް ބޭއްވުމުގެ ހުއްދަ ލިބުނު ގޮތަކާއިމެދު މިވަނީ ވަރަށް ބޮޑެތި ސުވާލުތައް އުފެދިފައެވެ.  

 

 

ސެކިޔުލާފިކުރު ފަތުރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގަ ބެލުމަށް ޑރ. އިޔާމް ގޮވާލައްވައިފި 

"ދީނީ ޢިލްމުވެރިން ދަރުސެއް ދޭންވިޔަސް އެތައް ބައިވަރު ހުއްދަތަކެއް (ކޮންމެ ދަރުސަކަށް ވެސް) ނަގަނަޖެހެއެވެ. ނަމަވެސް ދީނާއި ޚިލާފް މިފަދަ ވޯކްޝޮޕްތައް ބާއްވަންވީމަ އެއްވެސް ތަނަކުން ހުއްދަ ނަގާކަށް ނުޖެހެއެވެ. ޙޯމް މިނިސްޓްރީންނާއި ކަމާއިބެހޭ ފަރާތްތަކުން މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަންޖެހެއެވެ!" –ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިމޭރުވުމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި ސެކިޔުލާފިކުރު ކުރިއަރުވައި އިސްލާމް ދީން ބަލިކަށިކުރަން ވޯކްޝޮޕްތަކެއް ބާއްވަމުން ގެންދާ މައްސަލައެއް ބަލަމުން ގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމުން އިސްލާމިކް މިނިސްޓްރީއަށް އެޑްރެސްކުރައްވައި ދެއްވި ޖަވާބެއްގައެވެ. 

ބޭރުގެ ފަރާތްތައް ރާއްޖެ ގެނެސްގެންވެސް އަދި ދިވެއްސަކުވެސް ދިވެއްސަކު ބައިވެރިވެގެންވެސް  އިސްލާމް ދީނާއި ދެކޮޅު އަމަލުތައް ހިންގުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ މަނާކުރާ ކަމެކެވެ. އަދި ރާއޖޭގައި ވޯކްޝޮޕްތައް ބޭއްވޭނީ ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުގެ ހުއްދަ ނަގައިގެންނެވެ. 

ipt>

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް