އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނބިމީހާގެ ތަނަވަސްކަމުގަ އުޅެމުން ކޯމާގަ އޮއްވާ މަރުވަނީކަމަށްހީކޮށް އުފަލުން ލޯބިވެރިޔާ ގެންގޮސް މޫނަށް ކުޅުތެޅުވި! ދެންވީ ގޮތް ވިދާޅުވެލައްވާ!

ޙަޤީޤީ ޙާދިސާ: އަނބިމީހާގެ ތަނަވަސްކަމުގަ އުޅެމުން ކޯމާގަ އޮއްވާ މަރުވަނީކަމަށްހީކޮށް އުފަލުން ލޯބިވެރިޔާ ގެންގޮސް މޫނަށް ކުޅުތެޅުވި! ދެންވީ ގޮތް ވިދާޅުވެލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 41 ސިކުންތު

އެއީ ވަރަށް ތަނަވަސް އަންހެނެކެވެ. ކައިވެނިކޮށްގެން 2 ދަރިންވެސް ވަނީ ލިބިފައެވެ. ފިރިހެން ދަރިފުޅުގެ ޢުމުރަކީ 13 އަހަރެވެ. އަންހެން ދަރިފުޅުގެ ޢުމުރަކީ 11 އަހަރެވެ. އެއިރު ކައިވެންޏަށް 15 އަހަރެވެ. 

ކާރުގައި ދަނިކޮށް އެޖްސިޑެންޓެއްވެ އަންހެންމީހާ ކޯމާއަކަށް ދިއައެވެ. ޑޮކްޓަރުން އުންމީދުވެސް ކަނޑައިލިއެވެ. ލައިފް ސަޕޯޓިންގ މެޝިން ކަނޑައިނުލެވުނީ 2 ދަރިން އެކަމަށް އިޢްތިރާޒްކުރާތީއެވެ. 

ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ރަނގަޅަކަށް ކަމަށް ބުނެވޭ ބަހުގެ ތެދުކަން އަނބިމީހާއަށް ތަޖުރިބާ ކުރެވުނީ ކޯމާގައި އޮތް އިރުގައެވެ. ފިރިމީހާ ރޭގަނޑު އޭނާއަށް ޒިޔާރަތްކުރަނީ ލޯބިވެރިޔާ އާއިއެކުގައެވެ. އަނބިމީހާ ދެން ގަދަނުވާނެތީ ދެމީހުން އިންތިހާއަށް އުފާކޮށް ވާހަކަދައްކައެވެ. އަނބިމީހާ މަރުވުމުން ތަނަވަސްކަމަށް ވެރިވެގެންފައި 2 ދަރިން ޔަތީމްޚާނާއަކަށްލާން ދިއައީ މަޝްވަރާކުރަމުންނެވެ. އަދި އޭނާ މަރާލަން ދެމީހުން ރާވަމުން ދިއަކަންވެސް އެނގުނެވެ. މަރާނުލަނީސް މަރުވާތީ ދިއައީ އުފާކުރަމުންނެވެ. 

އެވަރަކުންވެސް ނުފުދެއެވެ. ލޯބިވެރިޔާ އޭނާއަށް އެއްޗެތި ގޮވަމުން ގޮސް މޫނަށް ކުޅުވެސް ޖަހައެވެ. ކުޅުޖަހާއިރަށް ފިރިމީހާ ވަރުގަދަ ހިނިގަނޑެއް ޖަހާލައެވެ. 

އެފަދަ ޙާލުގައި އޮއްވައި އޭނާ ހޭއެރިއެވެ. ހޭއެރުމުން އޭނާގެ ފިރިމީހާ އޭނާ އާއިމެދު ކަންކަން ކުރަމުން އައިގޮތް ކިޔައިދީފައި ޑޮކްޓަރުންގެ ކިބައިން އެދުނީ ހޭއެރިކަން ސިއްރުކޮށްދިނުމަށެވެ. އަދި ކޮޓަރީގައި ސިއްރު ކެމެރާ ހަރުކޮށް އޭނާގެ ފިރިމީހާ އާއި ލޯބިވެރިޔާ ކުރާކަންކަން ރެކޯޑްކޮށްދިނުމަށެވެ. 

އެކަމުގައި އޭނާ އެދުނު ގޮތަށް ޑޮކްޓަރުން އެހީތެރިވިއެވެ. އެންމެ ރެއަކުން ބޭނުންވާ ވަރަށްވުރެ އިތުރަށްވެސް މަންޒަރުތައް ރެކޯޑްކުރެވުނެވެ. ޖެހިގެން އައި ދުވަހު ފިރިމީހާ އާއި ދެދަރިން ގެނެސް އޭނާ ހޭއެރިވާހަކަބުނުމުން ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. އެއީ ކިހިނެއްވާނެ ކަމެއްތޯ ސުވާލުވެސްކުރިއެވެ. 

ކޮންމެއަކަސް 3 ދުވަސްފަހުން އަނބިމީހާ ގެއަށް ފޮނުވައިފިއެވެ. އަނބިމީހާ އޭނާގެ ބޭބެ ގެނެސްފައި ބުނީ ފިރިމީހާއަށް އެއްވެސް ކަމެއް ނުއަންގައި އޭނާ ބެލުމުގެ ނަމުގައި ބޭބެގެ ދެމަފިރިން އިހަށް އެގެއަށް ބަދަލުވެ އޭނާ އޮންނަ ކޮޓަރީގައި އަބަދުވެސް އެކަކު ހުރެދިނުމަށް އެދުނެވެ. އަދި ފިރިމީހާ ގެންނަ އެއްވެސް އެއްޗެއް އޭނާއަށް ކާންބޯން ނުދިނުމަށާއި ފިރިމީހާ ބުނި ނަމަވެސް ދެމަފިރިން ކޮޓަރީގައި އެކަނިވިޔަ ނުދިނުމަށްވެސް އެދުނެވެ. އެއިގެ އިތުރުން ކޮޓަރިއާއި މުޅި ގޭގައި ސިއްރު ކެމެރާތައް ހަރުކުރަންވެސް ބުންޏެވެ. 

ސަބަބު ކޮއްކޮ ކިޔައި ނުދިން ނަމަވެސް އެވަރަށް އެކަމަށް އެދޭނީ ވަރަށް ބޮޑެތި މައްސަލަތަކެއް ހުރުމުންކަން ޤަބޫލުކޮށް ކޮއްކޮ އެދުނުގޮތަށް ބޭބެގެ ދެމަފިރިން ކަންކަން ކުރިއެވެ. ކޮއްކޮ ގަދަވެ އެކަނި އުޅެވޭވަރުވުމުން ސިޓީގެ ބޮޑު ހޮޓަލެއްގައި އެކަން ފާހަގަކުރަން ބޮޑު ހަފްލާއެއް ބޭއްވިއެވެ. ފިރިމީހާގެ ޢާއިލާއަށްވެސް ދަޢުވަތުދިނެވެ. އިތުރު މީހުންނަށް ދިން ދައުވަތުގެ ތެރޭގައި ހިމަނައިގެން ފިރިމީހާ އޭނާގެ ލޯބިވެރިޔާއަށްވެސް ދަޢުވަތުދިނެވެ.

ފިރިމީހާ ޙަފްލާގައި ހުރީވެސް ވަރަށް އުފަލުންކަމަށް ދައްކައިގެންނެވެ. ހިނގަމުންދާ އެއްވެސް ކަމެއް އޭނާއަށް ނުއެނގޭތީއެވެ. ޙަފްލާފެށި ވަކިހިސާބަކުން ކޯމާގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އައުކޮށްލަނީކަމަށްބުނެ ވީޑިއޯއެއް އެޅުވިއެވެ. އެންމެން ސަމާލުކަންދީގެން ތިއްބައި ފެންނަންފެށީ ފިރިމީހާ އާއި އޭނާގެ ލޯބިވެރިޔާ އޭނާއަށް ކަންކަންކުރި ގޮތެވެ. ހާމަވީ އެދެމީހުންގެ މަކަރުވެރި ރޭވުންތަކެވެ. ކޯމާގައި އޮތް އަންހެނެއްގެ މޫނަށް އަނގަދޮވުވެފައި ފެންބުރުއްސާތަން ފެނުމުން ސިއްސައިގެންގޮސް އަޑުގަދަނުކުރެވޭ ހަމައެކަކުވެސް ނެތެވެ. 

ވީޑިއޯ ނިމުނުތަނާހެން ފުލުހުން ގޮސް ފިރިމީހާ އާއި އޭނާގެ ލޯބިވެރިޔާގެ އަތުގައި ބިޑިއަޅުވައި ހައްޔަރުކުރިއެވެ. އިތުރު އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުޞަތުވެސް ނުދީ އެތަނުން ނެރެގެން ގެންގޮސްފިއެވެ. 

މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެކެވެ. ފިލްމު ޢާންމުކޮށްފައިވަނީ މިފަދަ ޙަޤީޤީ ޙާދިސާތައް ޢާންމުކުރާ ޗެނެލަކުން ޙަޤީޤީ ޙާދިސާއެއްގެ ގޮތުގައެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ ރާއްޖޭގައި ހިނގާ ކަންކަން ތަފާތު ނަމަވެސް ހަމަ މިބާވަތުގެ ކަންކަން ރާއްޖޭގައިވެސް ހިނގަމުންދާތީއެވެ. ތަފާތީ ކުރާ ކަންކަމާއި ޙާދިސާތައް ހިނގާ ގޮތެވެ. 

އަޅެ އެއީ އިންސާނިއްޔަތު ކަމުގެ ކުނޑިފަށެއްވެސް ހިތުގައި އޮތް ފިރިއަކު ނަމަ އަނބިމީހާ އެޙާލުގައި ލޯބިވެރިޔާ ގޮވައިގެންގޮސް އެބާވަތުގެ ކަންކަން ކުރާނެތޯއެވެ؟ އޭނާގެ އަމިއްލަ އުފަލަށްޓަކައި އަނބިމީހާ މަރާލައި 2 ދަރިން އެއްލައިލަން ރާވާނެ ހެއްޔެވެ؟ އެހެންވީމާ މިއަދު އިތުބާރުކުރެވެން އޮތީ ކާކަށް ކިހައިވަރަކަށް ހެއްޔެވެ؟ ޖަވާބުދޭކަށް އަޅުގަނޑު ނެތީމެވެ. 

- ވަފް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
6%
ރަނގަޅު
19%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް