އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫއިން އެމް-ފައިސާ މެދުވެރިކޮށް ވަޤްފް ފަންޑަށް ފައިސާ ޖަމާކުރެވޭ ގޮތް ހަދައިފި

އުރީދޫއިން އެމް-ފައިސާ މެދުވެރިކޮށް ވަޤްފް ފަންޑަށް ފައިސާ ޖަމާކުރެވޭ ގޮތް ހަދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

އުރީދޫ މޯލްޑިވްސް އިން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން މިއަދު ވަނީ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑަށް ފައިސާ ޖަމާކުރެވޭ ޚިދުމަތް އިފްތިތާޙުކޮށްފައެވެ.

މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކ.ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިންމަފުށީގެ ޢިއްޒަތްތެރި މެމްބަރުންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓުގެ ހާޒިރުގައި އޮނަރަބަލް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލްޙަމާދީއެވެ.

"އަޅުގަނޑުމެން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުތައް ބިނާކޮށް، އަޅުގަނޑުމެންގެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ތަރައްގީއަށް މަގުފަހިކޮށްދިނުމަށް. ވަޤްފް ފަންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކަންކަމަށް ފަންޑުކުރުމުގައި އެންމެ ދެމެހެއްޓެނިވި އެއް ވަސީލަތް. ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި ތަރައްޤީކުރުމަށް އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ ވަޤްފް ފަންޑަށް އަޅުގަނޑުމެންގެ މޯބައިލް މަނީ ޕްލެޓްފޯމް އެމް-ފައިސާ މެދުވެރިކޮށް ރައްޔިތުންނަށް ފައިސާ ވަޤްފް ކުރެވޭނެ މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދު މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ޙާލިދް އަލް ހަމާދީ.

"ރައްޔިތުންގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށްޓަކައި ޞަދާޤާތްކުރަން ބޭނުންފުޅުވާ ވަރަށް ގިނަ ބޭފުޅުން ތިއްބެވުމާއެކު، މިނިސްޓްރީގައި އުފައްދާފައިވާ "މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑު" އަށް ފައިސާ ޖަމާކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އަބަދުވެސް މި މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް. އެގޮތުން އުރީދޫ އެމް ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމުގެ ފުރުޞަތު ހޯދައިދެވިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނޭކަން ޤަބޫލުކުރަން. އަދި މިކަމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރަން." މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙުމަދު ޒާހިރު ޢަލީ.

އިސްލާމިކް މިނިސްޓްރީގެ ވަޤުފް ފަންޑަށް ޞަދަގާތް ކުރެއްވުމަށް، މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު އުރީދޫ އެޕްމެދުވެރިކޮށް ކިއުއާރް ކޯޑް ސްކޭން ކުރެއްވުމުން އެމް-ފައިސާ މެދުވެރިކޮށް ޞަދަގާތްކޮށްލެވޭނެއެވެ. މި ޙިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައިވަނީ ކ.ހިންމަފުށީގައި ހުންނަ މަސްޖިދުލް އިނާރާގައެވެ. އެމް-ފައިސާ މެދުވެރިކޮށް ޞަދަގާތް ކުރުމަށް ކިއުއާރު ކޯޑުތައް އެހެން މިސްކިތްތަކުގައިވެސް އަދި ކައިރި މުސްތަގުބަލެއްގައި ބަހައްޓާނެކަން އުރީދޫއިން ޔަގީންކޮށްދެ އެވެ.

ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫ މޯލްޑިވްސް އިން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް، ފެށުނީއްސުރެވެސް އެކުންފުނިންދަނީ ފަސޭހަކަމާއި ރައްކާތެރިކާމާއެކު އެމް-ފައިސާ ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ފައުންޑޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހި ކޮށްދެމުންނެވެ. އެގޮތުން އެމް-ފައިސާ މެދުވެރިކޮށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކުގެ ތެރޭގައި ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އާއި ޕީސް ފައުންޑޭޝަން ހިމެނެއެވެ. މިއަދު އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދިއުމަކީ އެ ކުންފުނިން ކުރާ މިފަދަ މި މަސައްކަތްތަކަށް ކެނޑިނޭޅި އިޚްލާޞްތެރިކަން ދޭކަމުގެ ހެއްކެކެވެ.  މިނިސްޓްރީއާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑަށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެ ގޮތް ހެދުމަށެވެ.

މިސްކިތްތަކަށް އެހީވާ ވަޤުފް ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަޤްފް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އުފައްދާފައިވާ ފަންޑެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު